November 25, 2024 01:56
Advertisement

-Advertisement-

މައުލޫމާތު: ކެޔޮޅުރޮއްވިމަސް އެނގެނީ ކޮންބަޔަކަށް؟

ކެޔޮޅުރޮއްވިމަހަކީ އާންމުގޮތެއްގައި 25 ސެންޓިމީޓަރަށް ބޮޑުވާ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށި އަދި ބަނޑުދަށްފަރާތުގެ ކޮތަރިބައިގައި 8 ހަރުކަށި އަދި 3 މަޑުކަށި ހުންނަ 1 މީޓަރާއި 120 މީޓަރާ ދެމެދު ފުންމިނުގައި ދިރިއުޅޭ ރަތްމަސް އާއިލާއަށް ނިސްބަތްވާ މަހެކެވެ.

ކުދިކުދި ދަތްތަކެއް ހުންނަ މިމަސް ކައިއުޅޭނީ ފަރުމަތީގައި އުޅޭ ކުދިމަސްމަހާއި ކަކުނި ބާވަތުގެ އެއްޗެއްސެވެ. މިމަހުގެ ކުލައަކީ ނޫ އަދި އަޅިކުލައެވެ. ނަމަވެސް ފެންނަން ހުންނަނީ ވައިލެޓްކުލައާއި ގާތްކުރާ ކުލައެއްގައެވެ. މިމަސް ދިރިއުޅެނީ ފަރުތަކާއި ފަޅުތަކުގައެވެ.

މިއީ އަނގައިގެ ތިރީބައި މަތީބައަށްވުރެން ދިގުކޮށް ހުންނަ މަހެކެވެ. މިމަހާއި ގުޅޭގޮތުން ލިޔެފައިވާ ބައެއް ލިޔުންތަކުގައި މިމަހަކީ ކެއުމުގައި ބޭނުންކުރުމަށް އެހާރަނގަޅު މަހެއް ނޫންކަމުގައި ފާހަގަކޮށްފައިވެއެވެ. ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ވިހަމާއްދާއެއް އެކުލެވިފައިވުމެވެ. އެ ވިހަ މާއްދާގެ އަސަރު އެންމެންގެ ހަށިގަނޑަށް ވަގުތުން ވަގުތަށް ނުކޮށްފާނެކަމަށް ވެއެވެ. އެހެންނަމަވެސް މަސް ކެއުމަށްފަހު އެލާޖިކްގެ އަސަރެއް ހުރިނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް ލަފާދީފައިވެއެވެ. 

Advertisement

 

މަސްދަރު:ފިޝްބޭސް/ރީފްލެކްސް

+1
0
+1
2
+1
8
+1
1
+1
2
+1
1
+1
1

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. ކޮންތާކު. ތިޔަށް އެއްބަޔަކު ކިޔަނީ “އާލަ” އަނެއްބަޔަކު ކިޔަނި “ފަށުވިކަރު މަސް” އަހަރެމެން ދިވެހިން އާންމުކޮށް ކައި އުޅޭ މަހެއް..

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް