October 6, 2024 13:31
Advertisement

-Advertisement-

މައުލޫމާތު: ނަރުގިސް

ނަރުގިސް އަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ހެދޭ ރީތި މަލެއް އަޅާ ގަހެކެވެ. އާންމުކޮށް 9 އިންޗީގެ ދިގުމިނުގައި ހެދޭ 4 އިންޗިއަށް ފެތުރިފައި ހުންނަ މިގަހުގައި ފިޔާތޮށި އަދި ހުދު ކުލައިގެ ވަރަށް ރީތި މަލެއް އަޅައެވެ. މަލުގެ ކަރުގަނޑު ތެރޭގައި ހުދުކުލަ ހުންނަ މިގަހުގެ ފަތްތައް ހުންނަނީ ފެހިކުލައަށް ހިމަ ދިގުކޮށެވެ.

މިގަހުގައި އަޅާ މާތައް މެންދުރުގަޑީގައި ހުންނަނީ އެއްކޮށް ފޮޅިފައެވެ. އަދި އިރުއޮއްސޭ ގަޑިއަށް މިމާތައް ލެއްޕެއެވެ. މިވައްތަރުގެ ގަހަކީ ބެލްކަނިތައް ޒީނަތްތެރި ކުރުމަށް ބޭނުންކުރެވިދާނެ ޕޮޓުގައި ހައްދަން ފަސޭހަ ގަހެކެވެ. އަދި ގޯތިތެރޭގައި ހައްދާފައިހުންނަ މާބަގީޗާތަކުގެ ކައިރިފަށް ޒީނަތްތެރިކުރުމަށް އިންދިދާނެ ބަލާލަން ރީތި ގަހެކެވެ. މިގަހަކީ ވަރަށް ގިނަ ދުވަސް ވަންދެން ގެންގުޅެވޭނެ ގަހެކެވެ. މިވައްތަރުގެ ގިނަ ގަސްތަކުގައި އެއްފަހަރާ މާތައް ފޮޅިފައި ހުންނައިރު ބަލާލަން ވަރަށްވެސް ހިތްގައިމެވެ. ގޯތިތެރެ ޒީނަތްތެރިކޮށްލަން ނަރުގިސް ގަސްތަކެއް އިންދާލާށެވެ. މާތަކަށް ލޯބިކުރާ ކޮންމެ މީހަކަށްވެސް އުފާވެރިކަން ގެނުވަދޭނެކަމީ އެއްވެސް ޝައްކެއްއޮތްކަމެއް ނޫނެވެ.

ރަދީފުގައި ފާހަގަކޮށްފައިވާގޮތުން ނަރުގިސް އަކީ ފިޔާގަހުގެ ފަތް ކަހަލަ ހިމަފަތްތަކެއް ހުންނަ ތަނޑިދިގުމަލެއް އަޅާ އަދި އަޑިއަށް ގޮނޑިފައިބާ ލިލީއާއިލާގެ ބާވަތެކެވެ.

Advertisement
+1
2
+1
7
+1
4
+1
1
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް