November 22, 2024 13:01
Advertisement

-Advertisement-

ޗުއްޓީ ހޭދަކޮށްލުމަށް ފިލިޕީންސްގެ ރީތި މަންޒިލުތަކުގެ ވާހަކަ

ދުނިޔޭގެ ރީތި މަންޒިލުތަކުގެ ތެރެއިން ބަލާލަން ދާން ބޭނުންވާ ހިތްގައިމު ތަންތަނުގެ ލިސްޓަށް އަނެއްކާވެސް ތަނެއް އިތުރުކޮށްލާނަމެވެ. މިއީ ހަމަގައިމުވެސް ދިވެހީންނާއި ގުޅޭ ތަފާތު ރީތި މަންޒިލަކަށް ވާނެކަން ގައިމެވެ. މިގައުމަކީ އުޅެން ފަސޭހަ މީހުން ހެޔޮ ގައުމެއްވެސް މެއެވެ. އެހާ އަގުބޮޑުނޫން އާދައިގެ ބަޖެއްޓެއްގައި އުޅެލެވިދާނެ ތަނެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ދަތުރެއް ކުރުމުގައި ގިނަ މީހުން ބަލާނީ އަގާއި އެއްވަރަށް ރީތިވެފައި ހިތްގައިމުތޯއެވެ. އޭރުން އެދަތުރަކީ ހިތްހަމަޖެހޭ ދަތުރަކަށް ވެގެންދެއެވެ. ތިރީގައި މިވަނީ ޒިޔާރަތްކުރެވިދާނެ ފާހަގަކުރެވޭ ތަންތަނެވެ. 

ޓާލް ވޮލްކެނޯ

ޓާލް ވޮލްކެނޯ/ ފޮޓޯ: ޓްރިޕް އެޑްވައިޒަރ

މިއީ ބަލާބެލުމަށް ކުޑަހެން ހީވާ ވޮލެކެނޯއެއްނަމަވެސް، މިތަނަކީ ބޮޑުތަނެކެވެ. މިތަނަކީ ފިލިޕީންސްގައި ހުންނަ ވޮލްކެނޯތަކުގެ ތެރެއިން އެހާމެ ރީތި އަދި ހިތްގައިމު ވޮލްކެނޯއެއްވެސް މެއެވެ. މިތަނުގެ ސަޅިކަމަކީ ހައިކް ކުރެވިފައި މިތަނަށް ދިއުމަށް ބޭނުންވަނީ ބޯޓެކެވެ. މިތަނުގެ މަތީގައި ހުރެ ވަށައި ބަލާލުމުން އެފެންނަ ގުދުރަތީ ރީތި ކަމުގެ ވާހަކައަކީ އަޖައިބުކުރުވަނިވިހާ ރީތި ކަމެކެވެ. މިއީ އަދި ފިލްމަކުން ނުވަތަ ވީޑިއޯއަކުން ބަލާލުމުންވެސް އިހްސާސް ނުވާފަދަ ރީތި ކަމެކެވެ. ހަމައެކަނި ހަމަލޮލަށް ފެނި މިތަޖުރިބާ ކޮށްލުމުން ނޫނީ މިއިހްސާސްއެއް ނުކުރެވޭނެއެވެ.

Advertisement

ވިގަން

ވިގަން/ ފޮޓޯ: ޑެޓޫރިސްޓަރ

މިތަނަކީ ޔުނެސްކޯ ހެރިޓޭޖު ސައިޓެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ވަރަށް ތަފާތު ރީތި ތަނެކެވެ. މިތަނަކީ 16 ވަނަ ގަރުނުގައި އުފެދުނު ސްޕެނިޝްގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތުމަށްފަހު މިނިވަންވެ ވަރަށް ބޮޑަށް ތަރައްގީވެފައިވާ ކުޑަކުޑަ ރީތި ސިޓީއެކެވެ. މިތަން ހީވާނީ ސްޕެއިންއާއި ޗައިނީ އަދި ފިލިޕީންސްގެ 3 ތަން އެކުވެގެން އުފެދިފައިވާ ތަނެއްހެންނެވެ. މިތަނުގައި 3 ގައުމުގެ އާސާރީ ރީތިކަން ދައްކުވައިދެއެވެ. މިތަނަކީ ވަރަށް ރީތި ތަފާތު ކުލަތަކުން އިމާރާތްތައް ހަދާފައިވާ ތަފާތު ރީތި ކުޑަކުޑަ ސިޓީއެކެވެ. މިއީ ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލުތަނެކެވެ.

ބަޑިއަން ސީބޫ

ބަޑިއަން ސީބޫ/ ފޮޓޯ: ވިއޭޓަރ

ސީބޫ އައިލެންޑަކީ ރީތި ހިތްގައިމު ތަނެކެވެ. މިތަނުގެ ސަޅިކަމަކީ މީހުން އެހާ ގިނަނުވެފައި އަމާން މާއަހުލެއް އޮންނަ ތަނަކަށްވުމެވެ. ޚާއްސަކަމަކީ މިތަނުގައި ހުންނަ "ކަވަސަން ފޯލްސް" އެވެ. އެތަނަކީ ސްނޯކްލް ކޮށްލާފައި ފަތާލަން ވަރަށް ރީތި އަރާމު ތަނެކެވެ. ވޯޓާފޯލްގެ ވަށައިގެން އޮންނަ ނޫކުލައިގެ ޕޫލަކީވެސް އަޖައިބުކުރުވަނިވިހާ ރީތި ތަނެކެވެ. މިރަށުގައި ހުންނަ ހޮޓެލްސް އަދި ކެއުންވެސް އަގުހެވެވެ. 

އެލް ނިޑޯ

އެލް ނިޑޯ/ ފޮޓޯ: ބަޖެޓް ޔުއަރ ޓްރިޕް

މިރަށަކީ ފަތުރުވެރީންގެ މެދުގައި ވަރަށް ކުރިއްސުރެވެސް މަގުބޫލުކަން ލިބިފައިވާ ރަށެކެވެ. މިރަށަށް ދަތުރުކުރާ މީހުން ބުނާ ގޮތުގައި މިތަނުގައި އޮންނަ ފަސްގަނޑަކީ އެހާމެ ރީތި ހުދު ފަސްގަނޑެކެވެ. "ބެސްޓް ބީޗް"ގެ ލިސްޓުގައި ހިމެނިފައިވާ ބީޗް އޮންނަނީވެސް އެލް ނިޑޯގައެވެ. އަދި މޫދަކީ ރީތި ހިތްގައިމު މޫދެކެވެ. މޫދަށް އެރިލާ އަރާމުކޮށްލާ ބާބަކިއު ހަދާލާ ދަތުރުގޮސްލަން އެއްވަނައިގެ ތަނެއްގެ ގޮތުގައި މިރަށް ހިމެނިފައިވެއެވެ. މިއީ ދިވެހިރާއްޖެ ފިޔަވައި ދެން ނަގާކިޔާ އެންމެ ރީތި ބީޗްތަކުގެ ތެރޭގައި ހިމެނޭ ބީޗެކެވެ. ރާއްޖެއާއި އަޅާ ބަލާއިރު މިތަނުގެ ތަފާތުކަމަކަށް އޮންނަނީ ވަށައިގެން ފަރުބަދަތަކެވެ. މިބީޗުގައި ހުންނައިރު ފެންނަ އިރުއޮއްސޭ މަންޒަރަކީވެސް ހާދަހާވާ ހިތްގައިމު މަންޒަރެކެވެ.

ކޮރޮން

ކޮރޮން/ ޖޯނީ އީރާ

މިރަށަކީވެސް ރީތި ތަފާތު ބީޗެއް އޮންނަ ތަނެކެވެ. އެލްނިޑޯ އާއި އަޅާބަލާއިރު މިރަށުގެ ތަފާތު ކަމަކީ މިރަށުގައި އޮންނަ "ކަޔަންގާ" ކޯރެވެ. މިއީ ދުނިޔޭގައި އޮންނަ އެންމެ ސާފު ރީތި ކޯރުތަކުގެ ލިސްޓުން ޖާގަ ހޯދާފައިވާ ކޯރެކެވެ. މިތަން ބަލާލަން ވަށައިގެން ދުއްވާލެވޭ ގޮތަށް ހުންނަ ބޯޓުތަކަށް އަރާލައި އެތަޖުރިބާ ކޮށްލުމަކީވެސް ވަރަށް ތަފާތުކަމަކަށް ވާނެއެވެ.

 

މައުލޫމާތު: ގެޓް ޔުއަރ ގައިޑް ޑޮޓް ކޮމް

+1
0
+1
3
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް