November 25, 2024 10:56
Advertisement

-Advertisement-

ދަ މާކެޓަރސް ސަމިޓް: ރާއްޖޭގައި ބޭއްވޭ އެންމެބޮޑު މާކެޓިންގ ސަމިޓް ފެބްރުއަރީ ގައި

ދަ މާކެޓަރސް ސަމިޓް - 2023 އަކީ އިނގިރޭސިވިލާތުގެ ޗާޓާރޑް އިންސްޓިޓިއުޓް އޮފް މާކެޓިން (ސީއައިއެމް) އާއި ގުޅިގެން މާކެޓިން ދާއިރާއާއި އެދާއިރާއާ ގުޅުންހުރި އެންމެހާ ފަންނީ ބޭފުޅުންނަށް ޚާއްސަކުރެވިގެން ބޭއްވޭ 2 ދުވަހުގެ ސަމިޓެކެވެ.

މާކެޓަރސް ސަމިޓް އިންތިޒާމު ކުރާ ފަރާތުން މައުލޫމާތު ދިންގޮތުގައި އެއްތަނަކުން ބައްދަލުވެ ތަޖުރިބާއާއި، ވިސްނުމާއި ސްޓްރެޓެޖީތައް ބޭނުންކޮށްގެން މާކެޓިން ޕްލޭންތައް އެކުލަވާލުމުގެ ފުރުސަތު މިސަމިޓުގައި ލިބިގެންދާނެއެވެ.

" ފެބްރުއަރީ މަހުގެ 17 އިން 18 އަށް އިންޑޯރ އަދި އައުޓްޑޯރ ސެޓަޕެއްގައި އިންތިޒާމުކޮށް ކުރިއަށްދާ މިއިވެންޓްގައި މާކެޓިން، ޕީއާރ، ސޯޝަލް މީޑިއާ އެންގޭޖްމަންޓް އަދި އޭއައި ޓެކްނޮލޮޖީ އިން މާކެޓިންގެ ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭހެން ރާއްޖޭން ބޭރުން ބޭފުޅުން މިސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާނެ. ކީނޯޓް ސްޕީޗް، ޕެނަލް ޑިސްކަޝަން، ވޯކްޝޮޕް އަދި ނެޓްވޯކިންގެ ސެޝަންތަކާއިއެކު މިއީ ރާއްޖޭގައި މާކެޓިންގެ ދާއިރާއަށް ޚާއްސަކޮށްގެން ބޭއްވޭ އެންމެބޮޑު ސަމިޓް".

Advertisement

މިސަމިޓުން މާކެޓިން އަށް ބޭނުންވާ އެންމެ ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި، މިއިވެންޓުގައި ތަގްރީރުކުރައްވާ ފަރާތްތަކަކީ:

1 ޑރ. ރޮހާންތާ އަތުކޮރަލާ ޕްރެޒިޑެންޓް، ކްލޫޓްރެކް - ރާއްޖެ، އަދި ޕާކިސްތާން
2 ޑރ. މާރިއާ ފްރަންޖީ (ލެބަނަން) ފައުންޑަރ އަދި ސީއީއޯ ސޯޝަލްޕްރައިސް
3 ޑރ. ސަޗިން ބަންސަލް (އިންޑިއާ) ފައުންޑަރ، ސިޓީ އެކްސްޕްލޯރަރސް
4 ޑރ. ހުސެއިން ސަނީ އުމަރު ފައުންޑަރ، މޯލްޑިވްސް ހަލާލް ޓްރެވަލްސް
5 އަޙްމަދު މުނައްވަރު ޑީން، ކުއްލިޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީޒް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
6 މެއިސާ އައްސާފް ފައުންޑަރ، މެއިސާ އައްސާފް އެކަޑަމީ
7 އޮނާލިއާ ދިސަޔަނަކަ ކަންޓްރީ ހެޑް (ސްރީލަންކާ އަދި ދިވެހިރާއްޖެ)، ސީއައިއެމް، ޔޫކޭ
8 އިބްރާހިމް އިނާޒް ޖެނެރަލް މެނޭޖަރ، ކުޑަ ގިރި ޕިކްނިކް އައިލެންޑް
9 ނިއުޝާދު ޝަރީފް ޑިރެކްޓަރ، މާކެޓިން އެންޑް ސޭލްސް، އެޗްޑީސީ
10 މުޙައްމަދު ނާސިޙް ކޯ ފައުންޑަރ، ރެޒޫމޯ މޯލްޑިވްސް
11 އާމިނަތު ޒާދީ އޯނަރސް ރެޕްރެޒެންޓޭޓިވް، ބްރެނިއާ ރިސޯޓް މެނޭޖްމަންޓް
12 މަރިޔަމް މާއިޝާ ޑިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިންގ، ހައިރައިސް ޕްރައިވެޓް ލިމިޓެޑް

މާކެޓިން ސްޓްރެޓެޖީތަކާއި ޕްލޭންތަކުގައި ޓީމުތަކެއްގެ ގޮތުގައި މަސައްކަތް ކުރުމާއި އަދި މަސައްކަތް ކުރުމުގައިހުރި ތަފާތު ގޮންޖެހުންތައް ހައްލުކުރާނެގޮތްތައް އުނގަންނައިދެވޭނެއެވެ.

ދަ މާކެޓަރސް ސަމިޓް – 2023 ގައި ބައިވެރިވުމާއި ސަމިޓާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ސަމިޓްގެ ހޮޓްލައިން 7600114 އަށް ގުޅުއްވުމުން ނުވަތަ [email protected] އީމެއިލް ކޮއްލުމުން ލިބިވަޑައިގަންނަވާނެއެވެ.

އިނގިރޭސިވިލާތުގެ ޗާޓާރޑް އިންސްޓިޓިއުޓް އޮފް މާކެޓިން (ސީއައިއެމް) އާއި ގުޅިގެން ބޭއްވޭ މިސަމިޓް އަކީ ތިރީގައި ބަޔާންކުރެވިފައިވާ ފަރާތްތަކުގެ ސަޕޯޓްއާއިއެކު ބޭއްވޭ ސަމިޓްއެކެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)، އެމްއެންޔޫ ބިޒްނަސް ސްކޫލް، ހައުސިންގ ޑިވެލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، ކުޑަ ގިރި ޕިކްނިކް އައިލެންޑް، ގްލޯރިއާ ޖީންސް ކޮފީސް މޯލްޑިވްސް، ވިންޓޭޖް ގާޑްން ރެސްޓޯރެންޓް، ޗިކިން، ބޭކަރސް ބާސްކެޓް، ޑެލިފްރާންސް، ޖަސްޓް ފޮރ މާކިން ޕްރައިވެޓް ލިމިޓެޑް، އިފެކްޓްސް އެންޓަރޓެއިންމަންޓް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)، އެސްއެމްއީ ހަބް، ސީޑް ބައި ބީސީސީ، އޮތެންޓިކް މޯލްޑިވސް، އެންބީ ގްރޭންޑް، ނެކްސްޓް ސޮލޫޝަންސް، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް، ޒީޓައިމްސް، އެމް އައި ކޮލެޖް، ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)، ދަ އައިލެންޑް ޗީފް، ވީމީޑިއާ، ކޮކަ-ކޯލާ، އައި އެންޑް ސީ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް، ސައުތް ކޭޓަރިން، މޯލްޑިވިއަން (އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް) އަދި އައިކެއަރ މޯލްޑިވްސް އެވެ.

މިސަމިޓް އިންތިޒާމް ކުރާ ފަރާތްތަކަކީ، ބިޒްޓޯކް، ގްލޯބްޓެބް، މެޕްސް އެންޑް ވޮގްސް (ގަތަރު)، ފިނެކް އިންސްޓިޓިއުޓް ފޮރ ޑިވެލޮޕްމަންޓް ސްޓަޑީޒް (އެފްއައިޑީއެސް) އަދި އައިޑިއާ އެސޯސިއޭޓްސް އެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް