ސައިކަލު ދުއްވާއިރު އެއަށް ދިމާވާ ކުދިކުދި މައްސަލަތައް ހައްލުކުރުމާއި އެކަންކަން ދިމާވާން މެދުވެރިވާ ސަބަބުތައް ދެނެގަތުން މުހިންމެވެ. ސައިކަލެއް ގަންނައިރު އެނގެންޖެހޭ ބައެއް މުހިންމު މައުލޫމާތުތައް ހުރެއެވެ. ގިނަ ދުވަހު ހަލާކުނުވެ އެއެއްޗެއް ގެންގުޅެވިދާނެ ގޮތްތައް ހޯދައި އެ ބަލަހައްޓަންޖެހެއެވެ. ފަސޭހަކަމާއެކު ސައިކަލު ދުއްވާލެވެންވާނެއެވެ. އަޑުއަޑު ކިޔައި މަގުމައްޗަށް ހުއްޓި މައްސަލަ ދިމާވާނަމަ އެކަންކަން ހައްލުކުރަންވެސް އެނގެންވާނެއެވެ. އޭގެ ކުރިން މައްސަލަ ޖެހިދާނެ ކަމަށްޓަކައި ކުރަންވީ ކަންކަން ބަލާލުން މުހިންމެވެ.
ތެޔޮ ބަދަލުކުރުން
އެއްގަމުގައި ދުއްވާ ހުރިހާ އުޅަދެއްގައިވެސް ވަކި މިންވަރަކަށް ދުއްވުމުން އަޑީތެޔޮ ބަދަލުކުރަންވާނެއެވެ. އެހެންނޫނީ އިންޖީނުގެ މައްސަލަތައް ދިމާވުން އެކަށީގެންވެއެވެ. މާބޮޑަށް ހިރަފުސް ތަންތަނުގައި ދުއްވާނަމަ އަވަސްއަވަހަށް ތެޔޮ ބަދަލުކުރަންވާނެއެވެ. ސައިކަލު ދުއްވުމުގެ ކުރިން ހުރީ ރަނގަޅަށްތޯ ބަލައި ތެޔޮ ހުރި މިންވަރު ބަލާލަން ވާނެއެވެ.
ޑްރައިވް ޗެއިން
ސައިކަލުގައި އިންނަ ޗެއިން ރަނގަޅަށް ބެލެހެއްޓުން މުހިންމެވެ. ޗެއިން ހޫނުކޮށް ހުއްޓާ ތެޔޮ ޖެހުމުން ހުރިހާ ދިމާލަކަށް ތެލުގެ އަސަރުކޮށް މަސައްކަތްކުރާލެއް ރަނގަޅުވެ ގިނަ ދުވަހު މައްސަލަ ނުޖެހި ހުރެއެވެ. ޗެއިންއަށް މައްސަލަ ދިމާވެއްޖެނަމަ އެއީ އެހާ ރައްކާތެރިކަމެއް ނޫނެވެ. މިއީ ވަރަށް ބޮޑަށް ބަލައި ވިސްނަންޖެހޭ ކަމެކެވެ.
ޓަޔަރު
ގިނައިން ދުއްވުމުން ޓަޔަރު ގޭނި ހަލާކުވެއެވެ. ޓަޔަރު ގޭނުމުން ދުއްވާއިރު އެހާ ސްމޫތުކޮށް ނުދުއްވޭނެއެވެ. ފާޑެއްގެ ތުރުތުރެއް އެޅުމަށްފަހު ދުއްވަން އެހާ ފަސޭހަނުވެއެވެ. ގިނައިން ދުއްވާނަމަ ޓަޔަރުވެސް ގޭނޭލެއް އަވަސްވާނެއެވެ. ފެންވަރު ރަނނގަޅު ޓަޔަރެއް ބޭނުންކުރުމަކީ ގިނަ ދުވަހު ސައިކަލުު ހަލާކުވުމުން ސަލާމަތްކޮށްދޭނެ ކަމެކެވެ.
ބްރޭކްސް
ބުރަކިވެސް ޗެކްކޮށްލާށެވެ. ބުރަކި މައްސަލަޖެހިއްޖެނަމަ އެކްސިޑެންޓް ވުމަށް މަގުފަހިވާ ފަހަރުވެސް އާދެއެވެ. ސައިކަލުގެ ބުރަކި މިއީ ވަރަށް މުހިންމު އެއްޗެކެވެ.
އެއަރ ފިލްޓަރ
އެއަރ ފިލްޓަރގައި މައްސަލަ ޖެހިއްޖެނަމަ އިންޖީނަށް މައްސަލަޖެހުން އެކަށީގެންވެއެވެ. އެހެންވީމާ އެއަރ ފިލްޓަރ ސާފުކޮށް ބެހެއްޓުން ވަރަށް މުހިނންްމެވެ. ސާފުކޮށްލުމުން ޕަވަރު މަތިވެފައި ދުއްވަންވެސް ފަސޭހަވާނެއެވެ.
ފިއުލް
ސައިކަލުު ދުއްވާއިރު އެހާ ކޮލިޓީދަށް ފިއުލް އަޅާނަމަ ސައިކަލުގައި މައްސަލަތައްޖެހޭލެއް އަވަސްވާނެއެވެ. މިއީވެސް ވިސްނަންޖެހޭ ކަމެކެވެ.
ބެޓަރި
ސައިކަލު ނުދުއްވާ ބަހައްޓާނަމަވެސް ސައިކަލުގެ ބެޓަރި 100 ޕަސެންޓުގައި ބަހައްޓަންޖެހެއެވެ. ބެޓަރިވެސް ރަނގަޅަށް ސާފުކޮށް ބަލަހައްޓަންވާނެއެވެ.
މައުލޫމާތު: މޭކް ލިންޝިއުރެންސް ޑޮޓްކޮމް