November 24, 2024 06:30
Advertisement

-Advertisement-

ޒީޓައިމްސް ބަދިގެ: ޕައިނެޕަލް ކިޔުކަމްބަރ ސްމޫތީ

ބޭނުންވާތަކެތި:

½ ޖޯޑު ކިޔުކަމްބަރ (ފޮތިފޮއްޗަށް ކޮށާފަހުރި)

1 ޖޯޑު އަލަނާސި (ކޮށާފައި ގަޑުކޮށްފައިހުރި)

Advertisement

ކުޑަ ދޮންކެޔޮވަކެއް (ކޮށާފައި ގަޑުކޮށްފައިހުރި)

¼ ޖޯޑު ކާށިކިރު ނުވަތަ އާދައިގެ މިލްކް

½ ޖޯޑު ފެން

1 ލުނބޯ (ލުނބޯގެތޮށި ގާނާފަ އަދި ލުނބޯހުތް)

ސްޕިނެޗް (3-5 ފަތް)

4 އައިސްކިއުބް

ތައްޔާރުކުރާނެ ގޮތް:

ކިޔުކަމްބަރ، އަލަނާސި، ދޮންކެޔޮ، މިލްކް، ފެން، ލުނބޯހުތް، ގާނާފަހުރި ލުނބޯގެތޮށި، ސްޕިނެޗް ފަތްކޮޅު، އައިސްކިއުބް މިކްސްޖަރަށް އެޅުމަށްފަހު ހިމުންކޮށްލާށެވެ. ވަރަށް ރަނގަޅަށް ހިމުންކޮށްލުމަށްފަހު ފުރާނާލާށެވެ. 

އޮލަކޮށް ބަހައްޓަން ބޭނުންނަމަ އެހާގިނައިން ފެން ނައަޅާ ފެނުގެ ބަދަލުގައި ގިނައިން އައިސްކިއުބް އެޅިދާނެއެވެ. މީރުވާނީ އޮލަކޮށް އައިސްކޮށް ހުރީމައެވެ.

+1
0
+1
4
+1
0
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް