November 23, 2024 08:38
Advertisement

-Advertisement-

ޒުވާންކަން ދަމަހައްޓާ ސިއްޙީ ގިނަ ފައިދާތަކެއް ލިބިދޭ ސަންފްލާވަރ އޮށް

ސަންފްލާވަރ އަކީ ރާއްޖޭގައިވެސް ހެދޭ އެއްޗެކެވެ. އޭގައި ހުންނަ އޮށަކީ ކިހާ ފައިދާހުރި އެއްޗެއްކަން ދެނެގަންނަން އެނގެނީ ކިތައް މީހުންނަށް ބާވައެވެ؟. ސަންފްލާވަރ މަލަކީ ކާއެއްޗަކަށް ނުވި ކަމުގައިވިޔަސް އެމަލުގެ ކަރުގަނޑުގައި ހުންނަ އޮށުން ލިބިދޭ ފައިދާގެ މިންވަރު އެހާމެ ގިނައެވެ. އެމަލުގެ ރީތިކަމުގެ ޖާދޫގައި ގިނަބަޔަކު ޖެހެމުންދާއިރު އޭގެ އޮށުން ލިބޭ ފައިދާ އެނގުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިމަލުގެ އޮށް ހިއްކައިގެންނާއި އަދި ރޯސްޓް ކޮށްގެންވެސް ކައި އުޅެއެވެ. ސަންފްލާވަރ އޮށުން ލިބިދޭ ފައިދާތަކުގެ ތެރޭގައި:

ކޮލެސްޓްރޯލް ދަށްކޮށްދޭ

ސަންފްލާވަރ އޮށް ކެއުމުގައި ބޭނުންކުރުމުން ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދެއެވެ. އަދި ފައިބަރ ހިމެނޭ މިއޮށުގެ ސަބަބުން ހިތުގެ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތުވެސް ކުޑަވެގެންދެއެވެ. ފައިބަރ ހުންނަ އެއްޗެހި ކެއުމުން ހަށިގަނޑުގައި ހަކަތަ އިތުރުކޮށްދެއެވެ. ސަންފްލާވަރ އޮށުގައި ހުންނަ މެގްނީސިއަމްގެ މާއްދާގެ ސަބަބުން ބްލަޑް ޕްރެޝަރ ލެވެލް ދަށްކޮށްދެއެވެ.

Advertisement

ޑައިބެޓިކްސް ނުވަތަ ހަކުރު ބަލި ހުންނަ މީހުންނަށް އެހީއެއް

ޑައިބެޓިކްސް ޓައިޕް 2 ހުންނަ މީހުން ކޮންމެ ދުވަހަކު 30 ގްރާމް ސަންފްލާވަރ އޮށް ކާނަމަ ހަކުރުގެ މިންވަރު ދަށްކޮށްދީ ހަށިގަނޑުގައި ހަކަތަ އެއްވަރެއްގައި ހުރެއެވެ. އިންސާނާގެ ހަށިގަނޑަށް ހަކުރުގެ މާއްދާ މަދުން ލިބޭނަމަ ހަށިގަނޑުގައި ހަކަތަ މަދުވެ މީހާ ބަލިކޮށްލައެވެ. އެހެންނަމަވެސް މި އޮށަކީ ހަށިގަނޑުގައި ވަރުޖެއްސުމާއި ހަކުރުގެ މާއްދާ އެއްވަރެއްގައި ބެހެއްޓުމަށް ކާން ރަނގަޅު އެއްޗެކެވެ.

ބޮޑުކަމުދާން ފަސޭހަވުން

ބަނޑުހަރުވުން ކަހަލަ ކަންކަން ދިމާވެ ބޮޑުކަމު ދިއުމުގައި ދަތިތައް ހުުންނަނަމަ އާދައިގެ ވަރަކަށް ސަންފްލާވަރ އޮށް ކާން އާދަކުރާށެވެ. ބޮޑުކަމު ނުދެވޭނަމަ މިއޮށް ކައިގެން ބަނޑު ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރެވިދާނެއެވެ.

އެނީމިއާ ހުންނަނަމަ އެކަމަށް ހައްލު ލިބިގެންދޭ

އެނީމިއާގެ ސަބަބުންވެސް ހަށިގަނޑުގައި ހަކަތަ ނެތިގެން ދެއެވެ. މިއީ ދަގަނޑުގެ ބާވަތް ވަރަށް ބޮޑަށް އެކުލެވިގެންވާ މާއްދާއެކެވެ. ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ނުލިބޭނަމަ އެނީމިއާގެ އުދަގޫ ތަހައްމަލު ކުރަން ޖެހެއެވެ.


ހަންގަނޑު ރީތިކޮށް ހުރުމަށް އެހީތެރިވެދޭ

ސަންފްލާވަރ އޮށުން މީހާގެ މޫނުގައި ހުންނަ ޒުވާންކަން ދަމަހައްޓައެވެ. ރޫނުޖެހި، މީހާގެ ހަންގަނޑު ދޫވުމުން ދުރުކޮށްދެއެވެ. ސަންފްލާވަރ އޮށުން ހަންގަނޑު އަލިކޮށްދީ އިތުރަށް ރީތިކަމަށް ދައްކައެވެ.

 

މައުލޫމާތު: ފަރމްއީޒީ، ވެބްއެމްޑީ

+1
1
+1
2
+1
5
+1
0
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް