September 20, 2024 09:09
Advertisement

-Advertisement-

ހުކުރު ނަމާދަށް ކުރިން އަންނަ މީހާ މާތް ﷲ އަށްޓަކައި ޖަމަލެއް ޤުރުބާން ކުރި ފަދަ- ހުކުރު ޚުޠުބާ

ހުކުރު ދުވަހަކީ އެދުވަހެއްގައި އިންސާނީ ނަސްލުގެ ފެށުންކަމުގައިވާ މުޅި އިންސާނިއްޔަތުގެ ބައްޕަ އާދަމްގެފާނު ޚަލްޤު ކުރެއްވި ތާރީޚީ ދުވަހެވެ. އެކަލޭގެފާނު ސުވަރުގެ ވެއްދެވުނު ދުވަހެވެ.

ހުކުރު ދުވަހަކީ އެދުވަހެއްގައި ދުޢާ އިޖާބަ ކުރައްވާ ޚާއްސަ ވަގުތެއްވާ ދުވަހެކެވެ. އެވަގުތަކީ ހުކުރު ދުވަހުގެ ޢަސްރު ނަމާދަށް ފަހު އިރު އޮއްސުމާ ދެމެދުގެ ވަގުތުގެ ތެރޭގައި ހިމެނޭ ވަގުތު ކޮޅެއްކަމުގައި އައިސްފައިވެއެވެ. ނުވަތަ އެއީ އިމާމު މީހާ މިންބަރަށް އެރީއްސުރެ ހުކުރު ނަމާދުކޮށް އަވަދިވެއްޖެއުމާ ދެމެދުގައި އެވާ ވަގުތުގެ ތެރޭގައި ހިމެނޭ ހިނދު ކޮޅެއްކަމުގައިވެސް ރިވާވެގެންވެއެވެ.

ހުކުރު ދުވަހު ކުރެވޭ އެންމެ މާތް މަތިވެރި އަޅުކަމަކީ ހުކުރު ނަމާދު ކުރުމެވެ. މާތް ﷲ ގެ ނިދާއަށް ކިޔަމަންތެރިވެ ދުނިޔަވީ މަސައްކަތުން ދުރުވެ ހުކުރު ނަމާދަށް އަވަސްވެގަންނަ މީހަކީ ބޮޑުވެގެންވާ ނަސީބުވެރިއެކެވެ. ރަސޫލާ ﷺ ހަދީޘް ކުރައްވާފައި ވެއެވެ.

Advertisement

މާނައީ: "ހުކުރު ދުވަހު މަލާއިކަތުން މިސްކިތުގެ ދޮރުމަތީ ތިއްބަވާނެއެވެ. އަދި ހުކުރު ނަމާދަށް އަންނަ މީހުން، އެމީހުން އަންނަ ތަރުތީބުން ލިޔުއްވަވާނެއެވެ. ހުކުރު ނަމާދަށް ކުރިން އަންނަ މީހާ ( އެބަހީ ފުރަތަމަ ސާޢަތުގައި އަންނަ މީހާ) މާތް ﷲ އަށްޓަކައި ޖަމަލެއް ޤުރުބާން ކުރި ފަދައެވެ. ދެން އަންނަ މީހާ (އެބަހީ ދެވަނަ ސާޢަތުގައި އަންނަ މީހާ) މާތް ﷲ އަށްޓަކައި ގެރިއެއް ޤުރުބާން ކުރި ފަދައެވެ. ދެން އަންނަ މީހާ (އެބަހީ: ތިންވަނަ ސާޢަތުގައި އަންނަ މީހާ) މާތް ﷲ އަށްޓަކައި ބަކަރިއެއް ޤުރުބާން ކުރި ފަދައެވެ. ދެން އަންނަ މީހާ (އެބަހީ ހަތަރުވަނަ ސާޢަތުގައި އަންނަ މީހާ) މާތް ﷲ އަށްޓަކައި ކުކުޅެއް ޤުރުބާން ކުރިފަދައެވެ. ދެން އަންނަ މީހާ (އެބަހީ ފަސްވަނަ ސާޢަތުގައި އަންނަ މީހާ) މާތް ﷲ އަށްޓަކައި ކުކުޅުބިހެއް ސަދަޤާތް ކުރި ފަދައެވެ. ފަހެ އިމާމު މީހާ މިންބަރަށް އަރާވަޑައިގަތުމުން (މަލާއިކަތް ބޭކަލުން) އެބޭކަލުން ފަތްތައް ލައްޕަވާލައްވާފައި ޚުތުބާ އަޑުއެއްސެވުމަށް ތިއްބަވާނެއެވެ".

އިސްވެ ދިޔަ ނަބަވީ އިރުޝާދަކީ އަހަރެމެން ވަރަށް ސަމާލުވާން ޖެހިފައިވާ ވަރަށް މަތިވެރި އިރުޝާދެކެވެ. އެހެނީ އިސްވެދިޔަ ބަސްފުޅުން އެނގި ފާޅުވާ ގޮތުގައި ހުކުރު ދުވަހުގެ ޚުތުބާ ފެށުމަށްފަހު ހުކުރަށް އަންނަ މީހުންނަކީ ހުކުރަށް ޙާޟިރުވި މީހުން ލިޔުއްވުމަށް، މާތް ﷲ ޚާއްސަ ކުރައްވާފައިވާ މަލާއިކަތުންގެ ފަތްފުށްތަކުގައި ލިޔެވޭނެ ބައެއް ނޫނެވެ. ނަމަވެސް އެފަދަ މީހުންގެ ހުކުރު ނަމާދު ސައްޙަ ވާނެއެވެ. އެބަހީ މެންދުރު ނަމާދުގެ ބަދަލުގައި އެނަމާދު ޤަބޫލުކުރެވޭނެއެވެ، އެހެން ނަމަވެސް ހުކުރު ނަމާދަށް މާތް ﷲ ޚާއްސަ ކުރައްވާފައިވާ ދަރުމައާއި ސަވާބުގެ ވަރަށް ބޮޑުބައެއް އެފަދަ މީހުންނަށް އުނިވާނެއެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް