November 24, 2024 02:50
Advertisement

-Advertisement-

މިއަހަރުގެ ބޯޓިންގ އެވޯޑުގެ 7 ކެޓަގަރީއަކަށް އަލްޝާލީ މެރިންއިން ވާދަކުރޭ!

މިއަހަރުގެ ޑިސެންބަރުމަހުގެ 2 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މޯލްޑިވްސް ނެޝަނަލް ބޯޓިންގ އެވޯޑް އަށް އަލްޝާލީ މެރިން މޯލްޑިވްސްގެ ބޯޓްޔާރޑް ހިމެނޭ ގޮތަށް ތަފާތު 7 ކެޓަގަރީއިން އަލްޝާލީ މެރިން ވަނީ ނޮމިނޭޓްވެފައެވެ.

ނޮމިނޭޓްވެފައިވާ ކެޓަގަރީތައް:

  1. ބެސްޓް ލިވަރބޯޑް / ޔޮޓް ބިލްޑިންގ ކޮމްޕެނީ
  2. ބެސްޓް ޕްރޮޑަކްޝަން ފައިބަރ ވެސެލްސް (5 – 10 މީޓަރ)
  3. ބެސްޓް ޕްރޮޑަކްޝަން ފައިބަރ ވެސެލްސް ( 10 – 15 މީޓަރ)
  4. ބެސްޓް ޕްރޮޑަކްޝަން ފައިބަރ ވެސެލްސް (15 – 45 މީޓަރ)
  5. ބެސްޓް ބޯޓް ޑިޒައިނިންގ އޮފް ދަ އިޔަރ
  6. ބެސްޓް ބޯޓް ޔާރޑް / ސްލިޕްވޭ އޮފް ދަ އިޔަރ
  7. މޯސްޓް ޕްރިފަރޑް މެރިން ޖަނަރޭޓަރ ބްރޭންޑް އޮފް ދަ އިޔަރ

ބެސްޓް ލިވަރ ބޯރޑް/ ޔޮޓް ބިލްޑިންގ ކޮމްޕެނީ އަށް ނޮމިނޭޓް ވެފައިވަނީ އަލްޝާލީ މެރިން މޯލްޑިވްސް އިން ޑިޒައިންކޮށް ރާއްޖޭގައި ބަނދެފައިވާ އޭ އެސް 45 ބްރޭންޑްގެ ޔޮޓް އެވެ.

Advertisement

އާންމުގޮތެއްގައި ރާއްޖޭގައި ބޭނުންކުރަނީ މުޅިންވެސް ރާއްޖެއިން ބޭރުން އެތެރެކޮށްގެން ގެންނަ ޔޮޓްތައް ކަމަށްވިއަސް މިހާރު ރާއްޖޭގެ ކުންފުނިތަކުންވެސް ރާއްޖޭގައި ޔޮޓްތައް ބަންނަން ފެށުމުން ރާއްޖެއިން ބަންނަ ސައިޒުގެ ޔޮޓްތައް ބޭރުން ގެނައުން މަދުވެގެންދާނެކަމަށް ގަބޫލުކުރެވެއެވެ. 

އަލްޝާލީ މެރިން އިން މައިގަނޑުކޮށް ބަންނަމުންދާ މޮޑެލްތައް:

28 ފޫޓުގެ ވޯޓަރ ސްޕޯރޓްސް ލޯންޗް

39 ފޫޓުގެ ސްޕީޑް ލޯންޗް

45 ފޫޓުގެ ސްޕީޑް ލޯންޗް

47 ފޫޓުގެ ސްޕީޑް ލޯންޗް

55 ފޫޓުގެ ސްޕީޑް ލޯންޗް

55 ފޫޓުގެ ކެޓްމަރާން

50 ފޫޓުގެ ޑައިވިންގ އެންޑް އެކްސްކާރޝަން ދޯނި

45 ފޫޓުގެ ޔޮޓް

މި ހުރިހާ އުޅަނދުފަހަރަކީވެސް ކަސްޓަމަރުން ބޭނުންވާގޮތަށް ކަސްޓަމައިޒް ކުރެވޭގޮތަށް ފަރުމާ ކުރެވިފައިހުންނަ އުޅަނދެވެ. ކ. ތިލަފުށީގައި ހުންނަ މިކުންފުނީގެ ބޯޓް ޔާރޑުން އުޅަނދުފަހަރު ބަނުމުގެ އިތުރުން ހުރިހާ ވައްތަރެއްގެ ފައިބަރު އުޅަނދުފަހަރަށް ބޭނުންވާ މަރާމާތު ކުރުމުގެ އެންމެހާ މަސައްކަތެއްވެސް ކުރެވެން ހުރެއެވެ.

  • އެހެލާ ބޭލުން
  • ދަވާދުލުން/ ޖެލްޖަހާދިނުން، ޕޮލިޝް ކުރުން
  • އެލްމިނިއަމް އަދި އެސް.އެސްގެ އެންމެހާ ވެލްޑިންގެ މަސައްކަތް
  • އިންޖީނު އެޅުމާއި މަރާމާތުކޮށްދިނުން
  • ދޮވެ ސާފުކޮށް ފެހިކަހާ/ އެންޓިފައުލިންގ ލާދިނުން
  • ސަތަރި ފަހައިދިނުމާއި މަރާމާތުކުރުން
  • ބޯޓް ފިޓިންގްސްގެ އެންމެހާ މަސައްކަތެއް

އަލްޝާލީ މެރިން އިން ފޯރުކޮށްދޭ ކޮންމެ މަސައްކަތަކަށް 6-12 މަސްދުވަހުގެ 'ޑީފެކްޓްސް ވޮރަންޓީ' ދެއެވެ. އަދި ބޭންކް ނުވަތަ ފައިނޭންޝަލް އިދާރާއެއް މެދުވެރިކޮށް އުޅަދުފަހަރު ބަންނަން ބޭނުންފުޅުވެލައްވާ ފަރާތްތަކަށް ފައިސާ ދެއްކޭނެ ޚާއްސަ ގޮތްތަކެއް ހަމަޖައްސައިދެއެވެ.

އަލްޝާލީ މެރިން މޯލްޑިވްސް އަކީ ރާއްޖޭގެ ރިސޯޓްތަކަށާއި، ގެސްޓްހައުސް، ސަރުކާރުގެ ކުންފުނިތަކާއި އެކިއެކި އިދާރާތަކުގެ އިތުރުން އާންމު އެކިއެކި ފަރާތްތަކަށް ބޭނުންވާ އުޅަނދުފަހަރުތައް ފަރުމާކޮށް ބަނުމުގެ އިތުރުން ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ފޭސް 2 އަދި 3 އަށް ބޭނުންވާ އެންމެހާ ލޯންޗްތައް ބަންނަމުންދާ މަޝްހޫރު ކުންފުންޏެކެވެ.

ފޯން ނަންބަރު: 7776482 / 6646066  

[email protected]

+1
0
+1
1
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް