September 20, 2024 18:27
Advertisement

-Advertisement-

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ: މޫސާގެފާނު އަވަހާރަވުން

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ

މޫސާގެފާނު، ﷲ އެކަލޭގެފާނާއި ހަވާލުކުރެއްވި ރަސޫލުކަމުގެ މަސައްކަތްޕުޅު ފުރިހަމަކުރެއްވިއެވެ. ﷲ ރުހިވޮޑިގެންވާ ގޮތަށް އެކަލޭގެފާނުގެ މަސްއޫލިއްޔަތު އުފުއްލެވިއެވެ. އެކަލޭގެފާނު މީސްތަކުންނަށް ތައުރާތު އުނގަންނައި ދެއްވިއެވެ. މޫސާގެފާނު މީސްތަކުންނަށް ދީނުގެ ހުކުމްތައް އޮޅުންފިލުއްވައިދެއްވިއެވެ. އަދި މީސްތަކުންނަށް ﷲ އެންގެވިގޮތަށް ތެދުމަގު ދެއްކެވިއެވެ. މިކަމަށް ދަލީލު ދައްކަނީ ކީރިތި ޤުރްއާންއެވެ.

ދެން މޫސާގެފާނު މިދުނިޔެ ދޫކުރައްވައި ﷲ ގެ ހަޟުރަތަށް ވަޑައިގަތުމުގެ ވަގުތު ޖެހުނެވެ. ބުނެވޭގޮތުގައި އެކަލޭގެފާނު އަރިހަށް ﷲ މަރުގެ މަލާއިކަތާ މަލަކަލްމައުތު ފޮނުއްވިއެވެ. އޭރު މޫސާގެފާނަށް އެއީ ކޮން ބޭކަލެއްކަން އެނގިވަޑައިނުގަންނަވައެވެ. ދެން މަލަކަލްމައުތު މަރު ހިއްޕެވުމުގެ ވާހަކަ ދެއްކެވުމުން މޫސާގެފާނު ކޯފާވެގެން މަލަކަލްމައުތުގެ ލޯފުޅުގައި ޖެއްސެވިއެވެ. ދެން މަލަކަލްމައުތު އެވާހަކަ ﷲ އަށް ދެންނެވިއެވެ. ދެން އަލުން މޫސާގެފާނު އަރިހަށް ވަޑައިގަތުމަށް ﷲ މަލަކަލްމައުތަށް އަމުރުކުރެއްވިއެވެ. މިފަހަރު މޫސާގެފާނަށް އިތުރު ފުރުސަތެއް އެރުވުނެވެ. އެކަލޭގެފާނު ދުނިޔޭގައި އިތުރަށް ހުންނަން ބޭނުންފުޅު ކަމަށްވާނަމަ ގެރިއެއްގެ ބުރަކަށީގައި އެކަލޭގެފާނުގެ މުށުގެތެރެއަށް ލެއްވޭވަރަށް ކެހެރި އުފުރުއްވުމަށް ދެންނެވުނެވެ. އަދި އެއިން ކޮންމެ ކެހެރިއަކަށް އެކަލޭގެފާނަށް މިދުނިޔޭގެ ހަޔާތުން އަހަރެއް ލިބިވަޑައިގަންނަވާނެކަމަށް ދެންނެވުނެވެ. ދެން އެއަށްފަހު މޫސާގެފާނަށް ވާނެގޮތެއް އެކަލޭގެފާނު އެއްސެވިކަމުގައިވެއެވެ. ދެން އެކަލޭގެފާނުގެ މަރު ހިއްޕެވޭނެ ވާހަކަ ދެންނެވުނެވެ. ދެން މޫސާގެފާނުގެ ފުރާނަ ވަގުތުން ގެންދެވުމަށް އެކަލޭގެފާނު ﷲ އަށް ދެންނެވިކަމުގައި ވެއެވެ.

Advertisement

މޫސާގެފާނު އަވަހާރަވީ މިހާރުގެ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައެވެ.

ނޯޓް: މި އަހަރުގެ ރޯދަމަހު ޒީޓައިމްސް އިން ކޮންމެ ދުވަހަކު ގެނެސްދެމުން އައި މޫސާގެފާނު ވާހަކަ މި ނިމުނީ އެވެ. 

+1
0
+1
2
+1
4
+1
1
+1
0
+1
0
+1
2

Advertisement

ގުޅުންހުރި ލިޔުންތައް