October 6, 2024 12:22
Advertisement

-Advertisement-

ފޯނު ގިނަ ދުވަހަށް ގެންގުޅުމަށް ސަމާލުކަންދޭންވީ ކަންކަން!

އާންމުކޮށް ގެންގުޅޭ ސްމާޓް ފޯނުތައް ގެންގުޅެވެނީ 2-10 އަހަރާ ދެމެދުގެ މުއްދަތަކަށެވެ. ފޯނު ގެންގުޅެވޭ މުއްދަތު ބައެއްފަހަރަށް ބިނާވެފައި އޮންނަނީ ބްރޭންޑެއްގެ މައްޗަށެވެ. އެންމެ މުހިންމު ކަމަކީ ރައްކާތެރިކަމާއެކު ފޯނު ގެންގުޅުމެވެ.

ފޯނުގެ ބެޓެރީ ޗާޖުކުރުމާއި އެޕްލިކޭޝަން ދުވަހުން ދުވަހަށް އަދާހަމަ ކުރާނަމަ ފޯނު ގެންގުޅެވޭ މުއްދަތު އިތުރުވާނެއެވެ.

އާންމުކޮށް ކުރެވޭ ނަމަވެސް ކުރަންނުޖެހޭ ބައެއް ކަންކަމުގެ ތެރޭގައި:

Advertisement
  • ފޯނުގެ ޗާޖުކުރާ ޕޯޓް ސާފުކުރުމަށް ދަގަނޑު ޕިން ފަދަ ތަކެތި ބޭނުން ނުކުރުން

ދަގަނޑުން ހަދާފައި ހުންނަ ޕިން، ވަޅި ނުވަތަ ޕޭޕަރ ކްލިޕް ފަދަ ތަކެތި ބޭނުންކުރުމުން ޕޯޓްތެރޭގައި ކޫރުން އެޅި އިތުރު މައްސަލަތައް ކުރިމަތިވެއެވެ. އޭގެ ބަދަލުގައި ދަތްކޮށްޓަން ބޭނުންކުރާ އިލޮށި ބޭނުންކޮށްގެން ސާފުކުރެވިދާނެއެވެ. އަދި އެއަރ ކޮމްޕްރެޝަރ އެއް ބޭނުންކޮށްގެން ޕޯޓުގައި ހުންނަ ހިރަފުހާއި ހަޑިތައް ފިލުވިދާނެއެވެ. ނަމަވެސް އަނގައިން ފުމެގެން ސާފުކުރާނަމަ ވަޔާއެކު އަނގައިން ނިކުންނަ ކުޅުން ގެއްލުންވުމަކީ އެކަށީގެންވާ ކަމެކެވެ.

  • އަވިދޭ ތަނެއްގައި ފޯނު ޗާޖުކުރަން ނުބޭއްވުން

ގިނަމީހުން ފޯނު ޗާޖުކުރަނީ އަރާމުކޮށްލަން ލިބޭ ވަގުތުތަކުގައެވެ. އެގޮތުން އަވިދޭ ތަނެއްގައި ފޯނު ޗާޖަށް ޖެހުމަށްފަހު ބޭއްވުމުން ފޯނު ޗާޖުވާން ގިނަވަގުތު ނަގާކަމަށްވެއެވެ. އަދި އަވީގެ ސަބަބުން ސްކްރީން ހަލާކުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

  • ފޯނުގެ ބެޓެރީ އެއްކޮށް ހުސްވަންދެން ނުބޭއްވުން

ބެޓެރީގެ އުމުރު ގިނަ ދުވަހަށް ދެމެހެއްޓުމަށް އެންމެ ރަނގަޅު ރޭންޖަކީ 20-80 ޕަސްންޓުގެ ޗާޖިންގ އެވެ. އެހެންކަމުން 0 ޕަސެންޓަށް ވެއްޓެންދެން ފޯނު ޗާޖު ނުކޮށް ނުބާއްވާށެވެ. އަދި މަތިވެގެން 80 އެއީ އެންމެ ރަނގަޅު ރޭންޖެވެ.

  • ފެނުތެރޭގައި ގިނައިރު ފޯނު ނުބޭއްވުން

ފޯނު އުފައްދާ ކުންފުނިތަކުން އިސްތިހާރު ކުރާއިރު ފާހަގަކުރާގޮތުގައި ބައެއް ވައްތަރުތަކުގެ ފޯނަކީ ފެނުތެރޭގައި ގެންގުޅުނަސް އެއްވެސް މައްސަލައެއް ދިމާނުވާ ފޯނެވެ. އަދި ފެނު އަޑީގައި ބާއްވައިގެން ވެސް ފޯނުން ފޮޓޯ ނެގިދާނެއެވެ. ފެނުގައި ގެންގުޅުނަސް ހަލާކުނުވާނެކަމަށް ބުނާ ފޯނު 30 މިނިޓަށް ވުރެ ގިނައިރު ނުވާގޮތަށް ފެނުގައި ގެންގުޅެވިދާނެއެވެ. އެހެންނަމަވެސް އެހާ ކައިރި ކައިރީގައި ފޯނު ފެނުގެތެރޭގައި ގެންގުޅުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ބައެއް ލިޔުންތަކުގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން ތަކުރާރުކޮށް ފެނުގައި ފޯނު ގެންގުޅޭނަމަ ފޯނުގެ ހާޑްވެއާއަށް މައްސަލަ ދިމާވުމަކީ ވެދާނެ ކަމެކެވެ.  

މައުލޫމާތު: ބްރައިޓް ސައިޑް/ ޔޫޓިއުބް

+1
2
+1
3
+1
11
+1
2
+1
1
+1
1
+1
2

Advertisement

ގުޅުންހުރި ލިޔުންތައް