އެންމެ ގިނައިން މީހުންނަށް ގެއްލުންދީ މީހުންގެ ފުރާނައަށް ނުރައްކާތެރި ޖަނަވާރަކީ ކޮބައިތޯއެވެ. ސައިޒުން ކިތަންމެ ކުޑަނަމަވެސް އެއީ ނުރައްކާތެރި އެއްޗަކަށް ވެދާނެއެވެ. އިންސާނާގެ ހަށިގަނޑަށް ބަލިފޯރުކޮށްދީ ގެއްލުން ދިނުމުގައި އަވަދިނެތި އުޅެނީ ހީވެސް ނުކުރާކަހަލަ ޖަނަވާރުންގެ ލިސްޓުގައި ހިމެނޭ ސޫތްޕެކެވެ.
މަދިރި:
މަދިރިއަކީ އިންސާނާގެ ހަށިގަނޑުން ލޭ ބުއިމުގެ އިތުރަށް ނުރައްކާތެރި ބަލިތައް ފަތުރަމުންދާ އެއްޗެކެވެ. މަދިރި އޭގެ ޒާތުގައ ކުޑަނަމަވެސް އަހަރެއްގެ މައްޗަށް މަދިރީގެ ޒަރީޢާއިން ޖެހޭ ބަލިތަކުގައި މަރުވާ މީހުންގެ އަދަދު ވަރަށް ގިނައެވެ. މަދިރިއަކީ ދުނިޔޭގައި އުޅޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެލޭރިއާ އަދި ފައިލޭރިއާ ޖައްސުވައިދޭ އެއްޗެއްވެސް މެއެވެ. މެލޭރިއާގެ ނުރައްކާ އެންމެ ބޮޑަށް ފެތުރިގެންދަނީ އެފްރިކާގެ ގައުމުތަކުގައެވެ. މަދިރީގެ ކިބައިން ސަލާމަތްވެ މަދިރި މެރުމަށް ކޮށްލަންޖެހޭ ކަންކަން ރާވާލާފައި ބެހެއްޓުން މުހިންމެވެ. މިއީ އިންސާނުންގެ ހަލާކު ކަމުގައި ވެފައި އޮންނަ ކުޑަކުޑަ ސޫތްޕެކެވެ. މަދިރި ކަށިޖެހުމުން އެލާޖިކްވާ ކުދިންވެސް އުޅެއެވެ.
ހަރުފަ:
ހަރުފައަކީވެސް ވަރަށް ނުރައްކާތެރި އެހާމެ ގެއްލުން ބޮޑު ޖަނަވާރެއްގެ ގޮތުގައި ހިމެނިފައިވާ އެއްޗެކެވެ. މީހުންގެ ގައިގައި އޮޅާލުމުން ނޭވާ ހާސްވާން ފަށައެވެ. އަދި މަޑުމަޑުން އިންސާގެ ހަށިގަނޑުގައި ހުންނަ ކަށިތައްވެސް ކައި ކުދި ކުރެއެވެ. އަހަރެއްގެ ތެރޭގައި އެތައްބަޔަކު ހަރުފައިގެ ސަބަބުން ދުނިޔެއިން ނެތިދެއެވެ. ހަރުފައަކީ ބައެއް ގައުމުތަކުގެ ޖަންގަލީގައި އާންމުކޮށް އުޅޭއެއްޗެކެވެ.
ކިނބޫ
ކިނބޫ މިއީ ނުރައްކާތެރި ޖަނަވާރުންގެ ލިސްޓުގައި ހިމެނޭ އަހަރެއްގެ ތެރޭގައި އެތައްބަޔަކު މަރަމުންދާ އެއްޗެކެވެ. މީގެ ދަތްތަކަށް ބަލާލުމުން ނުރައްކާތެރިކަން ފެނިގެންދެއެވެ. ދަތްތަކުގެ ތޫނުކަމާއި މިޖަނަވާރު މީހުންނަށް ދޭ ގެއްލުމުގެ ސަބަބުން އެތައްބަޔަކު ވަނީ މީގެ ކިބައިއިން ސަލާމަތްވެވޭތޯ އުޅެފައެވެ. ކިނބޫ ގިނައިން ދިރިއުޅެނީ ބައެއް ގައުމުތަކުގެ ކޯރުތަކުގައެވެ.
މައުލޫމާތު: ސައިންސް ފޯކަސް. ކޮމް
ކިޔުންތެރިންގެ ހިޔާލު
ވަރައް ހިތްގާއިމު ބޭނުންތެރި މިއުލޫމާތު ކޮޅެއް ލިބިއްޖެ.
ކޮމެންޓްސް ބަންދުކުރެވިފައި