October 6, 2024 13:25
Advertisement

-Advertisement-

މައުލޫމާތު: މާބުޅާފަތުގެ މުހިންމުކަން އެނގޭތަ؟

މާބުޅާގަހަކީ އާންމުކޮށް 2 މީޓަރުގެ އުސްމިނުގައި ގޮފިތަކެއް ގޮތަށް ހެދޭ ހިތުގެ ބައްޓަމަށް ހުންނަ ފަތް ހުންނަ ގަހެކެވެ. މިގަހުގެ ފަތް ބޭހަށާއި ކެއުމަށް ބޭނުންކުރެއެވެ. މިގަހުގެ ފަތުގައި ވަރަށް މަޑުކެހެރި ހުންނާނެއެވެ.

މިގަހުގައި އަޅާ މާހުންނަނީ ވަށްކޮށް ރީނދޫ ކުލައިގައެވެ. މިގަހުގައި އަޅާ ވަކި ހުންނާނީ ވަށްކޮށް އަދި އޭގެތެރޭގައި އޮށް ހުރެއެވެ. 

މާބުޅާފަތުގެ ފުޅާ މިނުގައި 25-15 ސެންޓިމީޓަރު ވަރު ހުރެއެވެ. އަދި މާބުޅާމަލުގެ ވަށަމިނުގައި 4 ސެންޓިމީޓަރު ހުރެއެވެ. މާބުޅާވައްކަކީ ކުލަޖެއްސުމަށްވެސް ބޭނުންކުރާ އެއްޗެކެވެ. 

Advertisement

ސިއްހީ ބައެއް ފައިދާ

ދިވެހި ބޭސްވެރިކަމުގައި ހުންތިރިކުރުމަށާއި، ބަނޑުގައި ރިހުމަށާއި، ގޮހޮރުގެ ބަލިތަކަށާއި، ބޭރަށްހިންގުމުން ފަރުވާކުރުމަށް މާބުޅާފަތް ބޭނުންކޮށްފައި ވެއެވެ.

މާބުޅާފަތުގައި ހަންގަނޑު މަޑުކޮށްދީ އޮމާންކޮށް ދިނުމުގެ ބާރު އެކުލެވިފައި ވެއެވެ.

މުލިހި ފަދަ ތަންތަން ފަޅައިގެން ދިއުމުން އުފެދޭ ފާރުގަނޑު ފަސޭހަކުރުމަށް ޗައިނާގައި މާބުޅާފަތް ބޭނުންކޮށްފައި ވެއެވެ. އަދި ލޮލުގައި ހުންނަ ފުސް ނައްތާލުމަށްވެސް މާބުޅާފަތް ބޭނުންކޮށް އުޅުނެވެ.

މާބުޅާފަތުގައި ތަދުކެނޑުވުމުގެ ބާރު ހުރެއެވެ. މިސަބަބާހުރެ އަނގައިގެ ތެރޭގައި ހުންނަ ތަދާއި، ހިރުވުން ފަދަ އުދަނގޫތަކަށް ފަރުވާ ކުރުމަށް މާބުޅާފަތް ބޭނުންކޮށްފައިވެއެވެ.

+1
1
+1
0
+1
12
+1
2
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް