November 23, 2024 12:21
Advertisement

-Advertisement-

މިލަ ސާފުކޮށްލުމަށް އަމިއްލައަށް ތައްޔާރުކުރެވިދާނެ އެއްޗެއް

ކޮންމެ މީހަކުވެސް ރީތި ހަންގަނޑެއް ބޭނުންވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ހަމުގެ ތަފާތު މައްސަލަތައް ދިމާވާ މީހުން އުޅޭއިރު އެކިކަހަލަ ކެމިކަލްސްގެ ސަބަބުން ހަންގަނޑު އިތުރަށް ހަލާކުވުމުގެ ފުރުސަތު އޮވެއެވެ.

ހަންގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި ހަންގަނޑުގައި ހުންނަ ތެޔޮކަން ނުގެއްލޭ ގޮތަށް ކެމިކަލްސް ނުހުންނަ އެއްޗެހި ހޭކުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

ދުވާލުގެ ބުރަ ވަގުތުތަކުން ވަގުތުކޮޅެއް ތިމާގެ އަމިއްލަ ނަފްސަށް ހުސްކޮށްލުމަކީވެސް ވަރަށް މުހިންމު ކަމެއްކަމުގައި ދެކެން އެބަޖެހެއެވެ. ހަަަށިގަނޑުގައި ހަރުލާފައި ހުންނަ މިލަތައް ސާފުކޮށްލުމަކީވެސް ސަމާލުކަން ދޭންޖެހޭ ކަމެކެވެ.

Advertisement

ހަންގަނޑު އޮމާންކޮށް ރީތިކޮށް ބެހެއްޓުމަށްޓަކައި އަމިއްލައަށް ތައްޔާރުކުރެވިދާނެ އެއްޗެހި އެބަހުއްޓެވެ. މިގޮތުން މިލަ ސާފުކޮށްލުމަށް ގޭގައި ތައްޔާރުކުރެވިދާނެ 'ބޮޑީ ސްކްރަބް'ގެ މައުލޫމާތު ހިމަނާލާނަމެވެ.

ބޭނުންވާތަކެތި:

2 މޭޒުމަތީ ސަމުސާ ކޮފީ

1 މޭޒުމަތީ ސަމުސާ ހަކުރު

1 މޭޒުމަތީ ސަމުސާ މާމުއި

2 ސައިސަމުސާ ކަަރޑް

މިހުރިހާ ބާވަތެއް ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ހަންގަނޑުގައި މަޑުމަޑުން ހާކާލުމަށްފަހު 2 މިނިޓެއްހާއިރު މަސާޖުކޮށްލާށެވެ. މިގޮތަށް ހަފްތާއަކު އެއްފަހަރު ހާކާނަމަ ހަންގަނޑު ސާފުކޮށް އޮމާންކޮށް އަދި މަޑުކޮށް ހުރުމަށް އެހީތެރިވެދެއެވެ.

+1
12
+1
2
+1
4
+1
0
+1
3
+1
2
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް