ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި 30 ވަރަކަށް ހާސް މީހުން ދަނީ ދިރިއުޅެމުންނެވެ. ޓިއުޝަން ކުލާހަށް ދަރިން ފޮނުވަން ބަލާއިރު އެ ޓިއުޝަން ކުލާހަކީ އެކަށީގެންވާ ތަޢުލީމެއް ފޯރުކޮށްދެވޭ އަދި ދަރިވަރުންނަށް ރައްކާތެރި މާހައުލެއްތޯ ބެލުން މުހިންމެވެ.
މިޒާ އިންސްޓިޓިއުޓް
މިޒާ އިންސްޓިޓިއުޓް އަކީ ޓިއުޝަން ސެންޓަރެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެންމެ ފުރަތަމަ ހިންގަން ފެށި ތަނެވެ. އަދި މިއީ ތަޢުލީމީ ދާއިރާގައި 20 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މުހައްމަދު ރަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ސެންޓަރެކެވެ. މުހައްމަދު ރަޝީދަކީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ސީނިއާ އެސިސްޓެންޓް ޕްރިންސިޕަލް ކަމާއި، ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލްކަމުގެ އިތުރަށް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އެސިސްޓެންޓް ލެކްޗަރާކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
" ހިޔާގެ 2 ވަނަ އަށް ހުންނަ އޮރެންޖް ޓަވަރުގެ ގްރައުންޑް ފްލޯގައި މި ޓިއުޝަން ސެންޓަރު ހިންގަމުން އަންނަނީ 2022 ވަނަ އަހަރުން ފެށިގެން. މިޒާ އިންސްޓިޓިއުޓްގެ އެންމެ ބޮޑު ތަފާތަކީ ކިޔަވައިދޭ ގިނަ މުދައްރިސުންނަކީ މި ތަނުގެ ފުލްޓައިމް މުވައްޒަފުންނަށް ވުން. މި ތަނަށް ޚާއްސަވެގެން ތިބޭ މުދައްރިސުން ގިނަވީމަ ކުދިންނަށް ދޭންޖެހޭ ސަމާލުކަން ބޮޑަށް ދެވޭނެ. ޓެސްޓް ކައިރިވުމުން ބޮޑަށް އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް އިތުރު ގަޑި ނަގައިދީގެން އެހީތެރިކަން ދަނީ ފޯރުކޮށްދެމުން". މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
ދުރު ދަތުރެއް ނުކޮށް ފެންވަރު ރަނގަޅު ޓިއުޝަން ސެންޓަރަކަށް ދަރިން ފޮނުވުމަށް ބޭނުންވާނަމަ މިޒާ އިންސްޓިޓިއުޓް ޚިޔާރު ކުރެވިދާނެއެވެ. ގްރޭޑް 1 އިން 12 އަށް ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށްވެސް ޓިއުޝަން ދެއެވެ. އޯލެވެލް އަދި އޭލެވެލް އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުލާސްތައް ނަގައިދެމުންދާއިރު، ކިޔަވައިދޭ ޓީޗަރުންނަކީ ތަޖުރިބާގެ އިތުރަށް ތަޢުލީމީ ޤާބިލް ޓީޗަރުން ކަމަށް މުހައްމަދު ރަޝީދު ވަނީ ފާހަގަކުރައްވާފައެވެ.
" ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކްލާސްތަކުގައި ހުންނާނީ ސީސީޓީވީ ކެމެރާ ހަރުކޮށްފަ. ޖުމްލަ 6 ކުލާސް ހުންނައިރު ކޮންމެ ކުލާހެއްގައި ކިޔަވައިދޭނީ ފަހަރަކު މަދު އަދަދެއްގެ ކުދިންނަށް. ސްމާޓް ޓީވީ އާއި އޭސީ ހުންނާނެ. އަޅުގަނޑުމެންގެ އަމާޒަކީ ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުން. ހަފްތާއަކު 5 ދުވަހު ކުލާސްތައް ކުރިއަށްދާނެ". މުހައްމަދު ރަޝީދު ފާހަގަކުރެއްވިއެވެ.
ބަޔޮލޮޖީ ޓީޗަރ
މިޒާ އިންސްޓިޓިއުޓް ގައި ކިޔަވައިދެއްވާ ތަޖުރިބާކާރު ބަޔޮލޮޖީ ޓީޗަރެއް ކަމުގައިވާ 'ބިނޯ ސަރ' އަކީ ރާއްޖޭގައި ކިޔަވައިދިނުމުގައި 23 އަހަރު ހޭދަކޮށްފައިވާ މޮޅު ޓީޗަރެކެވެ.
" 2000- 2004 އަށް ދ. މީދޫގައި ކިޔަވައިދިނީ. 2005-2017 އަށް ނިލަންދޫ އެފް.އޭ.އީ.ސީ ގައި އަދި 2018 އިން 2019 އަށް ހުޅުމާލޭގެ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގައި ކިޔަވައިދިނީ. 2011 ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ރަނގަޅު ސެކަންޑަރީ ޓީޗަރ އަށް ނޮމިނޭޓްވެފަ. މިއީ މުދައްރިސުންގެ ދުވަހާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ބޭއްވި ހަފްލާއެއް". ބިނޯ އޭނާގެ ތަޖުރިބާ ހިއްސާކުރައްވަމުން ވިދާޅުވިއެވެ.
ޑޮކްޓަރުން ގިނަ ރަށެއްގެ ގޮތުގައި ފާހަގަވެފައިވާ ނިލަންދޫގައި 12 އަހަރު ބިނޯ ކިޔަވައިދެއްވިއިރު ގިނަ އަދަދެއްގެ ކުދިން ވަނީ އޯލެވެލް އަދި އޭލެވެލް ނިލަންދޫގައި ހުންނަ އެފް.އޭ.އީ.ސީ އިން ނިންމާފައެވެ. އަބަދުވެސް އިސްކަން ދެނީ ދަރިވަރުންނަށް ފިލާވަޅުގެ 'ކޮންސެޕްޓް' ވިސްނައިދިނުމަށް ކަމަށް ފާހަގަކުރެއްވިއެވެ.
ދަރިވަރުންގެ އަމާޒަކަށް ވާނީ ނޭގޭ އެއްޗެހި އޮޅުންފިލުވުން ކަމަށްވާއިރު، މި ޓިއުޝަން ސެންޓަރަށް އަންނަ ކުދިންނަށް އެކުދިންގެ ފިލާވަޅާއި ގުޅޭގޮތުން ސުވާލު ކުރުމުގެ ފުރުސަތު އޮވެއެވެ. ހިޔާ ސަރަހައްދުން މިފަދަ ސެންޓަރެއްގެ ޚިދުމަތް ލިބުން ވާނީ ތަޢުލީމް ހޯދުމަށް ދުރު ދަތުރު ކުރަމުންދާ ދަރިވަރުންނާއި ބެލެނިވެރިންނަށް ލިބޭ ފަސޭހައެއްގެ އިތުރުން ރަނގަޅު ފުރުސަތަކަށެވެ.
ޓިއުޝަނަށްދާ ދަރިވަރެއް
މިޒާ އިންސްޓިޓިއުޓް އަށް ޓިއުޝަނަށްދާ އަމީނިއްޔާ ސްކޫލުގެ ކެޕްޓަން އައިޝަތު ހައިޒާ ހުސައިން ވަނީ އޭނަގެ ތަޖުރިބާ 'ޒީޓައިމްސް' އާއި ހިއްސާކޮށްފައެވެ.
" އަޅުގަނޑު ވޭތުވެދިޔަ 10 އަހަރު ޓިއުޝަން ނުނަގަން. އެކަމަކު ސްކޫލު ހަރަކާތްތަކުގައި އަބަދު އުޅޭތީ ވިސްނީ އޯލެވްލް ކައިރިވީމަ އިތުރު އެހީތެރިކަމެއް ލިބޭނެ ގޮތަކީ ކޮބައިތޯ. ރިވިޝަން ގައިޑް ވެސް އެކި ޓީޗަރުން ކައިރީގައި އެހުމުގެ ބޭނުމުގައި މި ޓިއުޝަން ކުލާހަށް ދާން ފެށީ. ޓީޗަރުން ވަރަށް އެކުވެރި. ކުލާހަށް ވަންނައިރު މެނޭޖަރ އެއްވެސް އިންނާނެ މަރްހަބާ ކިޔަން. އާންމުކޮށް ބާއްވާ ކުލާސްތަކުގެ އިތުރަށް އިތުރު ކުލާސްތައް ހިލޭ ނަގައިދޭ. ކުއްޖަކަށް ވަކިވަކިން ކިޔައިދޭ. އަޅުގަނޑަށްވެސް އެގޮތަށް 'މެތަމެޓިކްސް' ކުލާހުގައި ޓީޗަރ ވަކިން ކިޔައިދިން ދަސްވަންދެން. ޓިއުޝަން ކުލާހުން ސަމާލުކަން އެދެނީ ކުދިންނަށް ދަސްވަންދެން ފިލާވަޅު ބުނެދިނުމަށް". ހައިޒާ ހިތްހަމަޖެހުމާއެކު ފާހަގަކުރިއެވެ.
މިޒާ އިންސްޓިޓިއުޓް އާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ގުޅުއްވާނީ 7333535 ނުވަތަ 7770953 މި ނަންބަރަށެވެ.
ފޭސްބުކް ޕޭޖް: Miza Institute