September 20, 2024 22:32
Advertisement

-Advertisement-

ޕިސްޓަރޗިއޯ މިލްކް ކޭކް

ބޭނުންވާ ތަކެތި

¼ ޖޯޑުގެ ޕިސްޓަރޗިއޯ (މުގުރާފައި)

¾ ޖޯޑު ފުށް

Advertisement

1 ސައިސަމުސާ ބޭކިންގ ޕައުޑަރ

¼ ސައިސަމުސާ ލޮނު

3 ބިސް

100 ގްރާމް ބަޓަރ

120 ގްރާމް ހަކުރު

1 ސައިސަމުސާ ވެނީލާ އެސެންސް

½ ޖޯޑު ދިޔާކިރު

½ ޕިސްޓަރޗިއޯ އެސެންސް

ފެހި ކުލަކޮޅެއް

މިލްކް ތައްޔާރުކުރަން ބޭނުންވާތަކެތި

2 ޖޯޑު ދިޔާކިރު

1/3 ޖޯޑު ގެރިކިރު

1 ސައިސަމުސާ ޕިސްޓަރޗިއޯ (ރާޅުކޮށް މުގުރާފައި)

1/3 ޖޯޑު ކްރީމް ނުވަތަ ވިޕް ކްރީމް

(ރާޅުކޮށް މުގުރާފައި ހުރި ޕިސްޓަރޗިއޯ އަދި ރޯސް ޕެޓަލްސް މައްޗަށް އެޅުމަށް)

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ބަޓަރ އަދި ހަކުރު، ކިރު އަޅައިގެން އެއްކުރާނީއެވެ. އެއަށްފަހު ފަހަރަކު ބިހެއް އަޅަމުންދާނީއެވެ. މަޑުމަޑުން ގިރަމުން ފުށް، ބޭކިން ޕައުޑަރ އަދި ލޮނު އަޅައިގެން އެއްކުރާނީއެވެ. އެއަށްފަހު މުގުރާފައި ހުރި ޕިސްޓަރޗިއޯ އާއި ކުލަކޮޅު އެޅުމަށްފަހު ދެވައްތަރުގެ އެސެންސް އަޅާނީއެވެ. ދެން ޓްރޭއަކަށް އެޅުމަށްފަހު ފިހެލާށެވެ.

އެއަށްފަހު 2 ޖޯޑު ކިރު ތެއްޔެއްގައި ކައްކާނީ މަޑުގިނީގައެވެ. އޭގެތެރެއަށް ގެރިކިރު އަދި މުގުރި ޕިސްޓަރޗިއޯ އާއި ކުލަކޮޅެއް އެޅުމަށްފަހު ކައްކާލާށެވެ. ދެން ފިހެފައި ހުރި ކޭކުގެ ތެރެއަށް ކުޑަކޮށް އިލޮށިކޮޅެއް ނޫނީ އުލަކުން ލޯވަޅު އެޅުމަށްފަހު ކިރުކޮޅު އަޅާލާށެވެ. މިގޮތަށް އަޅާއިރު އެތެރެއަށް ފޭދޭގޮތަށް އަޅާލާށެވެ. ދެން ވިޕް ކްރީމް ވިޕްކޮށްލުމަށްފަހު މަތީގައި ހާކާލާށެވެ. އޭގެފަހުން މައްޗަށް ރޯސްޕެޓަލްސް އާއި ރާޅުކޮށް ހުރި ޕިސްޓަރޗިއޯކޮޅު އަޅާލާށެވެ. ދެން އައިސްއަލަމާރީގައި ބަހައްޓައިގެން ފިނިކޮށްގެން ކާން ވަރަށް މީރުވާނެއެވެ.

ތައްޔާރުކުރި ކިރުކޮޅުން ކިރުކޮޅެއް ފަހަށް ބެހެއްޓިދާނެއެވެ. ކޭކު ކާއިރު ވަކިން ކިރުކޮޅެއްގެ ތެރެއަށް އަޅައިގެން ކެއުމުން މީރުވާނެއެވެ.

+1
0
+1
10
+1
0
+1
0
+1
1
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް