ކަރާ އަކީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ލިބޭ އެއްޗެކެވެ. ކަރަލުން ލިބޭ ފައިދާ ވަރަށް ގިނައެވެ. ކަރާ އަކީ ވަރަށް ފަސޭހައިން ލިބެން ހުންނަ އެހާ އަގުބޮޑު ނޫން މޭވާއެކެވެ. ކަރާގެ އޮށުން ލިބޭ ފައިދާވެސް އެހާމެ ބޮޑެވެ. ކަރާއޮށް ބައެއް މީހުން ބޭނުންކުރަނީ މީރުވެގެންނެވެ. އޭގެ ފައިދާ މާބޮޑަށް އެނގިގެން ނޫންނަމަވެސް އެ ބޭނުންކުރެއެވެ. ކަރާއޮށުން ލިބިދޭ ފައިދާގެ ޖާދުވީކަމެއް ހުރެއެވެ. އެއީ އެހާމެ ނިއުޓްރިޝަންގެ މާއްދާ ލިބިދޭ އެއްޗެކެވެ. މީގެ އޮށް ހަނާކޮށްގެންނާއި ސެލެޑަށް އަޅައިގެންނާއި އަދި ސްމޫތީ ހަދާއިރުވެސް ބޭނުންކުރެއެވެ. ކަރާއޮށުން ލިބޭ ބައެއް ފައިދާތައް ތިރީގައި މިވަނީއެވެ.
ލޯ ކެލޮރީސް
މިއީ ވަރަށް ކެލޮރީސް މަދު އަދި ހިކެން ބޭނުވާ މީހުން ކެއުމުގައި ހިމަނަން ވަރަށް މުހިއްމު ކާނާއެކެވެ. ކަރާއޮށް ބޭނުންކޮށްގެން ސްމޫތީ ތައްޔާރުކޮށް ހަކުރުގެ އެއްވެސް ބާވަތެއް ނާޅައި މިބުއިން ބޭނުންކޮށްލުމުން ގިނައިރު ބަޑުހައިނުވެ ހުރެއެވެ. މީގެ 4 ގްރާމުގައި ހުންނަނީ 23 ކެލޮރީސްއެވެ. އެއީ ނިސްބަތުން ބަލާއިރު ވަރަށް މަދު އަދަދެކެވެ.
މެގްނީސިއަމްގެ މާއްދާ އެކުލެވިގެންވުން
މިއީ މެގްނީސިއަމްގެ މާއްދާ ވަރަށް ބޮޑަށް އެކުލެވިގެންވާ ހަމައެހެންމެ ހަށިގަނޑަށް ބޭނުންވާ މާއްދާއެކެވެ. ހަށިގަނޑަށް ދުވާލެއްގެ މައްޗަށް 420 ގްރާމްގެ މެގްނީސިއަމް ބޭނުންވެއެވެ. މެގްނީސިއަމް މުހިއްމު ވަނީ ނާރުތަކާއި މަސްތައް ރަނގަޅަށް މަސައްކަތްކުރުމަށް އެހީތެރިވެދޭތީއެވެ.
ދަގަނޑުގެ ބާވަތް އެކުލެވިގެންވުން
މިއީވެސް ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާއެކެވެ. ދަގަނޑުގެ ސަބަބުން ހިމަގްލޮބިން އެއްވަރެއްގައި ހުރުމަށް އެހީތެރިވެދެއެވެ. ދަގަނޑުގެބައި ލިބިދޭ މިންވަރަކަށް ހަށިގަނޑުގައި ހަކަތަ އިތުރުވެއެވެ.
ހަމުގެ މައްސަލަތަކަށް ހައްލު ލިބިގެންދޭ
ކަރާއޮށުގައި ވިޓަމިންސީގެ މާއްދާ ވަރަށް ބޮޑަށް އެކުލެވިގެންވެއެވެ. މީގެ ސަބަބުން ހަންގަނޑުގައި ހުންނަ ވިހަ މާއްދާތައް ސާފުކޮށްލައެވެ. ކަރާއޮށުން ތައްޔާރުކުރާ ތެޔޮ ވަރަށްގިނަ ކޮސްމެޓިކްސްގެ ބާވަތްތަކުގައި ބޭނުންކުރެއެވެ. އެއީ އޮށާޅަ ނެގުމާއި އުމުރުން ދުވަސްވާކަން ދަށްކޮށްދިނުމަށް އެހީތެރިވެދިނުމަށެވެ. ހަމުގެ ވަރަށް ގިނަ ކަންކަމަށް އެހީތެރިވެދޭ ކަރާއޮށް އާއްމުކޮށް ބޭނުންކުރާނަމަ ހަންގަނޑު ރީތިވެ ތާޒާވެގެންދެއެވެ. މީގެ ސަބަބުން ހަންގަނޑު ހިކި ކުރަކިވުމުންވެސް ސަލާމަތްވެގެންދެއެވެ.
ފިރިހެނުންގެ 'ފާޓިލިޓީ ރޭޓް' ރަނގަޅުވޭ
ޒިންކްގެ ސަބަބުން ސްޕާމްގެ ކޮލިޓީ ރޭޓް މަތިވެގެންދެއެވެ. އާއްމުކޮށް ކަރާއޮށް ބޭނުންކުރާނަމަ މިކަމަށް ކޮންމެވެސް ވަރަކަށް ހައްލު ލިބިގެންދެއެވެ.
އިސްތަށިގަނޑު ވަރުގަދަކޮށްދީ އިސްތަށިގަނޑަށް ފައިދާ ކުރަނިވި ބާވަތެއް
ކަރާއޮށުގައި ދަގަނޑާއި މެގްނީސިއަމް އަދި ޒިންކްގެ ބާވަތްތައް އެކުލެވިގެންވާއިރު މިހުރިހާ މާއްދާއެއް އެކުވުމުން އިސްތަށިތަކުގެ ބުޑު ރަނގަޅުވެއެވެ. އެއިރުން އިސްތަށިގަނޑު ވަރުގަދަވެ އިސްތަށި ފޭބުން ކޮންޓްރޯލްވެގެންދެއެވެ. މިއީ ހަމަގައިމުވެސް އިސްތަށިފައިބާ މީހުންނަށް އޮތް ރަނގަޅު ހައްލަކަށް ވެގެންދާނެއެވެ.
ނޭވާހިއްލާބަލި ހުންނަ މީހުންނަށް ލުއިލިބުމަށް އެހީތެރިވެދޭ
ވިޓަމިންސީގެ މާއްދާ އެކުލެވިގެންވާ މިބާވަތުގެ ސަބަބުން ނޭވާހިއްލާ މީހުންނަށް ލުއިލިބުމަށް އެހީތެރިވެދެއެވެ. ވިޓަމިންސީ އަކީ ރޯގާޖެހުމާއި ނޭވާހިއްލާ މީހުންނަށް ބޭނުންވާ ވަރަށް މުހިއްމު މާއްދާއެކެވެ. ވިޓަމިންސީ ކެޕްސޫލު ބޭނުންކުރުމަށްވުރެ ގުދުރަތީގޮތުން ލިބިދޭ ވިޓަމިންސީ މާރަނގަޅުވެފައި ރައްކާތެރިއެވެ. ނޭވާހިއްލާ މީހުން ކަރާއޮށް ބޭނުންކުރުން މުހިއްމެވެ. އޭރުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެއެވެ.
މައުލޫމާތު: ޓައިމްސް އޮފް އިންޑިއާ