ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާގެ 2 ވަނަ ޓަވަރު (އޮރެންޖް ކުލަ) ގެ ގްރައުންޑް ފްލޯރ ގައި ހުންނަ މިޒާ އިންސްޓިޓިއުޓަކީ އެހެނިހެން ޓިއުޝަން ސެންޓަރ ތަކާއި އަޅާބަލާއިރު ވަރަށް ޑިމާންޑް ބޮޑު ތަނެކެވެ. ގްރޭޑް 1 އިން 12 އަށް ޓިއުޝަން ދޭ މި ސެންޓަރުގެ އެންމެ ބޮޑު ތަފާތަކީ ކިޔަވައިދެއްވާ ތަޖުރިބާކާރު ނަތީޖާނެރެދެއްވާ ޓީޗަރުންނެވެ.
މިޒާ އިންސްޓިޓިއުޓަށް ޓިއުޝަނަށް ދިއުމަށް ގޫގަލް ފޯމް ފުރާލައިގެން ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލީ މި އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގައެވެ. މިޒާ އިންސްޓިޓިއުޓުން ޓިއުޝަން ނަގަން ބޭނުންނަމަ މި ފޯމް ފުރާލެވިދާނެއެވެ. މިދިޔަ އަހަރު މި ސެންޓަރުން ޓިއުޝަން ނެގި 150 ކުދިން މިއަހަރު ވެސް ވަނީ އަލުން ޓިއުޝަން ނެގުމަށް އެދި ފޯމު ފުރާފައެވެ.
"ދަރިވަރުންނާއި ބެލެނިވެރިން ބޭނުންވާ މިންވަރަށް އެކަށީގެންވާ ތަޢުލީމެއް ފޯރުކޮށްދެވޭތީ އަލުން އެކުދިން ޓިއުޝަނަށް އަންނަން ބޭނުންވަނީ. އަޅުގަނޑުމެންގެ އަމާޒަކީ ފެންވަރު ރަނގަޅު ޓީޗަރުންނާއެކު ދަރިވަރުންނަށް ބޭނުންވާ ރަނގަޅު ތަޢުލީމު އެކަށީގެންވާ އަގެއްގައި ފޯރުކޮށްދިނުން. ޓެސްޓް ކައިރިވުމުން އެހީތެރިކަން ބޮޑަށް ބޭނުންވާ ދަރިވަރުންނަށް ހިލޭ އިތުރުގަޑި ނަގައިދީގެން ވެސް ފިލާވަޅު ކިޔައިދެން". މިޒާ އިންސްޓިޓިއުޓްގެ މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
އޯލެވެލް އަދި އޭލެވެލް އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުމަށް ޚާއްސަ ކުލާސްތަކެއް ނަގައިދޭއިރު މިޒާ އިންސްޓިޓިއުޓް ގައި ކިޔަވައިދެނީ ސްކޫލުތަކުގައި ގިނަ އަހަރުތަކެއް ވަންދެން ކިޔަވައިދީފައިވާ ތަޖުރިބާކާރު މޮޅު ޓީޗަރުންނެވެ. ޗުއްޓީ އަށްފަހު އޭލެވެލްގެ ޓިއުޝަން ފަށައިފައިވާއިރު އަގުވެސް ހެވެވެ. ކުރީ އަހަރާއި ތަފާތުކޮށް ޤުރުއާން މުގައްރަރުވެސް މިއަހަރު ދަރިވަރުންނަށް ކިޔައިދިނުމަށް ވަނީ ހަމަޖެހިފައެވެ. ދިރާސީ އައު އަހަރުގެ ކިޔެވުމާއެކު ގްރޭޑް 1 އިން 10 ގެ ކުލާސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޖުމްލަ 6 ކުލާސް ހުންނައިރު ކުލާސްތަކުގައި ސީސީޓީވީ ކެމެރާ އާއި ސްމާޓް ޓީވީ އަދި އޭސީ ހުރެއެވެ.
މިޒާ އިންސްޓިޓިއުޓުން ޓިއުޝަން ނަގާ ދަރިވަރެއް:
ސީއެޗްއެސްއީ ގްރޭޑް 11 ގައި ކިޔަވަމުން އަންނަ ފާތިމަތު ނައުރާ ރަޝީދު ވަނީ މިޒާ އިންސްޓިޓިއުޓް ގައި ކުރިއަށްގެންދާ ޓިއުޝަން ކުލާސްތަކާއި ގުޅޭގޮތުން އޭނާގެ ތަޖުރިބާ 'ޒީޓައިމްސް' އާއި ހިއްސާކޮށްފައެވެ.
" ކުރިން އަޅުގަނޑުމެންނަށް ކިޔަވައިދިން އެކައުންޓް ޓީޗަރ ނަގައިދެނީ ހަމައެކަނި ޝެޑިއުލްކޮށްފަ ހުންނަ ކުލާސްތައް. އިތުރު ކުލާސްތައް ނަގައިނުދޭ. އެހެންވެ މިޒާ އިންސްޓިޓިއުޓްގެ މެނޭޖްމަންޓުން ވަނީ އެހެން ޓީޗަރެއް އަޅުގަނޑުމެންނަށް ޓިއުޝަން ދިނުމަށް ހަމަޖައްސައިދީފަ. ވަރަށް ރަނގަޅު ޓީޗަރެއް ފަހުން ހަމަޖެހުނީވެސް. އަޅުގަނޑުމެންނަށް އިތުރަށް ކިޔައިދިނުމަށް އިތުރު ކުލާސްތައް ހިލޭ ނަގައިދޭ. ވޯކްޝީޓްސް ވެސް ދޭ. ކުލާސް ރޫމްތަކުގައި ސްމާޓް ޓީވީ އާއި މޭޒު ހުންނާތީ އެ މާހައުލުވެސް ވަރަށް ހިތްހަމަޖެހޭ". ނައުރާ ފާހަގަކުރިއެވެ.
މިޒާ އިންސްޓިޓިއުޓް އާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7333535 ނުވަތަ 7770953 މި ނަންބަރުތަކަށެވެ. ފޭސްބުކް ޕޭޖް: Miza Institute