November 22, 2024 03:02
Advertisement

-Advertisement-

މެންދުރުފަހު ކުޑަވަގުތުކޮޅަކަށް ނަމަވެސް ނިދުމުގެ މުހިންމުކަން އެނގެނީ ކިހާވަރަކަށް؟

މެންދުރުފަހު ކުޑަވަގުތުކޮޅަކަށް ނަމަވެސް ނިދުމަކީ ކިހާވަރެއްގެ މުހިންމު ކަމެއްކަން އެނގޭހެއްޔެވެ. ދުވާލުގެ ވަގުތުގައި މަސައްކަތުގެ ބިޒީ ކަމުން ނިދުމަށް ވަގުތު ހޯދުމަކީ އުދަގޫކަމަކަށް ވަނީ ވެފައެވެ. ކޮންމެ ކަމަކީވެސް އެކަމަށް ޚާއްސަ ވަގުތެއް ކަނޑައަޅައިފިނަމަ ކުރެވިދާނެ ކަމެކެވެ. އާންމުކޮށް ނިދުމަށް އެންމެ ރަނގަޅު ވަގުތަކީ މެންދުރުފަހު 1 އިން 3 އާއި ދެމެދެވެ. އޭގެ ފަހުން ނިދައިފިނަމަ ދުވަހުގެ އެހެން ކަންކަމަށް ބުރޫއަރައި ރޭގަނޑުގެ އަރާމު ނިދި އެންމެ އެދެވޭގޮތެއްގައި ނުލިބިދާނެއެވެ. މިގޮތަށް ނިދާނަމަވެސް 30 މިނިޓަށްވުރެ ގިނައިން ނިދުމަކީ އެންމެ އެދެވިގެންވާ ގޮތެއް ނޫނެވެ. އާއްމުގޮތެއްގައި 10 މިނިޓާއި 30 މިނިޓުގެ ވަގުތުކޮޅަކަށް ނިދާލުމުން ވަރަށް ބޮޑު ތަފާތެއް ފެނިގެންދާނެއެވެ. ޚާއްސަކޮށް މަސައްކަތުގެ މާހައުލުގައި ބުރަކޮށް އުޅޭ މީހުންނަށް އެތައް ލުޔެއް ލިބިގެންދެއެވެ. މާގިނައިރު ނިދައިފިނަމަވެސް ގެއްލުން ލިބިދާނެއެވެ. އޭރުން މީހާ މާބޮޑަށް ކަންނެތްވެ ދުވަހުގެ މަސައްކަތާއި ދުރުވެ ފޫހިކުރުވައެވެ. ކުޑަވަގުތުކޮޅަކު ނިދާލުމަށްފަހު ހޭލަން އުދަގޫވާނަމަ ކޮފީ ނުވަތަ ސައިތައްޓެއް ބޯލުމަށްފަހު ނިދާލުމުން ހޭލަން ފަސޭހަވާނެއެވެ.

މީހާގެ ހަށިގަނޑަށް އިތުރު ހަކަތަ ލިބޭ

މެންދުރުފަހު ކުޑަވަގުތުކޮޅެއްގައި ނިދާލުމުން ހަށިގަނޑު ލޮޑުވެފައި ހުންނަ ހުރުމަށް ހައްލު ލިބި މީހާގެ ސިކުނޑިއަށް ތާޒާކަން ގެނުވައެވެ. މީހާގެ މޫޑު ރަނގަޅުވެ މަސައްކަތްކުރަން އިތުރު ހިތްވަރެއް ލިބިގެންދެއެވެ. ބައެއްފަހަރު މާބުރަކޮށް އުޅެން ޖެހުމުން މީހާ ކަންބޮޑުވެ، ރުޅިގަދަވެ އެންމެ އެދެވޭގޮތުގައި މަސައްކަތް ކުރިއަށް ނުގެންދެވި ދެއެވެ. ކުޑަވަގުތުކޮޅަކަށް ނިދުމަށްފަހު ހޭލުމުން މީހާގެ ސިކުނޑި ބޮޑަށް މަސައްކަތްކުރާހެންވެސް ހީވާނެއެވެ.

Advertisement

އުފެއްދުންތެރިކަން އިތުރުވުން

މަސައްކަތަކީ ވަރަށް ސިކުނޑި ބޭނުންކޮށްގެން ކުރާކަހަލަ މަސައްކަތެއްނަމަ ނިދާލުމުން ރަނގަޅު ވިސްނުން ލިބެން ފަށައެވެ. މިސާލަކަށް ޑިޒައިން ކުރާ މީހެއްނަމަ ޑިޒައިން ކުރުމުގެ މަސައްކަތް އިތުރަށް ފުރިހަމަވެގެންގޮސް މަސައްކަތް އަވަހަށް ނިންމެއެވެ. މިސާލަކަށް ފަހާ މީހެއްނަމަ ފެހުމުގައި އެންމެ އެދެވޭ ގޮތުގައި މަސައްކަތް ކުރެވިގެންގޮސް މުޅި ދުވަހުގެ މަސައްކަތަށް އިތުރު ފުހިހަމަކަންވެސް ގެނުވައެވެ.

ވަރުބަލިކަން ފިލައިގޮސް މޫޑު ރަނގަޅުކޮށްދިނުން

ކުޑަކުޑަ ވަގުތުކޮޅަކަށްނަމަވެސް ނިދާލުމުން ދުވަހުގެ ވަރުބަލިކަން ފިލައިދެއެވެ. ނިދާލުމަކީ މީހާގެ މޫޑު ރަނގަޅުކުރަން ލިބޭ 'ބޭހަކަށް' ވެގެންދެއެވެ. މުޅި މީހާގެ ހަށިގަނޑަށް އިތުރު ހަކަތަ ލިބި ހަށިގަނޑުގައި ހުންނަ ލޮޑުކަމާއި ފޫހިކަން ފިލައިދެއެވެ.

ސްޓްރެސް ލެވެލް ދަށްކޮށްދޭ

މަސައްކަތުގައި އުޅޭއިރު މާބޮޑަށް ސްޓްރެސްވާނަމަ ބަލިވެދާނެއެވެ. ބައެއްފަހަރު ބޮލުގައި ރިހުމާއި މައިގްރޭން ހުންނަ މީހުންގެ މައިގްރޭންގެ އަސަރު ބޮޑުވުން ކަހަލަ ކަންކަން ދިމާވެއެވެ. ސިއްހީގޮތުން ލިބިދޭ ފައިދާތައްވެސް ގިނައެވެ. މަސައްކަތުގެ ގޮތުން މީހާ ސްޓްރެސްވެގެންގޮސް ރުޅިގަދަވެ އެރުޅި އަމިއްލަ ދަރިންނާއި ނުވަތަ އެކުގައި އުޅޭ ރަހުމަތްތެރިންނަށްވެސް ބޭލެއެވެ. މިކަމުގެ އެންމެ އަވަސް ހައްލެއްގެ ގޮތުގައި މެންދުރު ނިދާލެވިދާނެއެވެ. 

ހިތުގެ މައްސަލަތައް ޖެހުން މަދުވުން

އާއްމުގޮތެއްގައި ނިދުމަކީ ސިއްހީ ގޮތުން ބަލާއިރުވެސް ރަނގަޅު ކަމަކަށް ވުމާއިއެކު ހިތުގެ މައްސަލަތައް ޖެހުންވެސް ކުޑަކޮށްދެއެވެ. ހަށިގަނޑު ރިލެކްސްވުމުން އިތުރު މައްސަލަތައް ޖެހުން މަދުވަނީއެވެ. 

+1
0
+1
2
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް