ބޭނުންވާތަކެތި:
160 ގްރާމް ކްރީމް ޗީޒް
20 ގްރާމް އަން ސޯލްޓެޑް ބަޓަރ
50 އެމްއެލް ދިޔާކިރު
40 ގްރާމް ކޭކުފުށް ނުވަތަ އާދައިގެ ފުށް
4 ބިސް (ހުދުބައި އަދި ރީނދޫ ބައި ވަކިކޮށްފައި)
¼ ސައިސަމުސާ ލުނބޯ
80 ގްރާމް ހަކުރު
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ކްރީމް ޗީޒް އާއި ބަޓަރ އެއްކުރާނީއެވެ. ބަޓަރ ވިރުވަން އެންމެ ފަސޭހަވާނީ ހޫނުފެން ތެއްޔެއްގެތެރޭގައި ބަޓަރކޮޅު އަޅާފަހުރި ތަށި ބަހައްޓައިގެންނެވެ. ބަޓަރ އަދި ކްރީމް ޗީޒް އެއްކުރުމަށްފަހު ދިޔާ ކިރުކޮޅު އަޅާލާށެވެ. މަޑުމަޑުން ފުށް އަޅަމުން ގެންދާށެވެ. އެއަށްފަހު ވަކިކުރެވުނު ބިހުގެ ރީނދޫ ބައި މަޑުމަޑުން އަޅަމުން އެއްކުރަމުންދާނީއެވެ. އެންމެ ރީތިކޮށް އެއްކުރެވޭނީ ކޭކު ގިރާ އެއްޗަކުންނެވެ.
އެއަށްފަހު ބިހުގެ ހުދުބައި ލުނބޯހުތް ޖަހައިގެން ހަކުރު އަޅަމުން އެއްކުރާނީއެވެ. މިގޮތަށް އެއްކުރަމުންދާއިރު ރަނގަޅަށް ފޮނުއަރަންދެން އެއްކުރާނީއެވެ. އެއަށްފަހު ކުރިން އެއްކުރެވުނު ބައިގެ ތެރެއަށް ބިހުގެ ހުދުބައި މަޑުމަޑުން އަޅައިގެން އެއްކުރާނީއެވެ. އެއްކުރަމުންދާއިރު ވަރަށް އޮލަކޮށް ރީތިކޮށް އެއްކުރަންވާނެއެވެ. އޭރުން ހުންނާނީ ވަރަށް ރީއްޗަށް މަޑުކޮށް ފުފިފައެވެ.
ޓްރޭއަކަށް ފެން އެޅުމަށްފަހު ކޭކުއަޅާ ތައްޓަކަށް ކޭކުބައި އެޅުމަށްފަހު ފެން އެޅި ޓްރޭގެތެރޭގައި ބަހައްޓައިގެން 110 ޑިގްރީގައި 60 މިނިޓް ވަންދެން ފިހާނީއެވެ. އޭރުން އެހުރީ ވަރަށް މީރު މަޑުމަޑު ޖަޕަނީސް ޗީޒްކޭކު ތައްޔާރު ކުރެވިފައެވެ. ރީތިކޮށް ޑެކަރޭޓް ކުރަން ބޭނުންނަމަ ސްޓްރޯބެރީ ކޮށާލުމަށްފަހު މަތީގައި އަތުރާލާށެވެ.