November 23, 2024 05:02
Advertisement

-Advertisement-

ބަރުދަން އިތުރުކުރުމަށްޓަކައި ކާންވީ ތަކެތި އަދި ކުރެވިދާނެ ކަންކަން

ގިނަފަހަރަށް އަޑުއިވެނީ ހިކެން ބޭނުންވާ ވާހަކައެވެ. ހިކެން އުދަގޫވާ ވާހަކައެވެ. ކަސްރަތު ކުރަން ގޮސްގެންވެސް ނުހިކިގެން އެކަމާމެދު ޝަކުވާ އުފުލާ މީހުންގެ ވާހަކައެވެ. އެމީހާ އެބޭނުންވާ މިންވަރަށް ހިކެވުމުން އެހާސިލުކުރެވުނީ ވަރަށް މުހިންމު ލަނޑުދަޑިއެކެވެ. މިގޮތަށް ފަލަވާން ބޭނުންވާ ބަޔަކުވެސް އުޅެއެވެ.

ކޮންމެވެސް ސަބަބަކާހެދި މާބޮޑަށް ހަށިގަނޑުގެ ބަރުދަން ލުއިވެފައި ތިބޭ މީހުން ހަށިގަނޑުގެ ރޫފަ ރަނގަޅުކޮށްލާނެ ގޮތެއްވެސް ބޭނުންވެއެވެ. މިގޮތަށް ހަށިގަނޑު ހިކިކޮށް ނުވަތަ ބަރުދަން ލުއިކޮށް ތިބެނީ އުފެދުމުގައި ނުވަތަ ޖެނެޓިކްގެ ސަބަބުންނެވެ. އަނެއްބަޔަކު މިގޮތަށް ހިކެނީ ބައްޔެއްގެ ސަބަބުން ނޫނީ ބައްޔަކުން އަރައިގަތުމަށްފަހުއެވެ. ނުވަތަ ހަޔާތުގައި ދިމާވެފައިވާ ވަރަށް ބޮޑު ސްޓްރެސްއެއް ނުވަތަ ހިތާމައެއް ނޫނީ މެންޓަލް ޑިސްއޯޑަރއެއްގެ ސަބަބުންނެވެ. މިކަހަލަ އެކި ސަބަބުތަކާއެކު މިހެން ދިމާވެފައިވާ މީހުންނަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލާލާނަމެވެ.

ބަރުދަން އިތުރުކުރުމަށްޓަކައި ޖިމަށްގޮސް ވެއިޓް އުފުލުމާއި 'މަސްލްސް ގެއިން' ކުރުމަށް ކުރަންޖެހޭ ބައެއް ކަސްރަތުތައް ކުރުން މުހިންމެވެ. މީގެ އިތުރުން ކެއުމުގައި ކާބޯހައިޑްރޭޓްސް އިތުރުކުރުމަށް ސަމާލުކަންދޭން ވާނެއެވެ. ކާބޯހައިޑްރޭޓްސް އިތުރުވާވަރަކަށް މީހާގެ ހަށިގަނޑުގައި ހަކަތަ އިތުރުވެގެންދެއެވެ.

Advertisement

ކާބޯހައިޑްރޭޓްސް ހިމެނޭ ކާނާގެތެރޭގައި:


ބަތް:
ބަތުގައި ކާބޯހައިޑްރޭޓްސްގެ މާއްދާ ވަރަށް ބޮޑަށް އެކުލެވިގެންވެއެވެ. ބަތާއެކު ކާ މަސް ނުވަތަ ތަރުކާރީގައި އިތުރު ޕްރޮޓީންސް ހިމެނެއެވެ. މިހުރިހާ އެއްޗެއް އެކުވުމުން ހަށިގަނޑުގައި ހަކަތަ އިތުރުވެގެންދެއެވެ. ބަތަކީ ކާބޯހައިޑްރޭޓްސް އެހާ މަތީ ކާނާއަކަށް ވުމުން ގިނައިރު ބަނޑުހައިނުވެ ހަށިގަނޑުގައި ހަކަތަ އިތުރުކޮށްދެއެވެ. ބަތުގެ ތެރެއިންވެސް ބްރައުން ރައިސް އިން ލިބޭ ފައިދާ ބޮޑުވެފައި ކާބޯ ހައިޑްރޭޓްސްގެ މާއްދާ ގިނަކަމަށް ވެއެވެ.

ހޯލް ގްރެއިން ބްރެޑް
މިއީވެސް ކާބޯހައިޑްރޭޓްސްގެ މާއްދާ ވަރަށް ބޮޑަށް އެކުލެވިގެންވާ އަދި ހުދު ޕާނަށްވުރެ ޕްރޮޓީންގެ މާއްދާވެސް ގިނަ ކާނާއެކެވެ. މީގެ ޕާނާއެކު ބަޓަރާއި ޕީނަޓް ބަޓަރު ބޭނުންކޮށްގެން ކާނަމަ ޕްރޮޓީންސްގެ މާއްދާ ލިބެން ފަށައެވެ. އޭގެތެރޭގައި އެވަކާޑޯ ވެސް ހިމެނެއެވެ.

ހޯލް ގްރެއިން ސީރިއަލް
މިބާވަތުގެ ތެރޭގައި އޯޓްސް، ވީޓް، ބާރްލީ އަދި ބަތް ހިމެނެއެވެ. މިއާއެކު މޭވާ ކޮށުމަށްފަހު ކިރާއެކު ނުވަތަ ޔޯގަޓާއިއެކު ބޭނުންކުރެއެވެ. ހަށިގަނޑަށް ބޭނުންވާ ހުރިހާ މާއްދާއެއް ލިބި ހަށިގަނޑުގައި ހަކަތަ ހުންނަން ފަށައެވެ.

ފަލަމަޑީގެ ބާވަތްތައް ކެއުން ގިނަކުރުން
އަލުވި، ކައްޓަލަ އަދި އަލަ ކަހަލަ އެއްޗެހި ކެއުމުގައި ހިމެނުން މުހިއްމެވެ. މިއީ ކާބޯހައިޑްރޭޓްސް ވަރަށް ބޮޑަށް އެކުލެވިގެންވާ ބާވަތްތަކެކެވެ.

އަވަސް އަވަހަށް ކެއުން
އާދައިގެ ގޮތެއްގައި މީހަކު ކައިއުޅެނީ ދުވާލަކު 3 ފަހަރުއެވެ. އެހެންނަމަވެސް ކުދި ކުދި މީލްސްގެ ގޮތުގައި 5 ނުވަތަ 6 މީލްސް ކާން އާދަކުރާށެވެ. މިގޮތަށް ގަޑިތަކަކަށް ބަހާލައިގެން ކާން އާދަކުރާށެވެ. މިގޮތަށް ކާއިރު ބަނޑުހައިވެފައި ހުރިތޯ ބަލާނެ ކަމެއްނެތެވެ. ބަނޑުހައިވެފައި ނެތް ކަމުގައިވިޔަސް އެގޮތަށް އާދަކުރާށެވެ.

ނިއުޓްރިޝަންސް ހުންނަ މާއްދާ އިތުރުކުރުން
ކެއުމުގައި ބޭނުންކުރާ އެހެން ކާނާގެ ތެރެއަށް ބަޓަރ އާއި ޗީޒް ބޭނުންކުރާށެވެ. މިއީ ވަރަށް ގިނަ ކެލޮރީސް ލިއްބައިދޭ ކާނާއެވެ. ކިރާއި ދޮންކޭލަކީވެސް ވަރަށް މުހިއްމު މާއްދާއެކެވެ. ޕްރޮޓީންސް އާއި ނިއުޓްރިޝަންގެ ސަބަބުން ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ފަސޭހަވެގެންދެއެވެ.

+1
0
+1
0
+1
5
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް