November 25, 2024 21:03
Advertisement

-Advertisement-

އެންޒައިޓީގެ ސަބަބުން ބަނޑުގެ އެކިމައްސަލަތަކާއި ކުރިމަތިލާން ޖެހިދާނެބާ؟

މާބޮޑަށް ހާސްވުމުން ދިމާވާ ބައެއްކަހަލަ ކަންކަމުގެ ސަބަބުން ހަށިގަނޑަށް ނޭދެވޭ އަސަރުކުރެއެވެ. ގިނަފަހަރަށް މިކަންކަން ތަހައްމަލު ކުރަމުންދަނީ އެންޒައިޓީގެ މައްސަލަ ދިމާވެފައި ތިބޭ މީހުންނެވެ. އަދި އެހެންމެ ޑިޕްރެޝަންގެ މައްސަލަ ހުންނަ މީހުންނަށް އެކިކަހަލަ މައްސަލަތައް ދިމާވެ ސިއްހީގޮތުން ނުރައްކާތެރި ފައްތަރަކަށް ދެއެވެ. އެންޒައިޓީއަކީ ތިމާއަށް ނޭނގުނަސް ނުރައްކާތެރި ކަމެކެވެ. އެކަމުގެ ސަބަބުން ލިބިދޭ އެތައް ގެއްލުމެއް ހުރެއެވެ. އެކަން ތިމާއަށް ފާހަގަނުވެދާ ފަހަރުތައްވެސް އާދެއެވެ. ސިކުނޑިއަށް ބާރުބޮޑުވުމުގެ ސަބަބުން ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަށްވެސް ބާރު ފޯރައެވެ. މިގޮތުން ދިމާވާ ބައެއް އުދަގޫތައް ހިއްސާކޮށްލާނަމެވެ.

ބަނޑަށް އުދަގޫވެ ޑައިޖެސްޓިވް މައްސަލަ ޖެހުން

ސިކުނޑިއަށް ދިމާވާ ކޮންމެ ކަމަކީވެސް ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށް އަސަރުކުރާނެ ކަންކަމެވެ. މިކަންކަމަށް ވިސްނައި ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. ބަނޑަށް ތަދުވެ ބަނޑު ފުއްޕާ ގޭސްޓްރައިޓިސް ވާހެން ހީވާން ފަށައެވެ. ކާހިތްވުމާއި ދުރަށްގޮސް މީހާ ވަރުބަލިކޮށްލައެވެ. އަބަދު ހީވާނީ ބަނޑު ފުރިފައި ހުންނަހެނެވެ. ބައެއްފަހަރު ނިދަން އުދަގޫވެ ބޮޑުކަމުދާންވެސް އުދަގޫވެއެވެ. މިކަމަކީ އެންޒައިޓީގެ ސަބަބުން ދިމާވާ ވަރަށް އާއްމު މައްސަލައެއް ކަމުގައި ސިއްހީ މާހިރުން ފާހަގަކޮށްފައިވެއެވެ. 

Advertisement

ބޭރަށް ހިންގުން

ބައެއްމީހުންނަށް ދިމާވާ ކަމަކީ މާބޮޑަށް ހާސްވެ އެންޒައިޓީވުމުގެ ސަބަބުން ހިތްއަވަސްވާން ފެށުމެވެ. އަބަދުވެސް ހީވާނީ ފާޚާނާއަށް ދެވެން އުޅޭހެންނެވެ. ބޭރަށް ހިންގައި މީހާގެ ގައިގައި ހަކަތަ މަދުވެ ވަރުބަލިވާފަހަރުވެސް ދިމާވެއެވެ. 

ބޯއަނބުރާ ހޮޑުލަވާގޮތްވުން

އެންޒައިޓީގެ ސަބަބުން ބައެއް މީހުންނަށް ހީވާނީ ހޮޑުލަވާހެންނެވެ. މިކަމަކީވެސް ސިކުނޑިއާއި ގުޅިފައިވާ ކަމަކަށް ވެދާނެއެވެ. ސިކުނޑި ހަމައަކަށް އަޅުވައިގެން ނޫނީ މިކަމަކަށްވެސް ހައްލެއް ނާދެއެވެ. ހޮޑުލަވައި ބޯއަނބުރާ މީހާ ބަލިވާން ފަށައެވެ. ބައެއް މީހުންނަށް މިކަންކަންދިމާވާ އަސްލު ސަބަބު ދެނެގަންނަން އެހާ ފަސޭހަނުވެއެވެ. މިހެންވުމުގެ ސަބަބުން މިކަމަށް ފަރުވާ ކުރަންވެސް ނޭނގިދެއެވެ.

އަބަދު ހީސްލަވާހެން ހީވުން

ހާސްވުމާއި އެންޒައިޓީގެ ސަބަބުން ރޭގަނޑުގެ ގިނަވަގުތު ނިދުމަށް އުދަގޫވެއެވެ. އަދި އަބަދު ހީސްލަވާފައި ހުންނަހެން ހީވެ ބްލެޑާއަށް ބާރުކުރެއެވެ. ހާސްކަން އިތުރުވާ ވަރަކަށް ހީސްލަވާހެން ހީވާލެއް ބޮޑުވެއެވެ. މިއީވެސް ވަރަށް ގިނަ މީހުންނަށް ނޭނގިފައިވާ މައްސަައެއް ކަމުން ގިނަ މީހުން މިމައްސަލައިގެ ސަބަބުން ކުޑަކަމުދާ މައްސަލަ ދިމާވުން ކަމުގައި ހީވެ އެކަމަށް ފަރުވާ ހޯދަން ފަށައެވެ.

މިއިން ކޮންމެ ކަމަކީ ވަކި ބައްޔެއް ކަމުގައި ބަލައިގެން ފަރުވާ ކުރުމުގެ ކުރިން މިމައްސަލަތައް ހުރިކަން ފާހަގަވާނަމަ ސައިކޭޓްރިސްޓެއްގެ ލަފާ ހޯދާށެވެ.

+1
0
+1
2
+1
2
+1
0
+1
5
+1
0
+1
2

Advertisement

ގުޅުންހުރި ލިޔުންތައް