November 24, 2024 05:38
Advertisement

-Advertisement-

ރައީސް ސާލިހް އަދި އިންތިޚާބީ ރައީސް ޑރ. މުޢިއްޒު /ފޮޓޯ: ރ.އ

ވެރިކަން ބަދަލުވުމުގެ މަރުޙަލާއާބެހޭ ޤާނޫނުގައި ބުނަނީ ކީކޭ؟

ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ޑރ. މުހައްމަދު މުޢިއްޒު ކާމިޔާބު ކުރެއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވަނީ އިއްޔެގެ ވަގުތެއްގައި ރައީސް އޮފީހުގައި ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ބައްދަލު ކުރައްވައިފައެވެ. ރައްޔިތުންގެ ނިންމުން ގަބޫލުކުރައްވައި، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރާ ޤާނޫނު ކަމަށްވާ "ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ޤާނޫނު" ގައިވާ ގޮތުގެ މަތިން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް ސާލިހް ވަނީ ވިދާޅުވެފައެވެ. 

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދެވުމަށް ޚާއްސަ ކޮމިޓީއެއް އިއްޔެ ވަނީ އުފައްދަވާފައެވެ. މި ގޮތުން އުފެއްދެވި ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ ކޯޕަރޭޓް ސަރވިސް ހުސައިން އާމިރު އެވެ.

ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ހުރިހާ ކަމެއް ހިނގަމުންދާ ގޮތް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ވިލަރެސް ކުރައްވާނީ، ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ކަމަށާއި، އިންތިޚާބީ ރައީސްގެ އޮފީހަށް ބޭނުންވާ އެހީތެރިކަން ދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކަމާބެހޭ ފަންނީ ބޭފުޅުން ހިމެނިވަޑައިގަންނަވާ ޓީމެއްގެ އެހީތެރިކަންވެސް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. 

Advertisement

ވެރިކަން ބަދަލުވުމުގެ ކަންތައްތައް ކުރިއަށްދާއިރު، ތިރީގައި މިވަނީ ވެރިކަން ބަދަލުވުމުގެ މަރުޙަލާއާބެހޭ ޤާނޫނުގައިވާ މުހިންމު ކަންތައްތަކުގެ މައުލޫމާތެވެ. 

ވެރިކަން ބަދަލުވުމުގެ މަރުޙަލާއާބެހޭ ޤާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 2010 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުގައެވެ. ޤާނޫނު އަސާސީގެ 92 ވަނަ މާއްދާގައި ވާގޮތުގެ މަތިން، 20 އޭޕްރީލް 2010 ވަނަ ދުވަހު މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމުން މި ބިލު ޤާނޫނަކަށްވެ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރިއެވެ.

  1. (ހ) މިއީ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ ޤާނޫނެވެ.
  2. ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް އިންތިޚާބުވާ ފަރާތެއް އެދިއްޖެނަމަ، އަންނަނިވި ޚަރަދާއި ޚިދުމަތް ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން ފޯރުކޮށްދޭންވާނެއެވެ.

(ހ) ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރުމަށް އެކަށީގެންވާ އޮފީހާއި، އެއޮފީހަށް ބޭނުންވާ އެންމެހައި ތަކެތި ހަމަޖައްސައިދިނުން:

(ށ) އޮފީހަށް ބޭނުންވާ މުވައްޒަފުންނާއި އެފަދަ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ހަމަޖައްސައިދިނުން:

(ނ) ބޭނުންވެއްޖެ ހިނދެއްގައި އެކިއެކި ފަންނީ މާހިރުންނާއި، ޖަމާޢަތްތަކުގެ ފުރިހަމަ އެހީތެރިކަމާއި، އަދި އެފަދަ ފަރާތްތަކަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ފޯރުކޮށްދިނުން

(ރ) ކެއުންބުއިމާއި ދިރިއުޅުމަށް ބޭނުންވާ އެކަށީގެންވާ ތަނެއް، ނުވަތަ އެކަމަށް ހިނގާ ޚަރަދާއި ކުއްޔަށް ހިފުމަށާއި، ދަތުރުފަތުރަށް ބޭނުންވާ ޚަރަދު ހަމަޖައްސައިދިނުން

(ބ) މުއާސަލާތާއި ލިޔެކިޔުމަށް ބޭނުންވާނެ އެންމެހައި ޚަރަދު ހަމަޖައްސައިދިނުން

(ޅ) ރައީސުލްޖުމްހޫރިއްޔާ އަށް ދޭ ސަލާމަތާއި ރައްކާތެރިކަމާއި އެއްފެންވަރަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވިފައިވާ މީހަކަށް ސަލާމަތާއި ރައްކާތެރިކަން ޤައުމީ ދިފާއީ ބާރުގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ. މިކަމުގައި އަމަލުކުރާނޭ އުސޫލުތައް ކަނޑައެޅުމުގައި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ލަފާ ހޯދަންވާނެއެވެ.

  1. މި ޤާނޫނުގެ ދަށުން އައްޔަންކުރާ މުވައްޒަފަކީ ދައުލަތުގެ އެހެން މުއައްސަސާއެއްގައި ވަޒީފާ އަދާކުރާ މުވައްޒަފަކުނަމަ، އެ އޮފީހަކުން އެފަދަ މުވައްޒަފަކަށް ދޭ މުސާރައާއި އިނާޔަތްތަކަށްވުރެ މި ޤާނޫނުގެ ދަށުން އަދާކުރާ ވަޒީފާ ނުވަތަ ކުރާ މަސައްކަތަކަށްދޭ މުސާރައާއި އިނާޔަތްތައް ބޮޑުނަމަ، އެފަދަ މީހަކަށް ދޭނީ އޭގެތެރެއިން ބޮޑު މުސާރައެވެ.
  2. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް އިންތިޚާބުވާ މީހަކު ވާދަކުރި އިންތިޚާބުގެ ނަތީޖާ އިއުލާންކުރުމުގެ ކުރިން ނުވަތަ މަޤާމާއި ހަވާލުވުމަށްފަހު ކުރާ އެއްވެސް ޚަރަދަކަށް މި ޤާނުނުގެ ދަށުން ފައިސާ ހޭދަކޮށްގެން ނުވާނެއެވެ.
  3. (ހ) މި ޤާނޫނުގެ ދަށުން ހޭދަކުރެވޭނީ ގިނަވެގެން 1 މިލިއަން ރުފިޔާއެވެ. އަދި މިގޮތުން ހޭދަކުރަންޖެހޭ ފައިސާ ރިޔާސީ އިންތިޚާބެއް ބާއްވަންޖެހޭ އަހަރުގެ ބަޖެޓުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހިމަނަންވާނެއެވެ.

 (ށ) މި ޤާނޫނުގެ ދަށުން ބަޖެޓުގައި ހިމަނާ ފައިސާ ފިޔަވައި އެހެން އެއްވެސް ފައިސާއެއް ދައުރު ބަދަލުވުމުގެ ކަންކަމުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ނުވާނެއެވެ.

  1. މި ޤާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަން އިންތިޒާމްކޮށް ބަލަހައްޓާނީ ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންއެވެ.

 7. ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުވާ ފަރާތުން އެދޭގޮތަށް ސިވިލް ސަރވިސް ކޮމިޝަނުންނެވެ.

+1
0
+1
0
+1
3
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް