November 24, 2024 05:13
Advertisement

-Advertisement-

ގިނަގިނައިން މަރުމަތިން ހަނދާންކުރޭ

ގިނަގިނައިން މަރުމަތިން ހަނދާންކުރާށެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި މުއުމިންއަޅާ ގިނަގިނައިން މަރުމަތިން ހަނދާންކުރާނަމަ ތައުބާވުމަށް އަވަސްވެ، އަޅުކަންކުރުމުގެ ޝައުގުވެރިކަން އެމީހަކަށް ﷲ މިންވަރު ކުރައްވާނެއެވެ. މަރުމަތިން ހަނދާންކުރުން ދޫކޮށްލައިފިނަމަ ތައުބާވުން ލަސްވެ ދަހިވެތިކަން އިތުރުވެ އަޅުކަމުގައި ކަންނެތްކަން އޭނާގެ މައްޗަށް ވެރިވާނެކަމަށް ހުކުރު ޚުތުބާގައި ބަޔާން ކޮށްފައިވެއެވެ.

އިންސާނުންނާއި ޖިންނީން ޚަލްޤު ކުރައްވައިފައިވަނީ މާތް މަޤުސަދެއްގައި ކަމަށްވާއިރު، މިދުނިޔެ ލައްވާފައިވަނީ އާޚިރަތް ބާއްޖަވެރި ކުރުމަށްޓަކައި މަސައްކަތްކުރާނެ މައިދާނެއް ކަމުގައެވެ. އަދި އިލާހީ ހިކުމަތަށްޓަކައި މިދުނިޔެއަކީ ދާއިމަށް ދެމިގެންވާތަނަކަށް ނުވާއިރު، ހެޔޮޢަމަލު ގިނަކުރާ މީހާއަށް އޮތީ ކާމިޔާބާއި ފަލާޙެވެ. ނުބައި ޢަމަލުތައް ގިނަވެއްޖެ މީހާއަށްވަނީ ގެއްލުމާއި ހަލާކެވެ.

" ތިޔަބައިމީހުން ފިލަންދުވާ މަރު ތިޔަބައިމީހުންނާ ބައްދަލް ކުރާނެކަން ޔަޤީން. އެއްވެސް މަޚުލޫގަކަށް މަރުން ސަލާމަތް ނުވެވޭނެ. އެއީ ﷲގެ ހަޟްރަތުގައި ކިތަންމެ މާތް މަޚްލޫޤެއް ކަމުގައި ވިޔަސް މަރުން ސަލާމަތް ނުވެވޭނެ. އިންސާނާ މަރަށް ހާޟިރުވުމުން ވަރަށްގިނަ ކަންތައްތައް ހަނދާންވާނެ. ނުކުރެވިހުރި ކަންކަން ކުރަން ބޭނުންވާނެ. އެއްވެސް ކަމެއް ނުކުރެވޭނެ. ވާހަކައެއް ނުދެއްކޭނެ. ކުރިމަތިން ފެންނާނީ މަލާއިކަތްބޭކަލުންގެ ޖަމާޢަތަކާއެކު މަލަކުލްމައުތުގެފާނު އޭނާގެ ފުރާނަ ހިތްޕަވަން ވަޑައިގަންނަވާތަން" ހުކުރު ޚުތުބާގައިވެއެވެ.

Advertisement

އެއްވެސް ނަފްސަކަށް މާދަމާވާނެ ގޮތެއް ނޭނގޭއިރު، އަމިއްލަ ނަފުސާ ތިރީގައިވާ ސުވާލުތައް ކޮށްލާށެވެ. މިސުވާލުތަކުގެ ކުރިމަތީގައި އިސްޖަހާލަން ޖެހިއްޖެ މީހަކަށް ހިތާމައިގެ ކޮޅެއްވެސް ނެތެވެ.

1 ދީނުގެ އެންމެ މުހިއްމު ރުކުން ކަމުގައިވާ ފަރުޟު ފަސްނަމާދު ރަނގަޅަށް އަދާކުރެވޭ؟

2 ޤުރުއާނުން އެއްވެސް މިންވަރެއް ކިޔަވަން؟

3 ﷲ ގެ ކުޅަދުންވަންތަކަމާއި މެދު ވިސްނަން؟

4 ކުށްފާފަތަކާއި ދުރުވެ ހެޔޮކަންކަމަށް އަވަސްވެގަންނަން؟

އަބަދު އެއްހާލަތެއްގައި އިންސާނަކަށް މިދުނިޔޭގައި ނުއުޅެވޭނެ ކަމަށާއި، ޢާފިލުކަމުން ހޭލާ ފާފަތަކުން ތައުބާވެ ﷲ ސުބުޙާނަހޫ ވަތަޢާލާ ގެ ހަޟުރަތަށް އެނބުރި ރުޖޫޢަވުމަށް ތަކުރާރުކޮށް ހުކުރު ޚުތުބާގައި ގޮވާލައިފައިވެއެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް