November 24, 2024 12:48
Advertisement

-Advertisement-

މައުލޫމާތު: ކޮތަރަށް ރަނގަޅު ފެންވަރުގެ ކުރެހުންތައް ދެނެގަނެވޭކަން އެނގޭތަ؟

ރަނގަޅު ފެންވަރުގެ ކުރެހުންތައް އަހަރެމެންނަށް އެނގޭފަދައިން ކޮތަރަށް އެފަދަ ކުރެހުންތައް ދެނެގަނެވޭކަން ޖަޕާނުގެ ކިއޯ ޔުނިވާސިޓީގެ ޕްރޮފެސަރަކާއި އޭނާގެ ޓީމުން ކުރި ދިރާސާއަކުން ހާމަވެފައިވެއެވެ.

ކޮތަރުގެ ފޮޓޯ: ކޮލެޖް އޮފް އެގްރިކަލްޗަރ

ކުރެހުމުގައި ބޭނުންކޮށްފައިވާ ކުލައާއި ޕެޓާންތަކާއި އަކުރުތައް މޮނިޓަރކޮށް ދެނެގަންނަން ކޮތަރުތަކެއް ތަމްރީނުކޮށްފައިވެއެވެ. އަދި ވަކިތަނެއްގައި ތަމްރީނުކޮށްފައިވާ ކޮތަރުތަކާއި ތަމްރީނު ނުކުރާ ކޮތަރުތައް ބޭތިއްބުމަށްފަހު ކޮމްޕިއުޓަރުން އެކިކުދިން ކުރަހާފައިވާ ކުރެހުންތައް ދެއްކުމަށްފަހު ފެންވަރު ރަނގަޅު ކުރެހުންތައް ދެނެގަންނަ ކޮތަރުތަކަށް ކާއެއްޗެހި އިނާމުގެ ގޮތުގައި ދީ ފެންވަރުދަށް ކުރެހުންތައް ފާހަގަކުރާ ކޮތަރުތަކަށް ކާއެއްޗެހި ނުދޭގޮތަށް ކުރިއަށްގެންދެވުނު ދިރާސާއެކެވެ.

އިންސާނުންނާ އެއްހަމައަކަށް މިކަން ދެނެގަންނަން ނޭނގުނު ކަމުގައިވިޔަސް މި ދިރާސާއިން ތަމްރީނުކޮށްފައިވާ ކޮތަރުގެ ވިސްނުންތޫނުކަން ހާމަވެފައިވެއެވެ.

Advertisement

ކޮތަރާއި ގުޅޭގޮތުން ފާހަގަވާ އިތުރުކަންތައްތައް:

  • އިންސާނުން އެންމެ ފުރަތަމަ ގޭގައި ގެންގުޅުނު ދޫންޏަކީ ކޮތަރުކަމަށް ބައެއް މީހުން ބުނެއެވެ.
  • ހަނގުރާމަތަކުގައިވެސް ކޮތަރު ބޭނުންކޮށްފައިވެއެވެ. 20 ވަނަ ގަރުނުގައި ކޮތަރު ބޭނުންކޮށްފައިވަނީ ދުޝްމަނުންގެ ސަރަހައްދު ހުރަސްކޮށް މެސެޖު ފޯރުކޮށްދިނުމަށް ބޭނުންކުރާ ދޫންޏެއްގެ ގޮތުގައެވެ. 'ޖީއައި ޖޮއެ' ނަމުން ނަންދީފައިވާ ކޮތަރެއް ވަނީ ބޮމެއް ގޮވުމުގެ ކުރިން އެކަމުން މީހުން ސަލާމަތްކޮށްދީފައިކަމަށް ބުނެވެއެވެ. އަދި ޔޫއެސް މިލިޓަރީގައި ވެސް މެސެޖު ފޯރުކޮށްދިނުމަށް ކޮތަރު ބޭނުންކޮށްފައިވާ ކަމަށް ލިޔުންތަކުގައި ވެއެވެ.
  • ކަނޑުގައި ގެއްލިފައިވާ މީހުން ސަލާމަތްކުރުމަށްވެސް ތަމްރީންކޮށްފައިވާ ކޮތަރުތަކުން އެހީތެރިވެދެއެވެ. މިގޮތުން ކަނޑުމަތީގައި އެބަޔަކު ތިބި ސަރަހައްދު، ސަލާމަތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކަށް އަންގައެވެ. ކޮތަރަކީ ވަރަށް ރަނގަޅަށް ފެނުމުގެ ނަސީބު ލިބިފައިވާ ދޫންޏެކެވެ. ފެނުން ބޮޑުވުމުން، ފެނުގައި މީހުން ތިބޭއިރުވެސް ކޮތަރަށް ފެންނަނީއެވެ.
  • ކޮތަރަކީ ދަތުރުފަތުރުގެ މާހިރުންނެވެ. ހައިރާންކުރުވަނިވި ގޮތަކަށް ދިރިއުޅޭ ސަރަހައްދު ހޯދައެވެ. 1300 މޭލު ދުރުމިނުން ކަމުގައިވިޔަސް ހޯދައެވެ.
  • އާދަޔާޚިލާފަށް ބާރަށް އުދުހޭ ކޮތަރުތަކަކީ މޫސުމާބެހޭ ރިޕޯޓަރުންނަށްވެސް ވެދާނެއެވެ. އިންސާނުންނަށް އަޑުނީވޭ ފްރިކުއެންސީތައް ކޮތަރަށް އަޑު އިވެއެވެ. މޫސުމާބެހޭ މާހިރުންނަށް ހޯދިފައިނުވާ އަލިފާންގަނޑު ގޮވުމާއި އަދި އަންނަ ތޫފާން ފަދަ ކަންތައްތައް ކޮތަރަށް އިހުސާސް ކުރެވޭކަމަށް ވެއެވެ.

 

މަސްދަރު: ޔޫޕީއައި/ އެކްސެލްޕެސްޓް ސަރވިސަސް

+1
2
+1
2
+1
10
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް