November 22, 2024 17:26
Advertisement

-Advertisement-

ކުޑަކުދިންގެ ހާދިސާ: ބިލިމަގު ސޯސް އާއި ޒުހާ އަދި ޒުބާ

ޒުހާ އާއި ޒުބާ އަކީ އެއްމާބަނޑު ދެބެންނެވެ. އެދެކުދިންގެ މަންމައަކީ ސ. މަރަދޫމީހެކެވެ.

އެއްފަހަރަކު ބޮޑު ޗުއްޓީގައި ޒުހާއާއި ޒުބާ ދެކުދިންގެ މަންމައާއިއެކު މަރަދުއަށް ދިޔައެވެ.

އެކުދިންގެ މާމަމެންގޭގައި ބޮޑުސިންގާ 3 ބިލިމަގު ގަސް ހުރެއެވެ.

Advertisement

ބިލިމަގު އަޅާ ގަސްތައް އޮންނަނީ ބަރާވެފައެވެ.

ގަސްދޮށަށްވެސް ބައިވަރު ބިލިމަގުތައް ފައިބާފައި ހުރެއެވެ.

އެއްދުވަހަކު ހެނދުނު އެކުދިން ކުޅެން ބިލިމަގު ގަސްދޮށަށް ވަދެ ބިލިމަގު ބިންނަން ފެށިތަނާ އެތަނުން ބިލިމަގެއް ވަރަށް ދެރަވެފައި އެކުދިންނަށް ބުންޏެވެ.

ބިލިމަގު: ކޮއްކޮމެންނޭ ބިލިމަގު ބޭނުން ނުކުރަންޏާ ބިންނަނީ ކީއްކުރަންތަ؟

ޒުބާކޮއްކޮ: އަހަރަމެން ކުޅެން ވެގެން

ބިލަމަގު: ކޮއްކޮމެންނޭ އަހަރެމެންނަކީ ކުޅޭކުޅޭ އެއްޗެއް ނޫނޭ އަހަރެމެން ވަރަށް ދެރަވޭ ގަސްދޮށަށް ފައިބާ ގަސްދޮށުގަ ޗަސްވޭވެ ތިބެން ޖެހޭތީވެސް. ބިލިމަގަކީ ވެސް ހަށިގަނޑަށް ފައިދާހުރި ވަރަށް ގިނަ ބާވަތްތައް ތައްޔާރު ކުރާ މޭވާއެކޭ.

ޒުހާކޮއްކޮ: އެހެންތަ ކޮއްކޮމެންވެސް ކަމޭ ބިލިމަގު އަސާރަ

ބިލިމަގު: އެހެންތަ؟ ބިލިމަގުޖޫސް ވެސް ހަދާނެ ބިލިމަގު ސަމްބޯލް އަދި ރިހަ، ބިލިމަގު ޕޭސްޓް، ބިލިމަގު ސޯސް، ވެސް ހަދާނެ އެންމެ މީރުވާނީ ބިލިމަގު ސޯސް.

ޒުބާކޮއްކޮ: އެހެންވިއްޔާ ކޮއްކޮމެންގެ މަންމަ ކައިރީގައި ބުނެގެން ޖެހޭނެ ބިލިމަގު ސޯސް ހައްދަންދޯ ޒުހާ ކޮއްކޮ. ކޮއްކޮމެންގެ މަންމަ ވަރަށް ގިނަ ބާވަތްތަކުން އެކްސްޕެރިމެންޓް ހަދާނެ

ބިލިމަގު: އެހެންދޯ މަންމަ ކައިރީގައި ބުނޭ ޓޮމާޓޯ ސޯސް ހުންނަ ގޮތަށް ބިލިމަގު ސޯސް ތައްޔާރުކޮށް ފުޅިފުޅީގައި ބަންދުކުރާށޭ

ބޭރު ގައުމުތަކަށް އެކްސްޕޯރޓް ވެސް ކުރެވޭނެޔޭ.

ބިލިމަގުތައްވެސް ވަރަށް އުފާވާނެ އެއިރުން ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުވެސް ކޮށްލެވޭނެތާ!

އެއިރުން ގަސްދޮށުގައި ޗަސްވޭވެ ތިބޭކަށްވެސް ނުޖެހޭނެތާ!

ބިލިމަގު އެހެން ބުނުމުން ކޮއްކޮމެން އާނއެކޭ ބުނެފައި ބޮޑު ދެކޮތަޅު ގެނެސް ބިލިމަގުތައް ބިނދެގެންގޮސް އެކުދިންގެ މަންމަ އަތަށް ދީފައި ބިލިމަގު ދެއްކި ވާހަކަ މަންމަ ގާތު ކިޔާދީފިއެވެ.

އެކުދިންގެ މަންމަ ޖުވޭރިޔާ އަކީ އެކަހަލަ ބާވަތްތަކުން އެކްސްޕެރިމެންޓް ހަދާހިތްވާ މީހަކަށްވާތީ އެދުވަހު ބިލިމަގުން ސޯސް ތައްޔާރު ކުރިއެވެ.

ދެތިން ފަހަރު ދެތިން ގޮތަކަށް ސޯސް ތައްޔާރުކޮށް ވަރަށް ފެންވަރު ރަނގަޅު މީރު ސޯސްއެއް ތައްޔާރު ކުރެވުނެވެ.

ފުޅިފުޅީގައި ބަންދުކޮށް އެކި މާރޓްތަކަށް ވިއްކަންލިއެވެ.

އޭގެފަހުން ބިލިމަގު ގިނަވެގެން އުކާލާކަށް ނުޖެހެއެވެ.

+1
0
+1
1
+1
2
+1
2
+1
1
+1
2
+1
0

Advertisement

ގުޅުންހުރި ލިޔުންތައް