November 22, 2024 12:18
Advertisement

-Advertisement-

ނިދީގައި ވާހަކަދެއްކޭ ސަބަބު އެނގޭތަ؟

ނިދީގައި ވާހަކަދެއްކުމަކީ ވަކި އުމުރަކަށް ދިމާވާ މައްސަލައެއްކަމަށް ހޯދިފައެއްނެތެވެ. އެހެންނަމަވެސް ގިނަފަހަރަށް މިމައްސަލަ ދިމާވަނީ ކުޑަކުދިންނާއި ފުރާވަރަށް އަރައިގެން އަންނަ ކުދިންގެ މެދުގައެވެ. އެހެންނަމަވެސް ޒުވާނުންނާއި އުމުރުން ދުވަސްވެފައިވާ މީހުންގެ ތެރޭގައިވެސް މިކަންތައް ދިމާވެއެވެ. ނިދާފައި އޮވެ ވާހަކަދައްކާ މީހުންނަށް އެމީހުންނަށް ވާހަކަދެއްކޭކަން އިހްސާސެއް ނުވެއެވެ. ނިދީގައި ވާހަކަދައްކާ މީހުންނަކީ ސައިކޮލޮޖިކަލް މައްސަލައެއް ހުންނަ ނުވަތަ މާބޮޑަށް ކަންކަމާއި ފިކުރު ބޮޑުވާ މީހުންނެވެ. ނޫންނަމަ އެމީހުންނަކީ "އިންސޮމިނިއާ" ގެ މައްސަލަ ތަހައްމަލު ކުރަމުންދާ މީހުންނެވެ.

ނިދީގައި ވާހަކަދައްކަނީ ކީއްވެ؟ 

މިކަމަކީ ވަކި މައްސަލައެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ހޯދިފައި ނުވިނަމަވެސް މިކަމަކީ ޖެނެޓިކް ކަމަކަށްވުން އެކަށީގެންވާ ކަމެކެވެ. އާއިލާގައި މިމައްސަލަ ދިމާވެފައި ހުރި މީހަކު ހުރެއްޖެނަމަ އެކަން ދިމާވުމަކީވެސް ވެދާނެކަމެކެވެ. ބައެއްފަހަރު މާބޮޑަށް ހުންއައުމުންވެސް ނިދީގައި ވާހަކަދައްކާ މީހުން އުޅެއެވެ. ކަންކަމާމެދު ދެރަވުމުންވެސް މިހެން ދިމާވެއެވެ. އަދި މާބާރުގަދަ ބޭހެއް ބޭނުންކުރާނަމަވެސް ނިދީގައި ވާހަކަދެއްކޭ މީހުން ތިބެއެވެ. މިކަން އެކި މީހުންނަށް ދިމާވަނީ އެކިކަހަލަ ތަފާތު ސަބަބުތަކަށްޓަކައި ކަމުގައި ވީނަމަވެސް މިކަމުން އެއްވެސް ގެއްލުމެއް ނުލިބެއެވެ ކައިރީގައި ނިދާ މީހާއަށް އުދަގޫވެ ބައެއްފަހަރު ޖެހިލުންވެސް ވެއެވެ. 

Advertisement

މިކަން ހައްލުކުރާނީ ކިހިނެއް؟

ނިދީގައި ވާހަކަދައްކާ މީހުން މިކަން ހުއްޓުވުމަށް ދެވިދާނެ ފަރުވާއަކީ ކޮބައިތޯ ނުވަތަ މިކަމަކީ ބޭހެއް ބޭނުންކޮށްގެން ހުއްޓުވިދާނެ ކަމެއްހެއްޔެވެ؟ މިކަމުގައި ޑޮކްޓަރަށް ދައްކައިގެން "ސްލީޕން ރެކޯޑިން" ހަދައިގެން އެކަން ދިމާވާ ސަބަބު ބެލެވިދާނެއެވެ. ނުވަތަ "ސްލީޕިން ޓެސްޓް" ހެދިދާނެއެވެ. މިކަމަކީ ވަކި ބައްޔެއްގެ ގޮތުގައި ބެލެވިފައި ނުވާތީ ވަކި ބޭހެއް ނުވަތަ ފަރުވާއެއް ނުހުރެއެވެ.

ހައްލުކުރުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި:

ނިދާ ތަނަކީ ސާފުތާހިރު ތަނަކަށް ވާންޖެހެއެވެ. ނިދަން އޮށޯންނަ އެނދަކީ އަރާމު އެނދަކަށްވެ، އަރާމު ބާލީސް އަދި އަރާމު ގޮދަނޑިއެއް ބޭނުންކުރާށެވެ. އެއަށްފަހު އާދަކޮށް ކޮންމެ ދުވަހަކުވެސް އެއްގަޑިއެއްގައި ނިދައި އަދި އެއްގަޑިއަކަށް ހޭލަން އާދަކުރާށެވެ. އޭރުން މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދެއެވެ. އެހެންނަމަވެސް ކޮންމެ މީހަކީ ތަފާތު މީހަކަށްވާއިރު މިގޮތަށް ކަންކުރުމުން އެންމެންނަށް ހައްލު ނުލިބިދާނެއެވެ. އެމީހެއްގެ ހަށިގަނޑާއި ގުޅެނީ ކޮންކަމެއް ކުރުމުންތޯ ބަލައި ތަޖުރިބާ ކޮށްގެން މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިދާނެއެވެ.

ކެފެއިން ހުންނަ ބާވަތްތައް މަދުކޮށް ޚާއްސަކޮށް ހަވީރު ވަގުތަށް އަޅާލުމުން އެއްގޮތަކަށްވެސް ކެފެއިން ބޭނުން ނުކުރުމަށް ސަމާލުކަންދޭށެވެ.

ނިދަން ކައިރިވުމުގެ ކުރިން މީހާގެ ހަށިގަނޑު ރިލެކްސް ކޮށްލައި ކޮޓަރިތެރޭގައި ލޮލަށް ފަސޭހަވާ ކަހަލަ ލައިޓެއް ދިއްލާލައި، ނިދުމުގެ ބައިގަޑިއިރު ކުރިން ފޯނު، ލެޕްޓޮޕް އަދި އައިޕެޑް ކަހަލަ އެއްޗެހި ބޭނުންކުރުން ހުއްޓާލާށެވެ.

ދުވާލުގެ އައްޔަށް ހޭނި ދުވާލު ވަގުތު މީހާ ހަރަކާތްތެރިވެ އަދި ޚާއްސަކޮށް ކޮންމެވެސްކަހަލަ ކަސްރަތެއް ކުރަން އާދަކުރާށެވެ. މިކަމުގެ ސަބަބުންވެސް މީހާގެ ހަށިގަނޑަށް ލުއިލިބި ނިދީގައި ވާހަކަދެއްކުމަށް ހައްލު ލިބިގެންދެއެވެ.

އިސްވެދިޔަ ކަންތައްތަކުގެ ތެރެއިން ބައެއް ކަންކަން ކުރުމުން މިމައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބގެންދާ ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ.

 

މައުލޫމާތު: ސްލީޕް ފައުންޑޭޝަން. އޯއާރ ޖީ

+1
0
+1
1
+1
2
+1
3
+1
1
+1
6
+1
0

Advertisement

ގުޅުންހުރި ލިޔުންތައް