November 23, 2024 09:17
Advertisement

-Advertisement-

ދުނިޔޭގައި މަދުން ނޫނީ ނުފެންނަ ބާވަތުގެ ކުކުޅު

ކުކުޅުގެ ވާހަކަ ދައްކާއިރު ދުނިޔޭގައި ކިތައް ވައްތަރުގެ ކުކުޅު އުޅޭކަން އެނގޭބާ؟ ކުކުޅުތަކުގެ ތެރޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުތަކުގެ ކުކުޅުވެސް އުޅެއެވެ. ދުނިޔޭގައި އެންމެ މަދުން ފެންނަ ވައްތަރުތަކުގެ ތެރެއިން 5 ވައްތަރެއްގެ ކުކުޅާއި ގުޅޭ މައުލޫމާތު ހިމަނާލާނަމެވެ.

ޑޮންގ ޓައޮ ޗިކަން

މިއީ މުޅި ދުނިޔޭގައިވެސް ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުގެ ކުކުޅެކެވެ. މިއީ ތަންކޮޅެއް ފަލަކޮށް ވަރުގަދަކޮށް ހުންނަ ވައްތަރެއްގެ ކުކުޅެކެވެ. އެހެން ކުކުޅުތަކާ އަޅާބަލާއިރު ފައިވެސް ތަފާތުވެފައި ފަލައެވެ. މިއަށް ޑްރެގަން ކުކުޅޭވެސް ކިޔައެވެ. 

Advertisement

މިކުކުޅުގެ މަގުސަދަކީވެސް ކެއުމެވެ. މީގެ ފައިވެސް ހުންނާނީ ރަތްކުލައިގައެވެ. މީގެ ބިހުގެ ކުލައަކީ މުށިކުލައެވެ. އަދި ބިހުގެ ސައިޒަކީ އާދައިގެ ބިހުގެ ސައިޒެކެވެ. ހޫނުގައި އުޅެން އުދަގޫ މިކުކުޅުގެ އުމުރަކީ ގާތްގަޑަކަށް 5 އަހަރާއި 8 އަހަރެވެ. މީގެއިން އަހަރަކު 40 އާއި 60 ގެ އަދަދަކަށް ބިސް އަޅައެވެ. މީގެ ކުލަ އާއްކޮށް ހުންނަނީ ކަޅު ނުވަތަ އަޅިކުލައެވެ. މީގެ ބަރުދަނަކީ 10 އާއި 13 އެލްބީއެވެ. މިކުކުޅުގެ އަގު 2000 ޑޮލަރާއި ގާތްކުރެއެވެ. މިއީ ވިއެޓްނާމްގެ "ޑޮންގ ޓާއޯ ވިލެޖް" ގައި އުޅޭއެއްޗެކެވެ. 

އަޔާމް ސެމާނީ ޗިކަން

މިއީ އާދަޔާ ޚިލާފަށް ރީތި އަދި ތަފާތު ވައްތަރެކެވެ. އެއްކޮށް ކަޅުކުލައިގައި އިންނަ މިކުކުޅު ބަލާލަން ހާދަހާވާ ރީއްޗެވެ. މީގެ ފަތްތަކާއި ފައިވެސް އެހާމެ ރީއްޗެވެ. މިއީ ދުނިޔޭގައި މަދުން ފެންނަ ބާވަތުގެ ތެރެއިން ބަލާލަން އެންމެ ރީތި އެއްވައްތަރުގެ ކުކުޅޭ ބުނެވިދާނެއެވެ. މިކުކުޅުގެ އާދަޔާ ޚިލާފުކަމަކީ މަސްވެސް ހުންނަނީ ކަޅުކުލައިގައެވެ. އަދި ހަމައެގޮތަށް ކަށިވެސް ހުންނަނީ ކަޅުކުލައިގައެވެ. ކުކުޅުގެ ލޭވެސް ހުންނަނީ ވަރަށް ގަދަ ކުލައެއްގައެވެ. އާންމުކޮށް ލޭ ހުންނަ ކުލައިގައި ނޫންކަން ފާހަގަކުރެވެއެވެ. މީގެ ހަންގަނޑުވެސް އެއްކޮށް ހުންނަނީ ކަޅުކުލައިގައެވެ. އާންމުކޮށް އަޅާއުޅެނީ އަހަރަކު 60 އާއި 100 ބިހެވެ. މީހުން ޕެޓެއްގެ ގޮތަށްވެސް މީގެ ކުކުޅު ގެންގުޅެއެވެ.

އޮންގަދޮރި

މިއީ ޖަޕާނުގައި ރަސްމީ ކަންތައްތަކަށް ބޭނުންކުރާ ވަރަށް ރީތި ވަރަށް މުހިއްމު ބާވަތެއްގެ ކުކުޅެކެވެ. 1952 ވަނަ އަހަރުގެ ޖަޕާނުގެ "އޮނަރަބަލް ފޯލް" ގެ ގޮތުގައި ނަންދެވިފައިވާ ބާވަތެކެވެ. ޖަޕާނުގައި ވަރަށް ބޮޑު ގަދަރަކާއި ޝަރަފެއް ދެވިފައި އޮންނަ ކުކުޅެކެވެ. މީގެ ފަތްތައް ދިގުވެފައި ހުންނައިރު އެދައްކާލަދޭ ޗާލުކަން ހަމަ އަޖައިބު ކުރުވާހާ ރީއްޗެވެ. މިއަދާ ހަމައަށް ޖަޕާނުގަ ހުރީ މީގެ 250 ކުކުޅެވެ. މީގެ ފަތްތައް 40 ފޫޓަށް ދިގުވެގެން ދިޔައިރެއްވެސް އައެވެ. މިއީ އަހަރަކު 20 އާއި 30 ގެ އަދަދަކަށް ބިސް އަޅާ ކުކުޅެކެވެ. މިކުކުޅަކީ ޒީނަތްތެރި ކަމުގެ ބޭނުމުގައި ވަރަށް ގިނައިން ޖަޕާނުގައި ގެންގުޅޭ އެއްޗެކެވެ. މީގެ ބިހުގެ ކުލައަކީ ހުދެވެ. މިކުކުޅުގައި ހުންނަ ކުލަތަކަކީ ހުދާއި ކަޅާއި ދެކުލައެކުވެގެން ނުވަތަ ހުސް ހުދުކުލައިގައި ހުންނަ އެއްޗެކެވެ. މީގެ ހުދުކުލައިގެ ކުކުޅަކީ ވަރަށްވެސް ރީތި ކުކުޅެކެވެ. މިއީ ލޯބިން މީހުން ޕެޓްގެ ގޮތުގައި ގެންގުޅޭ އެއްޗެކެވެ. ގެންގުޅޭ މީހުން މިއަށް ޖެހިފައި ހުންނަ ލޯބިވެސް ހަމަ އެހާމެ ބޮޑެވެ.

ގޯލްޑަން ކެމްޕިން

މިއީ ރަންކުލައާއި ރިހިކުލަ ހިމެނިފައި ހުންނަ ބާވަތެއްގެ ކުކުޅެކެވެ. މީގެ ކުކުޅު އަހަރަކު އަޅަނީ 150 އާއި 220 ބިހެވެ. މީގެ އުމުރަކީ 6 އަހަރާއި 8 އަހަރެވެ. މިއީ މަސް އެހާ ގިނަ ނޫން ކާލަން ވަރަށް މީރު ކުކުޅެކެވެ. މިކުކުޅުގެ ބިސް ހުންނަނީ ހުދު ކުލައިގައެވެ. މީގެ އަންހެން އަދި ފިރިހެން ވައްތަރުގައިވެސް ހުންނާނީ ހަމަ އެއްކަހަލަ ފަތްތަކެކެވެ.

ނޭކެޑް ނެކް

މީގެ ބިސް ހުންނާނީ ބޮޑެތިކޮށް އަދި މުށި ކުލައިގައެވެ. މީގެ ކުކުޅު އަހަރަކު 200 އާއި 250 ގެ އަދަދަކަށް ބިސް އަޅައެވެ. ގިނަ މީހުން ދެކޭގޮތުގައި މި ވައްތަރީ ޓާކީއަކާއެވެ. މިކުކުޅުގައި ކަރާ ދިމާލުގައި ފަތްތައް ހުންނަނީ ގޮސްފައެވެ. މީތި ޓާކީއަކާ ވައްތަރު ކަމުގައި މީހުން ފާހަގަކުރަނީ ކަރާއި ދިމާލުގައި ފަތް ނުހުންނާތީއެވެ. 

+1
1
+1
9
+1
2
+1
2
+1
2
+1
1
+1
1

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް