ބްލޫބެރީއަކީ މޭވާތަކުގެ ތެރެއިން ވަރަށް ތަފާތު އަދި ރާއްޖޭގައި އެހާ ގިނައިން ލިބެން ހުންނަ މޭވާއެއް ނޫނެވެ. އަގުގެ ގޮތުން ބަލާއިރުވެސް އެހާ އަގުހެޔޮ ނޫން މޭވާއެކެވެ. އާއްމުގޮތެއްގައި މީހުން ބްލޫބެރީ ބޭނުންކުރަނީ ކާލަން ފަސޭހަވެފައި އަނގަޔަށްވެސް މީރު މޭވާއަކަށްވާތީއެވެ. މިމޭވާއިން ގިނަ ފައިދާތަކެއް ލިބެއެވެ.
އެންޓިއެކޮސިޑެންޓް
މިމޭވާއަކީ އެހެން މޭވާއާއި ޚިލާފަށް އެންޓި އޮކްސިޑެންޓްގެ މާއްދާ ވަރަށް ބޮޑަށް އެކުލެވިގެންވާ ކެމިކަލްއެއް ނެތް ގުދުރަތީ ގޮތުން އުފެދިފައިވާ ވަރަށް ފައިދާހުރި މޭވާއެކެވެ.
ބްލަޑް ޕްރެޝަރ ދަށްކޮށްދީ ލޭހޮޅިތައް ބަންދު ނުވެ ހިފަހައްޓައިދެއެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން ލޭދައުރުކުރާ ހޮޅި ސާފުކޮށްދީ ނާރުތައް ރަނގަޅަށް މަސައްކަތް ކުރުމަށްވެސް އެހީތެރިވެދެއެވެ. ޚާއްސަކޮށް އިއްދައިގެން ކެޑިފައިވާ އަންހެނުންނަށްވެސް ސިއްހީގޮތުން ބޭނުންކުރުމަށް ރަނގަޅު މެވާއެކެވެ.
ހާރޓްއެޓޭކް ޖެހުމުން ދުރުކޮށްދޭ
ބްލޫބެރީގައި ހުންނަ މާއްދާއެއްގެ ސަބަބުން ކޮލޮސްޓްރޯލް ލެވެލް އެއްވަރެއްގައި ހުރުމަށް އެހީތެރިވެދެއެވެ. މިކަމުގެ ސަބަބުން ހިތުގެ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ހަނިވެގެންދެއެވެ.
ހަކުރުބައްޔަށް ފަރުވާއެއް
ބުލޫބެރީއަކީ ހަކުރު ހުންނަ މީހުންވެސް ކެއުމަށް ރަނގަޅު މޭވާއެކެވެ. ފޮނިއެއްޗެހި އާންމުކޮށް ކެއުމުގެ ބަދަލުގައި ބުލޫބެރީ ބޭނުންކުރުން އެދެވިގެންވެއެވެ.
ލޮލުގެ ފެނުން އަލިކޮށްދޭ
ކޮންމެ ދުވަހެއްގެ ކެއުމުގައި ބުލޫބެރީ ބޭނުންކުރުމުން ލޮލުގެ ފެނުން ރަނގަޅުވެއެވެ. އޮކްސިޖަން ލެވެލް އެއްވަރެއްގައި ހިފަހައްޓައިދީ ލޭދައުރުކުރުމުގައިވެސް މުހިއްމު ރޯލެއް އަދާކޮށްދެއެވެ.
ބަނޑުގައި ވައިހެދުމުގެ މައްސަލައަށް ހައްލެއް
ބަނޑުގައި ހެދޭ ވައިގެ އުދަގުލުން ސަލާމަތްކޮށްދީ ބަނޑަށް އުދަގޫވެ ބޮޑުކަމުދިއުމަށް އުދަގޫވާ މައްސަލައަށް ހައްލު ލިބިގެންވާ މޭވާއެއްގެ ގޮތުގައި ބުލޫބެރީ ހިމެނިފައިވެއެވެ. ބުލޫބެރީއަކީ ސިއްހީގޮތުން އަޖައިބުކުރުވަނިވި އެތައް ކަމަކަށް ހައްލު ލިބިގެންވާ މީރު އަދި އެހާމެ ރީތި މޭވާއެއްވެސް މެއެވެ.
މައުލޫމާތު: ބީބީސީ