November 23, 2024 09:24
Advertisement

-Advertisement-

ޗުއްޓީ ހޭދަކޮށްލުމަށް ބާލީގެ ރީތިކަން ދެކިލަމާ

ޗުއްޓީ ހޭދަކޮށްލަން ނުވަތަ މަސައްކަތުގެ ބުރަ މާހައުލުން ހިތްހަމަޖައްސާލަން ރީތި މަންޒިލު ތަކަށް ދިއުމަކީ ގިނަ ބަޔަކު ބޭނުންވާ ކަމެކެވެ. އިންސްޓަރގްރާމް ޕޭޖުތައް ފުރާލުމަށް ރީތި ފޮޓޯތައް ނަގާލުމަކީ ގިނަ ބައެއްގެ ހިތްހަމަޖެހުމެކެވެ. ގުދުރަތީ ރީތި ކަމުން ފުރާލެވިފައިވާ ނަލަ ނަލަ ރީތި ތަންތަން ހުންނަ ތަނެއްގެ ގޮތުގައި އިންޑޮނޭޝިއާގެ ބާލީ ހިމެނެއެވެ. އަގުގެ ގޮތުން ބަލާއިރު އެހާ އަގުބޮޑު ނޫން ފަސޭހައިން ދެވޭ ގައުމެއްގެ ގޮތުގައި އިންޑޮނޭޝިއާ ހިމެނެއެވެ.

އިންޑޮނޭޝިއާގެ ބާލީއަށް ދާނަމަ ބަލާލަން ދާކަހަލަ ރީތި ތަންތަނުގެ ލިސްޓެއް ތައްޔާރުކޮށްލުމުން ދަތުރުގެ ވަގުތުވެސް ސަލާމަތްވާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

ބާލީ ޖަންގަލް ސްވިން

Advertisement

މިތަނަކީ ބާލީގެ ވަރަށް މަޝްހޫރު ވަރަށް ގިނަ މީހުންނަށް ކަމުދާ ތަނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ތަނެކެވެ. މިތަނަށް އާއްމުގޮތެއްގައި ދަނީ މިތަނުގައި އިންނަ ބާލީ ސްވިންގަށް އަރާލާ އެތަޖުރިބާ ކޮށްލުމުގެ ބޭނުމުގައެވެ. އުދޯލި ހެއްލާލާފައިދާއިރު އެފެންނަ މަންޒަރަކީ ހަމަ އަޖައިބުކުރުވަނިވިހާ ރީތި މަންޒަރެކެވެ. އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއަށް ބަލާލާއިރު މިތަޖުރިބާއަކީ އަދިވެސް ހަމަކޮށްލަން ބޭނުންވާ ތަޖުރިބާއެކެވެ. އެހާމެ ހިތްގައިމު ކަމާއި ރީއްޗެވެ. ވަށައިގެން އެފެންނަ ފެހިކަމުގެ ވާހަކައަކީވެސް ދައްކާ ހުސްނުވާހާ ރީތި ކަމުގެ ވާހަކައެކެވެ. ޖަންގަލީގެ އެތެރޭގައި ހަދާފައި ހުންނަ މިއުދޯއްޔަށް އެރުމުގެ ކުރިން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެއްޗެހި އަޅާ އެތަނުގައި ތިބޭ މީހުން މިކަމަށް އެހީތެރިވެދެއެވެ. އުދޯލި ހެއްލާލާއިރު ބައެއް މީހުން ވަރަށް ބިރުގަނެއެވެ. އެހާމެ އުހުން ލާފައި އުދޯލި ހެއްލާއިރު ހީވަނީ ވެއްޓިދާނެހެންނެވެ. ބިމުން ފެށިގެން 78 މީޓަރު މަތިންލާފައި އުދޯލީގައި ދުއްވާލާފައި ދާއިރު އެކުރެވޭ އިހްސާސް ވަރަށްވެސް ހިތްގައިމެވެ.

މައުންޓް ބަޓުރުގެ އިރުއަރާ މަންޒަރު

މި ފަރުބަދައަކީ ބާލީގެ މަޝްހޫރު އެއް ފަރުބަދަ އެވެ. މިތަނަށް އެރުމަށްޓަކައި ވަރަށް ފަތިހު ދަތުރު ފަށަން ޖެހެއެވެ. މިތަނަށް ދިއުމަށްޓަކައި ހައިކް ކުރާ ކަހަލަ ބޫޓަކަށް އެރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިއީ ވަރަށް އަރާމު ހޮޓް ސްޕްރިން އެއްވެސް އެކުލެވިގެންވާ ތަނެކެވެ. ހެދުނުގެ ނާސްތާ ނަގާލުމަށްފަހު ހޮޓް ސްޕްރިންއަށް އެރިލުމުން އެލިބޭ އަރާމުކަމާއި އެފެންނަ ރީތި މަންޒަރަކީ އަޖައިބު ކުރުވަނިވިހާ ރީތި މަންޒަރެކެވެ. ގުދުރަތީ ރީތި ކަމުން ފުރިގެންވާ އެ ރީތި ކަމުގެ ވާހަކައަކީ ހަމަ ގައިމުވެސް އަމިއްލަ ލޮލުން ފެނިގެން ނޫނީ ނޭނގޭހާ ރީތި ކަމެކެވެ. އިރު އަރައިގެން އަންނައިރު ވިލާތަކުގެ ތެރެއިން އެފެންނަ ރީތިކަމަކީ ދައްކާ ހުސްނުވާވަރުގެ ވާހަކައެކެވެ.

ހަނޑޫ ދަނޑުތައް

ބާލީގެ މަޝްހޫރު ހަނޑޫ ދަނޑުތަކަށް ޒިޔާރަތްކޮށްލަން ބޭނުންނަމަ 'ތެގަލަލަން ރައިސް ޓެރަސް' އަކީ ވަރަށް ރީތި ތަނެކެވެ. މިތަނުގެ ހަނޑޫ ދަނޑުތަކަކީ ބަލާލަން ދާން މުހިއްމު ތަނެކެވެ. މިތަނަށް ޒިޔާރަތްކޮށްލުމުން ހަނޑޫ ހައްދާނެ ގޮތާއި ހަނޑޫ ކަނޑާނެ ގޮތްވެސް ދަސްވެގެންދެއެވެ. ހަނޑޫ ހެއްދުމާއި ހަނޑޫ ކަނޑަން ދަސްކުރަން ބޭނުންވާ މީހުންނަށް ރަނގަޅު ތަނަކަށް ވެގެންދެއެވެ. މިތަނަށް ޒިޔާރަތްކޮށްލަން އެންމެ ރަނގަޅުވާނީ ހެނދުނުގެ ރީތިކަންމަތީ ނުވަތަ ހަވީރުގެ ފިނިކަން މަތީގައެވެ. ހަނޑޫ ދަނޑުތައް ރީއްޗަށް ހައްދާލާފައި އޮންނައިރު އެފެންނަ މަންޒަރަކީވެސް ހާދަހާވާ ރީތި މަންޒަރެކެވެ.

ބާލީގެ މަޝްހޫރު ލުވަކް ކޮފީ ތައްޔާރުކުރާތަން

ބާލީގެ މަޝްހޫރު ކޮފީއެއް ކަމަށްވާ ލުވަކް ކޮފީ އަކީ ވަރަށް ތަފާތު ވަރަށް އާދަޔާ ޚިލާފު ކޮފީއެކެވެ. މީރުކަމާއި މަޝްހޫރު ކަމުގެ ވާހަކަވެސް ވަރަށް ބޮޑެވެ. ލުވަކް ކޮފީ ބީންސް އަކީ ތަފާތު ގޮތަކަށް ހަދާ ކޮފީއެކެވެ. އެންމެ ފުރަތަމަ ކޮފީ ބީންސް ބިނުމަށްފަހު ވަރަށް ރަނގަޅަށް ދޮވެ އަވިން ހިއްކައެވެ. އެއަށްފަހު ރޯސްޓް ކުރެއެވެ. މިކޮފީ ހަދާ ތަނަށް ޒިޔާރަތްކޮށް މިކޮފީގެ ރަހަ ބަލާލުމަކީ މުހިއްމު ކަމެކެވެ.

ބާލީ އަކީ ޗުއްޓީއަށް ދިއުމަށް ވަރަށްވެސް ހިތްގައިމު ރީތި ތަނެކެވެ.

+1
0
+1
17
+1
5
+1
1
+1
2
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. ކާތަކެތި ހަލާލު ތޯ ބެލުން ވަރައް މުހިއްމު 98 % ހިންދޫ 4 އަހަރު ތަޖުރިބާ

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް