November 23, 2024 14:51
Advertisement

-Advertisement-

އެންމެ ގިނަ ދުވަސްވީ އަދި ޚިދުމަތްދޭ އެއާޕޯޓުތައް

ތަފާތު ގައުމުތަކަށް ދަތުރުކުރާއިރު އެކި އެއާޕޯޓުތައް ފެނި އެތަންތަނުގެ ޚިދުމަތް ލިބިގަންނަ މީހުން މަދެއްނޫނެވެ. ދުވާލަކު އެތައް ފްލައިޓެއް އެކި ގައުމުތަކުގެ އެއާޕޯޓްތަކަށް ޖައްސާއިރު އެއާޕޯޓްތަކުގެ މައުލޫމާތުތައް އެނގެންޖެހޭ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. އެތަނެއްގެ ގަވާއިދާއި، އެތަންތަނުގައި ހުންނަ ރެސްޓޯރެންޓާއި އަދި އެހެނިހެން ތަންތަނުގެ މައުލޫމާތުވެސް ލިބިފައިވާނަމަ އެތަނަކުން ދަތުރުކުރަންޖެހޭ ދުވަހެއް އަތުވެއްޖެނަމަވެސް ވަރަށް ފަސޭހަވާނެއެވެ. ތިރީގައި މިވަނީ ދުނިޔޭގެ އެންމެ ގިނަދުވަސްވީ އެއާޕޯޓްތަކުގެ މައުލޫމާތެވެ. 

ކޮލެޖް ޕާރކް އެއާޕޯޓް (އެމެރިކާ)

ކޮލެޖް ޕާކް އެއާޕޯޓް ފޮޓޯ: އޯލްޑެސްޓް ޑޮޓް އޯއާރުޖީ

މިއީ ޕްރިންސް ޖޯޖް ކައުންޓީ، ސިޓީ އޮފް ކޮލެޖް ޕާރކް، މޭރީ ލޭންޑްގައި އޮންނަ އަދި ދުނިޔޭގެ އެންމެ ގިނަދުވަސްވީ އެއް އެއާާޕޯޓުގެ ގޮތުގައި ހިމެނިފައިވާ އަދިވެސް އޮޕަރޭޓް ކުރަމުން އަންނަ އެއާޕޯޓެކެވެ. މި އެއާޕޯޓަކީ އެމެރިކާގެ މިލިޓަރީ ޕައިލެޓުން އެއްދުވަސްވަރެއްގައި ޓްރެއިންކުރި ތަނެވެ. އެއީ 1 އޮގަސްޓް 1907 ވަނަ އަހަރެވެ. އެއިރު އެތަނުގައި ތަމްރީނުކުރާ ޕައިލެޓުން ދަސްކުރުމަށް މި އެއާޕޯޓު ވަނީ ބޭނުންކޮށްފައެވެ. އެތަނަށް ފްލައިޓްތައް ޖައްސައިގެން ޕްރެކްޓިސް ކުރުމަކީ އެމީހުންނަށް ކުރަންޖެހޭ ކަމަކަށްވާތީ އެހުރިހާ ޓްރެއިނިންތަކެއް ހިންގީ އެތަނުގައެވެ. އެތަނުގެ ރަންވޭގައި 2600 ފޫޓް ދިގު އަދި 60 ފޫޓް ފުޅާމިން ހުރެއެވެ.

Advertisement

ހަމްބަަރގް އެއާާޕޯޓް ޖާމަނީ

ހަމްބަަރގް އެއާާޕޯޓުު ފޮޓޯ: އެއާޕޯޓް ޓެކްނޮލޮޖީ

ދުނިޔޭގައި ދެވަނައަށް އެންމެ ގިނަދުވަސްވީ އެއާޕޯޓު ހުންނަނީ ސިޓީ އާއި 8.5 ކިލޯ މީޓަރ ދުރުމިނުގައެވެ. މިތަން އުފައްދާފައި ވަނީ 1911 ވަނަ އަހަރު އެވެ. މިތަނަކީ ޖަރުމަނުގައި ހުރި އެންމެ ގިނަދުވަސްވީ އެއާރޯޓުވެސް މެއެވެ. 2001 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރަށް އެތަން މަރާމާތުކޮށް 2 އައު ޓާމިނަލްވެސް އަޅައި ޕާކު ކުރާނެ ތަންވެސް ބޮޑުކުރިއެވެ. 

ބްޗަރެސްޓް ބަނީސާ އިންޓަނޭޝަނަލް އެއާޕޯޓް

ބްޗަރެސްޓް ބަނީސާ އިންޓަނޭޝަނަލް އެއާޕޯޓް ފޮޓޯ: ތިންކް ޖިއޯ އެނަރޖީ

މިއީވެސް ސިޓީ އާއި 8.5 ކިލޯ މީޓަރު ދުރުގައި އޮންނަ އެއާޕޯޓެކެވެ. ފުރަތަމަ ފުލައިޓް ޖައްސަން ފެށީ 1909 ގައެވެ. ފުރަތަމަ ފްލައިޓް ސްކޫލެއްގެ ގޮތުގައި ހިންގުމަށްފަހު ފަހުން 1912 ވަނަ އަހަރު އެއާޕޯޓަކަށް ބަދަލުކުރިއެވެ. މި އެއާޕޯޓަކީ 1968 އާއި ހަމައަށް ރޮމޭނިއާގައި ހުރި ހަމައެކަނި އިންޓަރނޭޝަނަލް އެއާޕޯޓުވެސް މެއެވެ. 2012 ވަނަ އަހަރު ބިޒިނަސް އެއާޕޯޓަކަށް ބަދަލުކުރުމަށްފަހު ވަރަށް ގިނަ ޚިދުމަތްތައް ގާއިމު ކުރެވުނެވެ. މިތަން މިހާރުވެސް ދަނީ ބޭނުންކުރަމުންނެވެ. 

+1
0
+1
1
+1
2
+1
1
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް