އަޅުގަނޑަށް އައި ފޯނުކޯލެކެވެ. އެދުނީ މި މައުޟޫއަށް ރިޕޯޓެއް ލިޔެ ދިނުމަށެވެ. ހިއްސާކުރީ ސްކޫލުގައި ފާހަގަކުރާ އެކި ދުވަސްތަކުގައި ބެލެނިވެރިން އަތުން ބޮޑު ޚަރަދެއް ކުރަންޖެހޭތީ އެކަމުގެ ކަންބޮޑުވުމެވެ. މިއީ އެތައް ބެލެނިވެރިންގެ ޝަކުވާއެކެވެ. ސޯޝަލް މީޑިއާ ބަލާލުމުން މިކަމުގެ ކަންބޮޑުވުން ފާޅުކުރާ މީހުން ގިނަކަން ފާހަގަވެއެވެ.
ކުޑަކުދިންގެ ދުވަހާއި މުދައްރިސުންގެ ދުވަހަކީ ސްކޫލުތަކުގައި ކުލަގަދަކޮށް ފާހަގަކުރާ ދުވަސްތަކެކެވެ. އަދި ސްކޫލުގެ އަހަރީ ދުވަހާއި ކޮންސެޓް އަދި ސްޕޯޓްސްޑޭ ފަދަ އެކި ކަންކަމަށް ބެލެނިވެރިން ހޭދަކުރަންޖެހޭވަރު ވަރަށް ގިނައެވެ.
މިރިޕޯޓު ލިޔުމުގެ ކުރިން 'ޒީޓައިމްސް' އިން ވާނީ ސަރުކާރު ސްކޫލުތަކާއި އަމިއްލަ ސްކޫލުތަކުގައި ކިޔަވާ ބައެއް ދަރިވަރުންގެ ބެލެނިވެރިންނަށް ގުޅާ މައުލޫމާތު ސާފުކޮށްފައެވެ. މާލޭގެ ސްކޫލެއްގައި ކިޔަވަމުން އަންނަ 3 ކުދިންގެ ބެލެނިވެރިއެއް ބުންޏެވެ. ދިރާސީ އަހަރު ފެށެނީ ބޮޑު ޚަރަދެއް ކޮށްގެން ޔުނީފޯމާއި އެހެނިހެން ތަކެތި ހަމަކޮށްގެން ކުދިން ސްކޫލަށް ފޮނުވާ ހިސާބުންނެވެ. އެއަށްފަހު ސްކޫލުން ފާހަގަކުރާ ތަފާތު ކަންކަމަށް ބެލެނިވެރިން ހޭދަކުރަންޖެހޭވަރު ވެފައި އޮންނަނީ ބޮޑުތަކުލީފަކަށެވެ.
" ކުޑަކުދިންގެ ދުވަހުވެސް ކޮންމެ ކުލާހެއްގައި ކޭކު އެބަފަޅާ. ގިނަ ކުދިން ތިބޭ ބެލެނިވެރިން އެބަ ހޭދަކުރަންޖެހޭ މިއިން ކޮންމެ ދުވަހެއް ފާހަގަކުރަން ފަހަރަކު 500 އެއްހާ ރުފިޔާ. ކޭކުގެ އިތުރަށް ސްކޫލު ޒީނަތްތެރި ކުރުމަށްވެސް ބެލެނިވެރިން އަތުން ފައިސާ އެބަ ހޯދާ. އަދި ކަރުދާސްތައްޓާއި ކަޕްކޭކު ގަތުމަށްވެސް ޚަރަދު ކުރަންޖެހޭ. ކޮންމެ ކުލާހެއްގައި ކޭކު ފެޅުމުގެ ބަދަލުގައި ކޮންމެ ކުއްޖަކަށް ކަޕްކޭކެއް ތައްޔާރު ކުރެވިދާނެ. އެއިރުން ބޮޑު ކޭކަށް ރުފިޔާދީފަ އަނެއްކާ ކަޕްކޭކަށް ރުފިޔާދޭން ނުޖެހޭނެއްނު. ނޫނީ ޚަރަދު ކުޑަ އެހެންގޮތެއްވެސް ޚިޔާރު ކުރެވިދާނެ. ޕްރީސްކޫލުތަކުގައި މިކަންކަން އަދި މާބޮޑުކަން ފާހަގަކުރެވޭ." ޝަކުވާ ހިއްސާކުރި ބެލެނިވެރިއަކު ބުންޏެވެ.
އަތޮޅުތެރޭގެ ސްކޫލެއްގައި ކިޔަވަމުން އަންނަ ދެކުދިންގެ ބެލެނިވެރިއަކު ބުނިގޮތުގައި ސްކޫލުގައި ފާހަގަކުރާ ދުވަސްތަކަށް ހޭދަކުރަންޖެހޭ މިންވަރު ދުވަހެއް ދުވަހަކަށް ގިނަވުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ.
" އެކަނިވެރިމައިން ވަރަށް ގިނަ ފަހަކަށް އައިސް. ގިނަފަހަރަށް ކުދިންނަށް މިޚަރަދުތައް ކުރަން މިޖެހެނީ ބައްޕަ ނުދޭނަމަ މަންމަ އެކަނި. އަދި މަންމައާއި ބައްޕަ ތިއްބަސް އެންމެންނަކީ އެއްވަރަކަށް ލިބޭނެ ބައެއް ނޫން. ދިރިއުޅުމުގެ ޚަރަދުތައް ކިރިޔާ ބެލެހެއްޓޭ މައިންބަފައިންނަށް މިއީ ކުރެވޭވަރުގެ ޚަރަދެއް ނޫން. އެކަމަކު ސްކޫލުން ކުރާ މިފަދަ ކަންތައްތަކަށް އެއްބާރުލުން ނުދީފިނަމަ ކުއްޖާ ބާކީވާތަން އެބައާދޭ. ކޮންމެގޮތެއް ހަދާފަވެސް އެބަޖެހޭ މި ޚަރަދުތައް ކުރަން". ހިތާމައާއެކު އެ ބެލެނިވެރިޔާ ފާހަގަކުރިއެވެ.
ތެދެކެވެ. އެންމެންނަކީ އެއްވަރަކަށް ލިބޭނެ ބައެއް ނޫނެވެ. ތަކެތީގެ އަގު އިންތިހާއަށް ބޮޑު މިޒަމާނުގައި ރަނގަޅު އާމްދަނީއެއް ލިބޭ މީހުން ވަރަށް މަދެވެ. ތަފާތު ހަރަކާތްތަކަށް ރުފިޔާ ހޯދުމަށް އެދުމުގެ ކުރިން ސްކޫލުތަކުގެ އިސްވެރިން ވިސްނަން އެބަޖެހެއެވެ. އަދި ދުވަސްތައް ފާހަގަކުރާއިރު ވަކި ތީމެއްގެ ކޮސްޓިއުމް ހޯދުމަށް އެދޭއިރު އެ ކޮސްޓިއުމް ގަންނާނެ ފެންވަރު ނެތް ކުއްޖާ ދެރަވާނެވަރު ވިސްނާލަމާތޯ އެވެ. މިއިން ކޮންމެ ކޮސްޓިއުމެއް ގަންނަންވެސް 300 އެއްހާ ރުފިޔާ ޚަރަދުވެއެވެ. 3 ނޫނީ 4 ކުދިންނަށް އެ ޚަރަދު އެއްފަހަރާ ކުރާނީ ކިހިނެއްހެއްޔެވެ؟ މެލޭޝިއާ ފަދަ ޤައުމުތަކުގެ އިންޓަނޭޝަނަލް ސްކޫލުތަކެކޭ އެއްގޮތަށް ޔުނީފޯމުގެ ބަދަލުގައި އިތުރު ހަރަކާތްތަކުގައި ހަމައެކަނި އެކްޓިވިޓީ ޔުނީފޯމް ލާން ކިހިނެއް ވާނެ ހެއްޔެވެ؟ ކޮންމެ ކަމަކަށް ވަކިކުލައެއްގެ ޓީޝާޓު ނުވަތަ ހެދުން ގަތުމަކީ އެންމެންނަށް އެކަށީގެންވާކަމެއް ނޫނެވެ.
ފުދުންތެރިކަމެއް ނެތް ކުދިންނާއިމެދު ވިސްނާ ބެލެނިވެރިން އަތުންދާ މިފަދަ ޚަރަދުތަކަށް ލުޔެއް ހޯދައިދޭން އެބަޖެހެއެވެ. ސްކޫލުތަކުން ފާހަގަކުރާ ތަފާތު މުނާސަބާތައް ފާހަގަކުރުމަށް ބޮޑެތި ހޭދަތަކެއް ބެލެނިވެރިން ކުރަމުންދާތީ މިއީ އެޑިޔުކޭޝަން މިނިސްޓްރީން ތަރުހީބުދޭކަމެއް ނޫންކަމަށް އެމިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސިޓީއެއްގައި މިދިޔަ އަހަރު ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް މިއަދާއި ހަމައަށް މިކަމަށް އެދެވޭހައްލެއް ލިބިފައިނުވާކަމަށް ބެލެނިވެރިން ދަނީ ބުނަމުންނެވެ.
ސްކޫލުތަކުގައި ފާހަގަކުރާ ދުވަސްތަކުގެ ސަބަބުން ކުދިންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބުނަސް އެފަދަ ދުވަސްތަކަށް އިސްރާފުނުވާނެ މިންވަރަށް ޚަރަދު ކުރުމަށް އިސްކަންދޭން އެބަޖެހެއެވެ.
ޖުމްލަ 15 ކިޔުންތެރިންގެ ހިޔާލު
Aaan. Maves beynumeh noon faahaga kuran. Thikahala kan kan nukuranyaa aharunah ves v fasheyha school thakuga kiyava dheyn. Mihaaru e dhuvas thah faahaga kuran ves kan kan ninman school ga gina vaguthu ulhen mi jeheny. Gina baeh teachers ves rynun vaa goi hama thee. Bodu part nubeyvenyaa kamaku nudhey gina teachers ah ves..
ހަގީގަތުގަ މިގޮތަށް ފާހަގަ ކުރަނީ އަހަރަކު 2 ނުވަތަ 3 ދަވަހެއް.
ފަހަރަކު 500 ހަރަދުވިޔަސް އަހަރަކު ކުއްޖަކަށް ކުރަން ޖެހޭނީ 1500 ރުފިޔާގެ ހޭދަ. އެއީ މަހަކު 150 ރުފިޔާ އަށް ވުރެ މަދު މިންވަރެއް.
ސަރުކާރުން ފޮތްބައި ނުދީ އަމިއްލައަށް ގަނެގެން، ސުކޫލަށް މަހަކު 10 ރުފިޔާ ދެއްކި ޒަމާނަށްވުރެ ޕޭރެންޓުން ކުރާ ޝަކުވާ މިހާރު މާބޮޑު.
2 ނޫނީ 3 ދުވަހެއް ނޫން. އެބަ ހުރިބާ ތިހާ މަދުން ފާހަގަ ކުރާ ސްކޫލެއް.
ގައުމީ ދުވަހަށް ދިވެހި ހެދުން. އިނގިރޭސި ހަފްތާ އަދި ދިވެހި ހަފްތާ ފާހަގަ ކުރާއިރު ހުށަހަޅައިދޭ އައިޓަމް އަކާ ގުޅޭ ހެދުމެއް. ސްޕޯޓްސް ފެސްޓިވަލް އަށް ވަކި ހެދުމެއް. ކުޑަކުދިންގެ ދުވަހަށް އެނަގާ ތީމް އަކާ ގުޅޭ ހެދުމެއް.
ޕްރީސްކޫލް ގައި ކިޔަވައިދޭ ކޮންމެ ތީމް އަކާއި ގުޅިގެން ސްކޫލް އަށް ގެންދާ އެއްޗެހި ކޮބާ. ފާހަގަ ކުރާނެ މިއިން ތީމް އިން ކޮންމެވެސް ދުވަހެއް. އަހަރެން ވެސް ބޭނުން ބެލެނެވެރިން އަތުން ބޮޑު ޚަރަދެއް ނުކޮށް ކިޔަވައި ދޭން. ބައެއް ޓީޗަރުން އެމީހުންގެ އަމިއްލަ އަތުން ޚަރަދު ކޮށްގެން ވިއަސް އެ ކަމެއް ކުރާނެ. ސަރުކާރު ޕްރީސްކޫލް ތަކަށް ފޮތާ ފަންސުރާ ފޮނުވާފައި ހުންނަނީ. ކުލަ، ތެރަސް،ފަންސުރުޖަހާ ދަތި،ބްލޮކްސް، ކްލޭ ވެސް. ބެލެނެވެރިނާއި ހަވާލު ކުރާނީ ނަންކާޑު ތަތްކޮށް ކަނަކަން ކުރަން. މައްސަލަ އަކީ ބައެއް ޓީޗަރުން ވެސް ބެލެނެވެރިންވެސް ބޭނުން ވަނީ އެކި އެކި ދުވަސް ފަަހަގަ ކޮށް ފޮޓޯ ނަގާ ފޭސް ބުކަށް ލާން. ހެދުނު 7 ޖަހާއިރު ސްކޫލަގައި އުޅެފަ 2 އަކުން ނިންމާފަ އިތުރު ގަޑި އަށް އައިސް ކަންކަން ކޮށްފަ ނިމޭ އިރު ހުންނާނީ އިރު އޮއްސިފަ. އަދި ރޭގަނޑު ކޮންމެވެސް ކަމެއް އޮންނާނެ. ހުކުރު ހޮނިހިރު ވެސް ހަމަ އެހެން. ގޭގައި ވާރކްޝޓް ހެދުމާއި ލެސަން ޕްލޭން ހެދުން. ބެލެނެވެރިން ގުޅާނެ ކޮބާ ކަމެއް ވެސް ނުބާއްވަން ހޭ ކިޔާފަ. ހިނގާށޭ ކުދިން ގޮވައިގެން ކައްކައިގެން ދަތުރު ދާން. ދެން އެވީ ކޮންމެވެސް ލެސަނަކާއި އެގުޅުވައިގެން އެކަމަކާ އުޅެން. މިހެން ގޮސް ކިޔާނެ ކަމެއް ނެތް.
Foi fansuraky kiyevumah konmehen Beynun vaane thakethi. E thakethi gannan majubooru adhi e kamaa shakuvaa kuraane beleniverieh nuhunnaane. Ekamaku mi kankan varah thafaathu. Mi dhuvasthah faahaga nukurias thauleemu haasilu vedhaane. Meege 30haka aharu kurin faahaga nukurey mi hurihaa dhuvaheh. Ekamu eyruves kiyavaa madharusaa thah hurey. Mihaaruge fenvaruga noonas rangalhu thauleemu ves libey. Massala aky konme kujjakah mi kharadhu kuran jehun. 5+ kudhin thibey aailaa eh nama thibunaa 150 rufiyaa 5 guna vey. E ee faseyha kameh Noon. Amudhun konme kujjege harakaai thakuga parents gos ulhen jehey. Aharenge Mamma ves ulhuny fisaari haalegga 4 kudhin ge kankamuga. Eyru bappa ah libeny 5000 rufiyaa Emme gina vegen ves. Aailaaga thibey adhi ithuru myhun kharadhu kuranjehey 4 kudhinge ithurah.
އަހަރެން ވެސް މިހާރު ތިހަރަދުތަކާހުރެ އިތުރުކަންތައްތައް ނުކުރެވި މި ދަނީ 3 ކުދިންގެ އިންޓަވަލް ގަނެފަ ހަރަކާތްތަކައް ކޮސްޓިއުމް ގަނެފަ އަދި އިތުރު ތަކެތި ގަނެ ދޭންޖެހޭ. އެއިގެ ބަދަލުގަ ސުކޫލް ތަކުގަ ކޮސްޓިއުމް ގަނެފަ ހުންނަނަމަ ހަރަދުތައް ކުޑަކުރެވިދާނެ ކަމަށް ގަބޫލުކުރެވޭ
Kaashidhoo school akee mihaaru namoonaa schooleh mihaaru kithamme ahareh vejje parant un athun haradheh nukuraathaa
Kaashidhoo school aky Kan dhekkumah kankan kurumuge gothun namoonaa school ekey buninama maa reethi vees
ރަނގަޅު ވާހަކައެއް.ހަމަ އެގޮތައް ޓީޗަރުންގެ އަތުން ދަރިވަރުންނަށް ނުވަތަ ސުކޫލަށް ހަރަދުވޭތޯ ބަލާފަ ރިޕޯޓެއްލިޔުން ވަރަށް ރަނގަޅުވާނެ.
Hageegathuga duvas tahh faahaga kuraairu school in simple kon kharadu kudakon gendan beynunn vaa kantah vx gina faharu bodu kohlanee beleniverin. Hageegathakee fudigen ulhey beleniveriyaa anekaa medu nuvisna eyy. Ekahala kamakaa meeting aie ga aiechaie bunyass e beleniveriyaa gos vaanee. . Vaki school gos nukurey. Parentunn maa kantah bodu kohlanee.
Faahaga kuraa dhuvasthah ekanyeh noon, alhugandu men rashuga dhuvas kolhu kolhun beleniverin nukume masakkath dhuvas baavvan jehey fund raise kuran, kuni kahaigen, noony kaa ehchehi hadhaigen fund raise kuran school ah TV yaa equipment gannan. Parents group thakah bahaafa leader eh laafa hunna iru, parents athun rufiyaa ves eba nagaa school ah ehchehi gannan, rf dhey meehunge namaa dhey varu group ga jahaa, nuvee thaakah nudhey meehunge nan ves jahaane kamah bune inzaaru dhee. Aharumen kuda iruves school ah goss kiyavaigen mithibee, eyru beleniverin athun mihaaru mi kuruvaahaa haradheh nukuruvaa
Mikamaa ehcheh bunaa meehaa ginafaharu goas vande .
Iyye ves matey dhari huree rulhi aissa ma school cake alhan amilla ah volunteer nuvegen . masha kee vazeefaaga ulhemun taxi kuraa meeheh . maya kaa nulaa 3 dharin mibalanee . ..
Miee gaimuves teachers beynunvegn nuvatha manhajuga onnaathee kuraa kankameh noon…miee misnistry in beynunvaa goiy….ministru in beynunvanee…schoolthakah majubooru kohgenves veehaa gina kan kan kohfa social media photo laigen…schoolah varah hingaakan dhakkan ulheny…e ee aslu hageegathakee..dhen hageegaiy neygi thibe beleniverin rulhi annanee schoolthah dheke…teacherun athun heydhavaa dpuble haradhu
Meege emme hevva kamakee kudakudhinge dhuvahuves kharadhu kuran mi jehenee kudhin thecherunge dhuvahuves kudhin school aharee dhuvahaka jehunas kudhin mihen go’s kiyaane kameh neth dhuvahakuves enoon dhuvaheh nufeni 30 aharu mivee thya kameh koh koh
ދަރިފުޅަށް ބޭނުންވާ ކަމެއްތޯ އެއްފަހަރުވެސް ވިސްނާލީމުތަ؟ އެކަމެއްކުރަނީ މައިންބަފައިން ބޭނުންވެގެން، ކަންކަމާ ނޫޅެއްޖެ ނަމަ ނުވަތަ އެކަމެއް ނުކޮށްފިނަމަ ބަޔަކު ތިމާޔާ ތިމާގެ ދަރިފުޅި ދައްފަންތީގެ ބަޔަކަށްހަދާ އެކަހެރިކޮށްލްފާނެތީ. ދަރިފުޅަށް ހެޔޮގޮތާ ހިތްހެޔޮކަން ވިސްނަދޭނީ ސްކޫލަށް ބޭނުންވާހާ ކަމަކަށް ހަރަދުކޮށް ޓީޗަރާ ޕްރިންސިޕަލް ރުއްސައިގެނެއްނޫން. ދަރިފުޅާ ވާހަކަ ދައްކައި އެމީހަކަށް އެކަށޭނަ ފެންވަރެއްގައި އެކަމުގައި އެކުގައި ބައިވެރިވެލާ “ލައިފް ސަޅިވާނެ“
Aslu eheneh nubunrveyne. Haadha haradhekey enoonas parents athun dhanee. Dhuvaalehgge mahchah gendhan jehey ehchehi gina vanee. Bicycle ves school ah experiment akah jehidhaane gendhan. Mee dhen hama boduvaru. Aslu thi gothah fudhigen ulhey meehunnah heevedhaane aharun kamakaa nulaa hure shakuvaa kuraniyyey. Noon. Hama kuran jehigen kuranee.
ކޮމެންޓްސް ބަންދުކުރެވިފައި