September 20, 2024 15:49
Advertisement

-Advertisement-

ޝަހާ މިދަސްކޮށްދެނީ ވޫލް އިން ތަފާތު ތަކެތި ތައްޔާރުކުރަން!

ސްކޫލުގައި ކިޔަވަމުންވެސް ތަފާތު މަސައްކަތް ދަސްކުރާހިތްވާ ކުދިން އުޅެއެވެ. މިއީ އެފަދަ ކުދިންނަށް ރަނގަޅު ފުރުސަތެކެވެ. އައްޑޫ ސިޓީ އަށް އުފަން ޝަހާނީ އިބްރާހީމް (ޝަހާ) އަކީ ވޫލް އިން ތަފާތު ތަކެތި ތައްޔާރުކުރުމަށް ކުޅަދާނަ ކަނބަލެކެވެ.

ވޫލް ބޭނުންކޮށްގެން ޝަހާ ތައްޔާރުކުރި ހެދުންތަކެއް

މަސައްކަތް ފެށުނު ގޮތް

މި ހުނަރުވެރި މަސައްކަތުގެ ތެރެއަށް ޝަހާ އަށް ވަދެވުނީ ފުރަތަމަ ދަރިފުޅު ލިބިގެން ގޭގައި ހުންނަން ޖެހުނު ހިސާބުންނެވެ.

Advertisement

" ހިތަށްއެރީ ގޭގައި ހުރެގެން ކޮންމެވެސް މަސައްކަތެއް ކުރާނީއޭ. ޔޫޓިއުބް އިން ފެނިގެން ޝައުގުވެރިވީ ވޫލް ބޭނުންކޮށްގެން ތަފާތު އެއްޗެހި ތައްޔާރުކުރަން. އާންމުކޮށް ކުޑަކުދިންގެ ހެދުންސެޓު ވިއްކަނީ 350 އިން 800 ރުފިޔާ އާއި ދެމެދުގެ އަގަކަށް". ޝަހާ ފާހަގަކުރި އެވެ.

ވޫލް ބޭނުންކޮށްގެން ތައްޔާރުކުރާ ތަކެތީގެ ތެރޭގައި ހިމެނޭ ހެދުންސެޓުގައި ބޭންޑް އަދި ބޫޓު ނުވަތަ ފައިވާންވެސް ހިމެނެއެވެ. މިމަސައްކަތަށް ބޭނުންވާ އެއްޗެހި ގެންނަނީ އާންމުކޮށް ރާއްޖެއިން ބޭރުންނެވެ.

ޝަހާގެ މަސައްކަތަށް ބަލާއިރު ވޫލް އިން ތައްޔާރުކުރި ޤައުމީ ހެދުމާއި، ފައްޓަރުބައި ފާހަގަކުރެވެއެވެ. އަދި މާބޮޑިވެސް ވަރަށް ރީއްޗެވެ.

ބޭސިކް ކްރޯޝޭ ކޯސް

ވޫލް ބޭނުންކޮށްގެން މުޅިން އަލަށް މިމަސައްކަތް ދަސްކުރަން ބޭނުންވާ ކުދިންނަށް ޝަހާ ދަސްކޮށްދެނީ އެކުދިން ގެއަށް ގެނެސްގެންނެވެ. ކޯހަށް ބޭނުންވާ ސާމާނު ފޯރުކޮށްދެއެވެ.

" 2 ހަފްތާގެ މުއްދަތަށް މި ކޯސް ހިންގަނީ އުމުރުން 7 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށް. ހެދުނު 9 އިން 10:30 އަށް. ޖުލައި 2 އިން 15 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކޯހުގެ ފީ އަކީ 500 ރުފިޔާ. ރަޖިސްޓްރީ ވުމަށް ފޭސްބުކް Crochet Queen Mv  ޕޭޖަށް މެސެޖު ކުރެވިދާނެ".

ކުޑަކުދިން މި މަސައްކަތް ދަސްކުރުމަށްފަހު އެކުދިންގެ މުދައްރިސުންނަށް ހަދިޔާއަކަށް މަލެއް ތައްޔާރުކޮށްފަ ދެވިދާނެއެވެ. ޝަހާ ބޭނުންވަނީ ވީހާވެސް ގިނަ ކުދިންނަށް އޭނާގެ ހުނަރުވެރި މަސައްކަތް ދަސްކޮށްދިނުމަށެވެ.

ނިންމުން

ޝަހާގެ އުންމީދަކީ މިމަސައްކަތް އިތުރަށް ފުޅާކުރުމެވެ. މިގޮތުން ކުރިއަށްއޮތްތާގައި ކޯސް ހިންގުމަށް ޚާއްސަ ކުލާހެއް ކުރިއަށް ގެންދިއުމަކީވެސް ދެކޭ ހުވަފެނެކެވެ.

އޭނާގެ މަސައްކަތް ފެނިގެން މީހުންގެ ފަރާތުން ލިބޭ ހިތްހަމަޖެހޭ މެސެޖުތައް ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ. މިމަސައްކަތުގައި ޝަހާ އަށް އެންމެބޮޑު އެހީތެރިކަމެއް ވެދެނީ ފިރިމީހާ އެވެ.

+1
0
+1
7
+1
7
+1
0
+1
1
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް