November 22, 2024 13:20
Advertisement

-Advertisement-

ދޮންކެޔޮ ހަލާކުނުވެ ގިނަ ދުވަހު ބަހައްޓާނީ ކިހިނެއްކަން އެނގޭތަ؟

ދޮންކޭލަކީ ވަރަށް ގިނަ މީހުންނަށް ކަމުދާ އަދި ވަރަށް މީރު މޭވާއެކެވެ. ރީތި ދޮންކެޔޮ އަރިއެއް ފެނިއްޖެނަމަ ގަނެނުލާ ހިތްހަމަނުޖެހޭ މީހުންވެސް އުޅެއެވެ. އެހެންނަމަވެސް އެއްފަހަރާ އެހާ ބައިވަރު ދޮންކެޔޮ ގަނެފިނަމަ ބޭނުން ނުކުރެވި ހަލާކުވެދާނެތީވެސް ޖެހިލުންވެއެވެ. ދޮންކެޔޮ ގިނަދުވަހު ހަލާކުނުވެ ބެހެއްޓުމަށްޓަކައި އެކި މީހުންގެ ތަޖުރިބާ ތަފާތެވެ. މިކަންކަން އަޖުމަ ބަލާލަމާހިގާށެވެ.

އެހެން މޭވާއާއި އެކުގައި ނުބެހެއްޓުން:

ދޮންކެޔޮ ގަނެގެން ގެނެސް ވަކިން ތަނެއްގައި ރީއްޗަށް އެލުވާލާށެވެ. އެއިރުން ބަލާލަންވެސް އެހާމެ ހިތްގައިމުވާނެއެވެ. އަދި އެހެންމެ ފާވެގެން ހަލާކުނުވެ ހުރުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. އެހެން މޭވާއާއި އެކު އެއްދިމާލެއްގައި ނުވަތަ ބާސްކެޓެއްގައި އެހެން މޭވާތަކާއެކު ބަހައްޓައިފިނަމަ އެކަތި އަނެކައްޗާއި ޖެހި ހަލާކުވެ ނުވަތަ އޭގެ ހޫނުން ފާވެގެންދެއެވެ.

Advertisement

ޕްލާސްޓިކް ކޮތަޅެއް ނުވަތަ ޒިޕްލޮކް ބޭގަކަށް އެޅުން:

ދޮންކެޔޮ ގަނެގެން ގެނެސް ރީތިކޮށް ޕްލާސްޓިކް ކޮތަޅެއް ނުވަތަ ފުޑްރެޕާ ކަހަލަ އެއްޗަކުން ބަންދުކޮށްލާށެވެ. މިގޮތަށް ބަނދުކޮށްލުމުން ހަލާކުވާލެއް ލަސްވެއެވެ. މިގޮތަށް ބަންދުކުރާއިރު ބޮޑަށް ރަނގަޅީ ދޮންކެޔޮވައް ވަކިވަކިން ބަންދުކުރުމެވެ. އޭރުން އަދި އެއަށްވުރެ ރީއްޗަށް ގިނަދުވަހަށް ދޮންކެޔޮތައް ހުރުމުގެ ފުރުސަތު ބޮޑެވެ.

ކެޔޮ ދޮންވުމުން އައިސްއަލަމާރީގައި ރައްކާކުރުން:

ދޮންކެޔޮ ރަނގަޅަށް ދޮންވުމުން ފިނިތަނެއްގައި ނޫނީ އައިސްއަލަމާރީގައި ރައްކާކޮށްފައި ބެހެއްޓުމުން އިތުރަށް ހަލާކުވުމުގެ ފުރުސަތު ކުޑަވެއެވެ. ދޮންކޭލުގެ ބޭރު ތޮށި ކުލަ ބަދަލުވިޔަސް ރަނގަޅުވާނެއެވެ. އަދި ހަމަ އެހެންމެ ރަހައަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ހުތް އެއްޗެހީގެ ސަބަބުން ހަލާކުވުން ދުރުކޮށްދޭ:

ދޮންކެޔޮ ކޮށާފަ ހުތް ޖަހާފައި އައިސްއަލަމާރީގަ މަތިޖަހާފައި ބެހެއްޓުމުންވެސް ބޭނުންކުރަން ރަނގަޅުވާނެއެވެ. ނޫންނަމަ ލުނބޯ ނުވަތަ އޮރެންޖުގެ ދިޔަ ފެލާލާފައި ދޮންކޭލުގެ ބޭރުގައި ހާކާލުމަށްފަހުވެސް ބެހެއްޓިދާނެއެވެ. މިއީވެސް ވަރަށް ތަފާތު ގޮތެކެވެ. މިގޮތަށް ހަދާއިރު ރަހައަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. މިހެންވުމުން ލުނބޯ ނުވަތަ އޮރެންޖުގެ ދިޔައަށް ފެންފޮދެއް އެއްކޮށްލުމަށްފަހު ބޭރުގައި ހާކާލާށެވެ.

ވިނެގަރ ބޭނުންކުރުން

ވިނެގަރކޮޅެއްގެ ތެރެއަށް ފެން އެޅުމަށްފަހު ފިއްސަކުން ދޮންކޭލުގެ ބޭރުގައި ހާކާލުމުން ހަލާކުނުވެ ގިނަދުވަހަށް ހުރެއެވެ. މިގޮތަށް ހެދުމުން ދޮނެކޭލުގެ ތޮށީގެ ކުލައަށްވެސް ބަދަލުނައިސް ގިނަދުވަހު ހުރެއެވެ. ވިނެގަރގެ ސަބަބުން ރަހައަށް ބަދަލު އައިސްދާނެ ކަމަށްޓަކައި ރަނގަޅަށް ދޮވެލުމަށްފަހު ފޮހެލާށެވެ.

އައިސްއަލަމާރީގައި ފްރީޒްކުރުން:

އައިސްއަލަމާރީގައި ހުންނަ ފްރީޒަރުގައި ދޮންކެޔޮ ފްރީޒްކޮށްލުމުން މަސްދުވަހާއި ގާތްކުރާ ވަރަށް ހަލާކުނުވެ ހުރެއެވެ. މިހެން ހެދުމަށްފަހު ސްމޫތީ ނުވަތަ ކޭކް އަދި ބަނާނާބްރެޑް ކަހަލަ އެއްޗެހި ހަދަންވެސް ފަސޭހަވެގެންދެއެވެ. ކުއްލިއަކަށް ދޮންކެޔޮ ބޭނުންކޮށްގެން އެއްޗެއް ހަދާހިތްވެއްޖެނަމަ މިގޮތަށް ބެހެއްޓުމުން ދޮންކެޔޮ ގަންނަން ނުލިބިގެން އުޅޭކަށް ނުޖެހެއެވެ. 

 

މައުލޫމާތު: ޓްޑޭ ޑޮޓްކޮމް

+1
7
+1
6
+1
6
+1
0
+1
0
+1
0
+1
2

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް