October 6, 2024 13:25
Advertisement

-Advertisement-

އެންމެބޮޑެތި ފަތްތައް ހުންނަ ގަހަކީ ކޮބައިކަން އެނގޭތަ؟

ކޮކޮލޯބާ ޖިގަންޓިފޯލިއާ ގަހަކީ މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ 3 މީޓަރު ދިގު 2 މީޓަރު ފުޅާ ބޮޑެތިފަތް ހުންނަ ދުނިޔެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރުއޮތް ގަހެއް ކަމުގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަރ އިން އިންޒާރުދީފައިވާ ބާވަތެއްގެ ގަހެކެވެ. ފަތްތަކުގެ މަތީބައި އޮމާންކޮށް ހުންނަ ގަދަފެހިކުލަ އަދި ތިރީގައި މަޑުފެހިކުލައެއް ހުންނަ މިގަހުގައި ހުދުކުލައާއި ގާތްކުރާ ފެހިކުލައެެއްް ހިމެނޭގޮޮތަަށްް 30 ސެންޓިމީޓަރުގެ މާކޯންޏެއް އަޅައެވެ. އަދި އެމާތަކުން ދަނބުކުލައިގެ މޭވާއެއް އަޅައެވެ. މިމޭވާއަކީ ހުތްފޮނިރަހައެއްލާ އާންމުކޮށް ކެއުމުގައި ބޭނުންކޮށްއުޅޭ ބާވަތުގެ މޭވާއެއް ނޫނެވެ. ޕޮލިގޮނެސީ އާއިލާއަށް ނިސްބަތްވާ މިބާވަތުގެ ގަސް އެންމެ ގިނައިން ހުންނަނީ ދެކުނުއެމެރިކާގެ ފަރުބަދަމަތީ ޖަންގަލިތަކުގައެވެ.

'ޖަޔަންޓް ލީވްޑް ސީގްރޭޕް'ގެ ނަމުން މަޝްހޫރުވެފައިވާ މިގަހަކީ ބަލާލަންވެސް ޝައުގުވެރިވާފަދަގޮތަކަށް ހޫނާއި ފިނީގައިވެސް ހެދޭ ގަހެކެވެ. ގާތްގަނޑަކަށް 49 ފޫޓުގެ އުސްމިނަށް ހެދޭ މިގަހުގެ ފަތްތައް ކުޑަކޮށް ރާޅުކޮށް ހުންނާތީ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. މިގަސް އާންމުކޮށް ހުންނަނީ މެދުތެރޭ އަދި ދެކުނުއެމެރިކާ، ކޮލަމްބިއާ، ޕެރޫ، އަދި ބްރެޒިލްގެ އެމެޒޯން ފަދަ ޖަންގަލިތަކުގެ ސަރަހައްދުތަކުގައެވެ. މިގަހުގެ ބޭނުން އެކިގޮތްގޮތަށް ކުރެއެވެ. އަދި މިގަހަކީ ކުރީޒަމާނުގައި ހަކީމީ ބޭސްވެރިކަމުގައި ބޭނުންކުރި ބާވަތެއްގެ ގަހެކެވެ. އެގޮތުން ބޭރަށް ހިންގުމާއި، ހުންއައުމާއި، ނޭވާލުމުގެ ނިޒާމުގެ ބަލިތަކަށާއި ހަންގަނޑުގެ ފަރުވާއަށް މިގަހުގެ ބޭނުންކުރި ކަމަށްވެއެވެ.

ކޮސްޓަރިކާއިން ފެނުނު ފަތެއްގެ ދިގުމިނުގައި 3.07 މީޓަރު ހުރި މިވައްތަރުގެ ގަހެއް ވަނީ 2007 ވަނަ އަހަރު 'ގިނީސް ވޯލްޑް' ރެކޯޑަށް އަރާފައެވެ. މިވައްތަރުގެ ގަސް ނެތިގެން ހިގައިދާނެކަމުގެ ބިރު އޮތުމުން މިގަހުގެ ނަސްލު ދެމެހެއްޓުމަށް އައި.ޔޫ.ސީ.އެން ފަދަ ތިމާވެށި ރައްކާތެރި ކުރުމަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Advertisement

 

މަސްދަރު: ޗެރިސްމެޓިކްޕްލެނެޓް

+1
1
+1
1
+1
7
+1
0
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް