September 20, 2024 15:35
Advertisement

-Advertisement-

އުފާވެރި އަމާންރާއްޖެ މެނިފެސްޓޯ: ދައުލަތް ހިންގުމާއި ޖަވާބުދާރީ ކުރުވަނިވި ނިޒާމު ހަރުދަނާކުރުން

ކުރިއަށް ރާވާފައިވާ ކަންކަން:

ކޮރަޕްޝަނުން ސަލާމަތްވެފައިވާ ހާމަކަންބޮޑު ދައުލަތް

  • ދައުލަތުން ކުރާ ހޭދަތައް މިހާރަށްވުރެ ހާމަކަން ބޮޑު ގޮތެއްގައި ކުރެވިގެންދާނެ ގޮތަށް، ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އިތުރު ބަދަލުތައް ދެނެގަނެ، ދައުލަތުގެ މާލިއްޔަތު ގާނޫނު އިސްލާހުކުރުން
  • ދައުލަތުގެ ހުރިހާ އިދާރާއެއްގައި ޕްރޮކިއުމަންޓާބެހޭ މައުލޫމާތުތައް އާންމުކުރުން ޤާނޫނުން ލާޒިމްކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސީއެސްއާރް އަދި ސްޕޮންސަރޝިޕް ދިނުމުގައި އަމަލުކުރާ އުސޫލުތައް މުރާޖައާކޮށް، މިކަންކަމަށް ކުރާ ހޭދަތައް މާލީ ވުޒާރާގެ އުސޫލުތަކާ އެއްގޮތަށް ހާމަކުރަންޖެހޭ ގޮތަށް ޕްރައިވެޓައިޒޭޝަން ގާނޫނު އިސްލާހުކުރާނެ
  • ސަރުކާރުން ތަކެއްޗާއި ހިދުމަތް ހޯދުމުގައި މިހާރަށް ވުރެން ހާމަކަން ބޮޑުކޮށް، ތަކެއްޗާއި ހިދުމަތްހޯދުމަށް ހެދޭ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ހާމަކުރާގޮތަށް ކަނޑައަޅާނެ
  • ދައުލަތުގެ ޕްރޮކިއުމަންޓާއި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްއާއި ގުޅޭ ކަންކަން ހަރުދަނާކުރުމަށްޓަކައި ޕަބްލިކް ޕްރޮކިއުމަންޓާއި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްއާއި ގުޅޭ ގާނޫނެއް އެކުލަވާލައި ތަންފީޒުކުރަން ފަށާނެ
  • ސަރުކާރަށް ތަކެއްޗާއި ހިދުމަތް ހޯދުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ހުރިހާ އިދާރާއަކުން ބޭނުންކުރާނެ އިލެކްޓްރޯނިކް ޕްރޮކިއުމަންޓް ނިޒާމެއް ތައާރަފްކުރާނެ

ދައުލަތުގެ ހިންގުން ވަރުގަދަކުރުން

Advertisement
  • ދައުލަތުގެ އިދާރާތަކުން އާންމުންނަށް ދޭ ހިދުމަތްތައް އެއް މަންސައެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެ ގޮތަށް ގާއިމްކޮށްފައިވާ One Gov މެދުވެރިކޮށް ލިބޭ ހިދުމަތްތަކުގެ ދާއިރާ ފުޅާކޮށް، ދައުލަތުގެ ހުރިހާ އިދާރާއަކުން އާންމުންނަށް ދޭ ހިދުމަތްތައް މި ނިޒާމު މެދުވެރިކޮށް ލިބޭނެ ގޮތް ހަދާނެ
  • ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި މެމްބަރުންގެ އަދަދު ކޮންމެ ފަސްއަހަރަކުން އިތުރުވާ ގޮތަށް އޮތް އޮތުން ބަދަލުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރާނެ
  • ދިވެހި ސިވިލްސަރވިސް އަކީ ވެރިކަން ހިންގުމުގެ ބާރުގެ ސިޔާސަތުތައް ހަލުވިކަމާއެކު ތަންފީޒުކުރެވޭނެފަދަ ބައްޓަމަކަށް ގާއިމްކޮށްފައިވާ އެފިޝަންޓް ނިޒާމެއްގެ ގޮތަށް ބަދަލުކުރުމަށާއި، ސިވިލް ސަރވިސް ރެގިއުލޭޓަރީ ނިޒާމަކީ ޒަމާނީ ހިންގުމުގެ ގޮތަށް ބައްޓަންކުރެވިފައިވާ ފްލެކްސިބަލް އަސާސްތަކުގެ މައްޗަށް ގާއިމްކުރެވިފައިވާ ނިޒާމެއްގެ ގޮތަށް ބަދަލުކުރުމުގެ ގޮތުން ސިވިލް ސަރވިސްގެ މޮޑެލްއަށް ގެންނަންޖެހޭ ޤާނޫނީ އިސްލާހުތައް ގެންނާނެ
  • ދައުލަތުގެ މުއައްސަސާތަކުގެ ގަވަރނަންސްގައި ހުރި ފަރަގުތައް ނައްތާލައި އޮޕަރޭޝަނަލް މިނިވަންކަމާއެކު ދައުލަތުގެ މުއައްސަސާތައް ހިންގޭނެ ޒަމާނީ އޮނިގަނޑެއް ގާއިމްކުރުމަށްޓަކައި، ޕަބްލިކް ސަރވިސެއް ޤާއިމްކުރުމުގެ ގޮތުން ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނާނެ
  • ވަޒީފާއާއި ބެހޭ ގާނޫނަކީ ވަޒީފާއަދާކުރާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކުގެ ހައްގުތައް ފުރިހަމަގޮތުގައި ހޯދައިދޭ، ހިންގުމުގެ ނިޒާމުތަކަށް އައިސްފައިވާ ކުރިއެރުންތައް އެކުލެވޭ، ފްލެކްސިބަލް އަސާސްތަކެއްގެ މައްޗަށް ބައްޓަންކުރެވިފައިވާ ޤާނޫނެއްގެ ގޮތަށް ބަދަލުކުރުމަށްޓަކައި ޤާނޫނު އިސްލާހުކުރާނެ
  • މަސައްކަތުގެ ބާވަތުންނާއި މެދުވެރިވާ ހާއްސަ ހާލަތްތަކުގެ ސަބަބުން އާންމު އުސޫލުން މަސައްކަތަށް ހާޒިރުވުމަކާނުލާ ފްލެކްސިބަލް އަދި ރިމޯޓް ވޯރކިންގްގެ އުސޫލުން ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމާބެހޭ ގާނޫނުތަކަށް އިސްލާހުގެންނާނެ
  • ދައުލަތުގެ މުސާރަ އެއްހަމަ ކުރުމުގެ ސިޔާސަތުގެ ދަށުން ދައުލަތުގެ ހުރިހާ އިދާރާތަކުގައި މަސައްކަތްކުރާ ހުރިހާ ފަންނުތަކަކަށް ބޭނުންވާ ޖޮބް މެޓްރިކްސްތައް އެކުލަވާލައި، އެއްހަމަ މުސާރައިގެ މިންގަނޑުތަކެއް ގާއިމްކޮށް މުސާރަތަކަށް ގެންނަންޖެހޭ ކުރިއެރުންތައް ގެންނާނެ
  • ރޯދަމަހުގެ ފަހު 10 ދުވަހަކީ ގިނަ ބަޔަކު ރޭ އަޅުކަމުގައި މަޝްއޫލުވެގެން އުޅޭ ދުވަސްވަރަކަށްވާތީއާއި މުވައްޒަފުންނަށް ލުއި ފަސޭހަކުރުމަށްޓަކައި، މިދުވަސްތަކުގައި ސަރުކާރުގެ މުވައްޒަފުން ' ވޯކް ފްރޮމް ހޯމް' މޮޑަލިޓީއިން މަސައްކަތްކުރާގޮތަށް ކަނޑައަޅާނެ
  • މިނިވަން މުއައްސަސާތަކުގެ ތެރެއިން އިހްތިސާސް ފުށުއަރާ ނުވަތަ އެއް މަސައްކަތްތައް ކުރާ މުއައްސަސާތައް ދެނެގަނެ އެތަންތަނުގެ އިހްތިސާސް މުރާޖައާކޮށް އެތަންތަނުގެ މަގްސަދު ހާސިލްވާނެ އުސޫލަކުން އެތަންތަން ހިންގުމަށް ބޭނުންވާ ބަދަލުތައް ގެންނާނެ
  • ރައްޔިތުންގެ ބައިވެރިވުން ހިމެނޭގޮތަށް ދައުލަތުގެ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ވަޒަންކުރެވޭނެ ނިޒާމެއް ގާއިމްކުރާނެ

މީޑިއާގެ މިނިވަންކަން ކަށަވަރުކުރުން

  • މީޑިއާތަކުގެ ސެލްފް ގަވަރނަންސް އަދި ރެޖިސްޓްރޭޝަން ޕްރޮސެސްގައި ހުރި މައްސަލަތައް ހައްލުކުރުމަށް މީޑިއާ ތަކާގުޅިގެން މީޑިއާގެ ދަފްތަރުގައި ހުރި މައްސަލަތައް ހައްލުކުރާނެ
  • މީޑިއާތަކުގެ މާލީ ގާބިލުކަމަށް ވަކި ފަރާތަށް ބަރޯސާވުން ނައްތާލުމަށްޓަކައި ގާނޫނުގައި ކަނޑައަޅާ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ އިންސައްތައެއްގެ ފައިސާ އެލޮކޭޓްކުރާނެ. މި ފައިސާ ދޫކުރެވޭނީ ހަމަހަމަކަމާއި ނުފޫޒުން އެއްކިބާވެފައިވާ ނިޒާމަކުންކަން ކަށަވަރުކުރުމަށް، ބައިނަލްއަގްވާމީ މިންގަނޑުތަކާއި އުސޫލުތަކާއި އެއްގޮތަށް އޮންނަ ރޭޓިންގ ނިޒާމެއް ކަނޑައަޅާނެ
  • މީޑިއާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ މައުލޫމާތަކީ ސައްހަ ތެދު އަދި ވެރިފައިކުރެވިފައިވާ ހަބަރުތަކާ މައުލޫމާތުތަކެއްކަން ކަށަވަރުކުރުމަށްޓަކައި ހަރުދަނާ އިންތިޒާމުތައް މީޑިއާ ކައުންސިލުން ގާއިމްކުރާނެ
  • ދިވެހި ސްޓްރީމިން ސާވިސް ތަކާއި، ޕޮޑްކާސްޓިން އަދި އެހެނިހެން އޮންލައިން މީޑިއާ ޕްލެޓްފޯމް ތަކުގައި ކޮންޓެންޓް ކްރިއޭޓްކުރާ ފަރާތައް ކުރިއެރުމަށް ބޭނުންވާ ގާނޫނީ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދެވޭނެ
  • ކޮމިއުނިޓީ-ބޭސްޑް ޖާނަލިޒަމް، ފްރީލާންސް ޖާނަލިޒަމް، ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން ފަދަ ދާއިރާތަކުން ކުރިއެރުމަށް ބޭނުންވާ ތަމްރީނާއި، ތައުލީމީ ފުރުސަތު ފަހިކޮށްދެވޭނެ
  • ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން ސްޓްރީމިން ސާވިސްތަކާއި، ޕޮޑްކާސްޓިން، ޕަބްލިޝާޒް ފިލްމް އަދި ޑޮކިއުމަންޓްރީ ޕްރޮޑިއުސަރުން އަދި ނޮވެލިސްޓުންނަށް ބޭނުންވާ މާލީ އެހީތެރިކަން SDFC މެދުވެރިކޮށް ފޯރުކޮށްދެވޭނެ
  • ދައުލަތުގެ މީޑިއާއިން ފޯރުކޮށްދޭ ޚަބަރާ މައުލޫމާތުތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކްސެސިބަލް ކޮށް ފޯރުކޮށްދޭ ކޮންޓެންޓަށް ހަދާނެ
  • އައު ޖަރނަލިސްޓުން ތަމްރީނުކޮށް، ކެރިއަރެއްގެ ގޮތުގައި މީޑިއާގައި މަސައްކަތްކުރުމަށް ބޭނުންވާ އެކި ތަމްރީނު ފުރުސަތުތައް ފަހިކޮށްދެވޭނެ
+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް