November 22, 2024 17:52
Advertisement

-Advertisement-

މައްސަރުކަންތައް ދިމާވުމުން އެވާ ތަދުން ސަލާމަތްވުމަށް ވިސްނަންވީ ކަންތައް

މައްސަރުކަންތައް ނުވަތަ ޕީރިއަޑްވާ މީހުންނަށް ދިމާވާ އެންމެ ބޮޑު އެއްމައްސަލައަކީ ޕީރިއަޑްވާން ކައިރިވުމުންނާއި ޕީރިއަޑް ވުމަށްފަހު އެރިއްސާލާ ރިހުމެވެ. މިތަދު އިހްސާސް ކޮށްލަން އެނގޭނީ އެތަޖުރިބާ ކުރާ މީހުންނަށެވެ. މިއީ އެހާވެސް ވޭންބޮޑު ތަދެކެވެ. މިކަމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެތަދަށް ކެތްތެރިވުމެވެ. ބައެއް މީހުންނަށް ޕީރިއަޑް ދުވަސްވަރު ހޮޑުލާ ބޯއަނބުރާ އޮތްތަނުން ނުތެދުވެވިވެސް އޮންނަން ޖެހެއެވެ. އެހާމެ ވޭނީ ތަދެއްގައި އުޅެންޖެހުމުން މިދުވަސްވަރު އަންނާތީ އެކަމާ ކަންބޮޑުވާ މީހުންވެސް އުޅެއެވެ. މީހާގެ މޫޑަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސް ކޫސަނިކަންކަމާއި ފޫހިވެފައި ތިބޭ ދުވަސްވަރަކަށްވެސް މިދުވަސްވަރު ވެގެންދެއެވެ. ކޮންމެއަކަސް ޕީރިއަޑް ދުވަސްވަރު ދިމާވާ ތަދާއި އުދަގުލުން ރައްކާތެރިވުމަށް ވިސްނަންޖެހޭ ކަންކަންވެސް ހުރެއެވެ.

ލޮނުމަދުކޮށް ކެއުން:

ކެއުމުގައި ބޭނުންކުރާ ކާނާގެ ތެރެއަށް ލޮނުގެ ބާވަތް މަދުކޮށްގެން ކެއުމަކީ ޕީރިއަޑު ދުވަސްވަރު ތަހައްމަލު ކުރާ ތަދާއި އުދަގުލުން ސަލާމަތްކޮށްދޭ ކަމެކެވެ. އަދި ހަމައެހެންމެ ބަނޑު ފުއްޕުމާއި ދިލަ ތަދުންވެސް ދުރުކޮށްދެއެވެ.

Advertisement

ކޮފީ އަދި ކެފެއިން ހުންނަ ބުއިން މަދުކުރުން:

ޕީރިއަޑު ދުވަސްވަރު ގިނައިން ކޮފީ ބުއިމަކީ އެހާ ރަނގަޅުކަމެއް ނޫނެވެ. އޭގެ ސަބަބުން ތަދު އިތުރަށް ބޮޑުވުމާއި އުރަމަތީގައި ހުންނަ ޓިޝޫތަކަށް އަސަރުކޮށް ރިހޭގޮތްވާކަމަށް ވެއެވެ. ޕީރިއަޑު ދުވަސްވަރު އުރަމަތީގައި ގޮއްލާފައި ހުންނަހެން ހީވާނެއެވެ. ކެފެއިންގެ ސަބަބުން އިތުރަށް އޭގެ އުދަގޫވެއެވެ.

ގަޑިންގަޑިއަށް ކެއުމާއި ޖަންކުފުޑް ބޭނުންކުރުން މަދުކުރުން:

ގަޑިންގަޑިއަށް ނުކައިހުރެ ބަނޑުހައިވީމަ ޖަންކުފުޑް ކެއުމުން މާބޮޑަށް ވަރުބަލިވެ ހަށިގަނޑުން ފެންމަދުވެއެވެ. ޖަންކުފުޑުގައި ހަކުރާއި ލޮނުގެ ބާވަތް ގިނަވުމުން އިތުރަށް އުދަގޫވެ ބަނޑު ފުއްޕާގޮތްވެއެވެ.

ޕީރިއަޑް ދުވަސްވަރު ވެކްސް ކުރުމުން ދުރުވުން:

ޕީރިއަޑް ދުވަސްވަރު ވެކްސް ކުރާނަމަ ހަންގަނޑަށް ބަދަލުތަކެއް އާދެއެވެ. އެދުވަސްވަރު ހަންގަނޑު ކުރިއަށްވުރެ ބޮޑަށް "ސެންސިޓިވް" ވާނެއެވެ. އިސްތަށި ބާލާއިރު ލޭއަތުވެއްޖެނަމަ ބެކްޓީރިއާ އުފެދި ފަސޭހަވާން ދުވަސްނެގުމަކީވެސް ވެދާނެކަމެކެވެ. އެދުވަސްވަރު ހަށިގަނޑަށް ވަރަށް ބޮޑެތި ބަދަލުތަކެއްއަންނާތީ ހުރިހާގޮތަކުން ވިސްނަންޖެހެއެވެ. 

ގިނަވަގުތު "ޕެޑް" ޖަހައިގެން އުޅުމުން ދިމާވާ ނުރައްކާތަކުން ދުރުވުން:

މާގިނަވަގުތު 'ޕެޑް' ޖަހައިގެން ނުވަތަ 'ޓެމްޕޮން' ބޭނުންކޮށްގެން އުޅުމަކީ ސިއްހީގޮތުން އެހާ ރައްކާތެރިކަމެއް ނޫނެވެ. އަދި ޚާއްސަކޮށް އެމީހަކާ ގުޅޭ ބްރޭންޑެއް ބޭނުންކުރަން އާދަކުރާށެވެ. 4 ގަޑިއިރާއި 6 ގަޑި އިރުވަންދެން ޕެޑް ބަދަލުނުކުރާނަމަ ހަމުގެ މައްސަލަތައް ދިމާވެ ބެކްޓީރިއާ އުފެދެން މެދުވެރިވެއެވެ. އަދި ވަސް ނުބައިވެ އިތުރު މައްސަލަތައް ދިމާވެއެވެ.

 

މައުލޫމާތު: ހެލްތްޝޮޓްސް.ކޮމް

+1
4
+1
2
+1
8
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް