October 6, 2024 12:22
Advertisement

-Advertisement-

ހާދިސާ: ހުސޭނުގެ ބައިސްކަލު

އަތޮޅުތެރޭގެ ރަށަކަށް އުފަން ހުސޭނަކީ ސަކަ މިޒާޖެއްގެ އެންމެނާ ގުޅިގެން އުޅޭ ކުއްޖެކެވެ. އުމުރުން 11 އަހަރުގައި ހުސޭނު މާލެ ބަދަލުވީ އިތުރަށް ތައުލީމު ހޯދުމުގެ ބޭނުމުގައެވެ. ނަމަވެސް މާލޭގެ ސްކޫލެއްގައި ކިޔަވައިދިނުމުގެ ޚަރަދު ކުރެވެން ހުސޭނުގެ މައިންބަފައިންނަށް ނެތުމުން ހުސޭނު ގަސްތުކުރީ ކިޔެވުން ދޫކޮށްލުމަށްފަހު ވަޒީފާއެއް އަދާކުރުމަށެވެ. އެއީ ހުސޭނުގެ ހަގަށްތިބި ކުދިންނަށް ހުސޭނު ތަހަންމަލްކުރަން ޖެހުނު ކަންތައްތައް ދިމާވުމަށް ނޭދޭތީއެވެ. އެގޮތުން ހުސޭނުގެ ރައްޓެއްސެއް މެދުވެރިވެގެން ތެޔޮއުފުލާ ބޯޓަކުން ވަޒީފާއެއް ލިބުނެވެ.

ވަޒީފާގައި 2 އަހަރު ދުވަހު އުޅުމަށްފަހު ދެން ބަދަލުވީ ސަރުކާރުގެ ވަޒީފާއަކަށެވެ. ގައިގައި ވަރުހުރި ކޮންމެ ޒުވާނަކަށްވެސް އަދާކުރެވޭ ގޮތަށް ސަރުކާރުން އިއުލާނުކުރި ވަޒީފާއަށް ކުރިމަތިލައިގެން ހުސޭނު ވަޒީފާއަށް ހޮވިއްޖެއެވެ. އެޒަމާނުގައި ބައިސްކަލެއް ގަތުމަކީވެސް ކޮންމެ ކޮންމެ މީހަކަށް ވާވަރުގެ ކަމެއް ނޫނެވެ. އެގޮތުން ހުސޭނުގެ އޮފީސް މެދުވެރިވެގެން މުސާރައިން ކެނޑޭގޮތަށް ބައިސްކަލެއް ގަތެވެ.

އޮފީސްގަޑި ނިންމާލުމަށްފަހު ކަމަކަށް އޮންނަނީ ގްރޫޕްހަދައިގެން ހަވީރު ގަޑީގައި މާލޭގެ މަގުތަކުގައި އަންހެންކުދިންނަށް ފަރި ދެއްކުމަށް އެކިއެކި ގޮތްގޮތަށް ބައިސްކަލު ދުއްވުމެވެ. ހުސޭނަކީ ލަދުރަކި ކުއްޖެއް ކަމުން ހުސޭނަކަށް އެހެން ކުދިންގޮތަށް އުޅޭކަށް ނުކެރެއެވެ.

Advertisement

އެއްދުވަހަކު ހުސޭނުގެ ބައިސްކަލުގައި ބޮޑުތަޅު އަޅުވާފައި ޕާކިންގ ޒޯނުގައި ޕާކުކޮށްފައިހުއްޓާ ބައިސްކަލު ގެއްލުނެވެ. ދެރަވި ވަރުން ހުސޭނަށް ރޮވުނެވެ. ނަމަވެސް ހިތްވަރު ދޫކޮށްނުލާ ކުރި މަސައްކަތުން ބައިސްކަލު ފެނުނެވެ. ފެނުނުއިރު ބައިސްކަލުގެ އޮތީ މައިގަނޑު އެކަންޏެވެ. އެހެންބައިތަކެއް ނެތެވެ. ފެނުނުބައި ކޮނޑަށްލައިގެން ގަރާޖަކަށްގޮސް ބައިސްކަލު ހަދާ ބައިސްކަލު ވިއްކާލިއެވެ. އެއަށްފަހު ބައިސްކަލެއް ގެންގުޅުމުގެ ޚިޔާލުވެސް ދޫކޮށްލީއެވެ.  

+1
0
+1
3
+1
0
+1
12
+1
0
+1
1
+1
1

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް