September 20, 2024 22:48
Advertisement

-Advertisement-

ހޫނު މޫސުމުގައި ސަމާލުކަންދޭންވީ ކަންކަން

ރާއްޖޭގައި އޭޕްރީލް އިން ފެށިގެން ހޫނު މޫސުމުގެ އެންމެ ހޫނުގަދަ ދުވަސްވަރާއި ކުރިމަތިލާން ޖެހެއެވެ. ހޫނުގަދަވާއިރު ގިނަ ފަހަރަށް މީހާގެ ހަށިގަނޑަށް ބައެއްކަހަލަ ބަދަލުތައް އަންނަން ފަށައެވެ. ހަށިގަނޑުގައި ފެންމަދުވެއެވެ. އަވިން ހަންގަނޑު ހަލާކުވާން ފަށައެވެ.

ތިރީގައި މިވާ ކަންތައްތަކަށް ސަމާލުކަން ދިނުން މުހިންމެވެ.

ހަށިގަނޑަށް ބޭނުންވާވަރަށް ފެން ބޭނުންކުރުން

Advertisement

ހަށިގަނޑުން މާބޮޑަށް ފެންމަދުވާނަމަ އެކަމަށް ސަމާލުކަން ދިނުމަށް ރޯދަވީއްލުމަށްފަހު ގިނައިން ފެން ހުންނަ މޭވާ ބޭނުން ކުރެވިދާނެއެވެ. މިގޮތުން ކަރާ، ކިއުކަމްބާ، އޮރެންޖް ފަދަ ބާވަތްތައް ބޭނުންކުރުން އެދެވިގެންވެއެވެ. 

ކެފެއިން ހުންނަ އެއްޗެހި މަދުކުރުން

ހޫނުގަދަ މޫސުމުގައި ކެފެއިން ހުންނަ ތަކެތި ބޭނުންކުރުން މަދުކުރަންވާނެއެވެ. ސައި ނުވަތަ ކޮފީ ކަހަލަ އެއްޗެހި މަދުން ބޭނުންކޮށް އޭގެ ބަދަލުގައި ލުނބޯޖޫސް ނުވަތަ ކުރުނބާފެން ބޭނުންކުރުން އެދެވިގެންވެއެވެ. އޭރުން ހަށިގަނޑުގައި ފެން މަދުނުވެ ހުރެއެވެ. މާގިނައިން ހޫނުވާކަހަލަ ބާވަތްތައް ކެއުމުގައި ބޭނުންކުރުމަކީވެސް އެހާ ރަނގަޅުކަމެއް ނޫނެވެ.

ހޫނުފެނުން ފެންވެރުން މަދުކޮށްލުން ނުވަތަ ބޭނުންނުކުރުން

ހޫނުގަދަ މޫސުމުގައި ހޫނުފެން ބޭނުންކޮށްގެން ފެންވެރުމުން ދުރުހެލިވާން ވާނެއެވެ. މާގިނައިން ހޫނުފެން ބޭނުންކުރާނަމަ ހަންގަނޑު ކުރަކިވެ ނުވަތަ ހަންގަނޑު ހިކޭގޮތް ދިމާވެއެވެ.

ގިނައިން ބޭރަށް ނުދިއުން

ހޫނުގަދައިރު ބޭރަށް ނުކުމެ އުޅުން މަދުކުރަންވާނެއެވެ. ގަދަ އަވިން ހަންގަނޑު ހަލާކުވެ ހަމުގެ މައްސަލަތައް ޖެހެއެވެ. ހަންގަނޑަށް ދިމާވާ އެކިކަހަލަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި އަވިން ހަންގަނޑު ރައްކާތެރިކޮށް ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. ހޫނުގަދައިރު ބޭރަށްދާނަމަ ބޮޑަށް ނިވާވާ ހެދުމެއް ލައިގެން އަތްދިގު އެއްޗެހި ލައިގެން ބޭރަށް ދިއުން ރަނގަޅުވާނެއެވެ. 

ގަޔަށް ފަސޭހަ ހެދުން ބޭނުންކުރުން

ހޫނުގަދަ މޫސުމުގައި ގަޔަށް ފަސޭހަ އަދި އަރާމު އެއްޗެހި ލާން އާދަކުރާށެވެ. ގަޔަށް ދޫކޮށް ހުންނަ ހެދުން ލާނަމަ ހޫނުވާވަރު ކުޑަވާނެއެވެ. 

+1
0
+1
1
+1
3
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް