ބޭނުންވާތަކެތި:
މެދުމިނުގެ 3 ބަޓާނާ (ބަޓާާނަޓް ސްކޯޝް)
1 ޖޯޑު ހަކުރު
½ ޖޯޑު ފުށް
1 ބިސް
ތައްޔާރުކުރާނެ ގޮތް:
ބަޓާނާގެ ތޮށިމަށާށެވެ. އޮށްތައް ނެގުމަށްފަހު ބަޓާނާ ކުދިކޮށް ކޮށާފަ އާވިން މަޑުކޮށްލާށެވެ. މަޑުކުރި ބަޓާނާގައި ފެން ހަރުލާފައި ނެތްކަން ޔަގީންކުރުމަށްފަހު ހަކުރު އަދި ބިސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ބަޓާނާ ހުންނަންވާނީ ސަމުސަލެއް ބޭނުންކޮށްގެން ރަނގަޅަށް ހިމުންކޮށްފައެވެ. އެއަށްފަހު ފުށް އަޅާ ހުރިހާ ބާވަތެއް ރަނގަޅަށް އެއްކުރުމަށްފަހު ތަވާގައި ނުވަތަ އަވަނުން ފިހެލާށެވެ.
އުނދުން ބަހައްޓާނީ މަޑުގިނީގައެވެ. ބަޓާނާ ބޯކިބާ ފިހަން ހޭދަވާނީ 1 ގަޑި އިރެވެ.
މިލިޔުން ކިޔާލުމުން
+1
0
+1
1
+1
5
+1
2
+1
3
+1
4
+1
1