November 27, 2024 10:34
Advertisement

-Advertisement-

ތާރީޚީ ދުވަހެއް: އެއަރ ކޯރ އިފްތިތާހުކޮށްދެއްވައި، ޔޫ.އޭ.ވީ ސިފައިންގެ ޚިދުމަތަށް ތަޢާރަފްކޮށްދެއްވުން

އެއްގަމާއި ކަނޑާއި ވައިގެމަގުން ދިވެހިރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް އަސްކަރީ ޤާބިލުކަން ވަރުގަދަކުރުމަށް އައު ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އެއަރ ކޯރ އިފުތިތާހު ކޮށްދެއްވައިފައެވެ.

މި މާރިޗް މަހުގެ 15 ވަނަ ދުވަހުގެ ރޭ ނ. މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވަނީ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފް ކޮށްދެއްވައިފައެވެ.

ދިވެހިރާއްޖޭގެ ތާރީޚުގައި އަލަށް ވައިގެ ސަރަހައްދު ބަލަހައްޓާނެ ބާރެއް އުފައްދަވައި އެ ބާރުގައި ޔޫ.އޭ.ވީ ބޭނުން ކުރަން ފެށުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލާއި ސިޔާދަތު ހިމާޔަތްކޮށް ދިފާޢުކުރުމަށް އެޅޭނެ ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. މި ޚިދުމަތުގެ ސަބަބުން ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރަށް މި ސަރަހައްދުގައި ހިނގާފާނެ ޣައިރު ޤާނޫނީ އަމަލުތައް ހުއްޓުވުމަށްވެސް އެހީތެރިކަން ލިބިގެންދާނެއެވެ.

Advertisement

މި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ޔޫ.އޭ.ވީ ތަޢާރަފް ކޮށްދެއްވުމަށްފަހު އެމް.އެން.ޑީ.އެފް އިން ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓަން ފެއްޓުމުގެ ޤަރާރުގައި ސޮއިކުރައްވާފައެވެ. އެއަށްފަހު އެމް.އެން.ޑީ.އެފް އަށް ޔޫ.އޭ.ވީ އާއި އެއަރ ސަރވެއިލަންސް ޤާބިލުކަން ހޯއްދަވައިދެއްވުމުގެ ޝަރަފުގައި އެމަނިކުފާނަށް 7 ބަޑީގެ ސެލިއުޓެއް ދިވެހި ޤައުމީ ދިފާޢީ ބާރުން ވަނީ އަރުވައިފައެވެ.

" މީގެކުރިން އަޅުގަނޑުމެންގެ ކަނޑުގެ އަޑި ދިރާސާކުރަންވެސް އެހެން ފަރާތްތަކުގެ އެހީ ހޯދަން ޖެހިފައި އޮތީ. އެކަންވެސް އިރާދަކުރެއްވީތީ ދެން ކުރިއަށްގެންދާނީ އަސްކަރިއްޔާގެ ފަރާތުން. އެކަމަށްޓަކައި ބޭނުންވާ ބަޖެޓު މިހާރު ވާނީ ހަމަޖައްސައިދީފައި އެމްއެންޑީއެފް އަށް. މިއަހަރުތެރޭގައި އިރާދަކުރެއްވިއްޔާ ހައިޑްރޮގްރަފީގެ މަސައްކަތްވެސް އެމްއެންޑީއެފްގައި އެ ކެޕޭސިޓީ ގާއިމްކުރެވިގެން އަޅުގަނޑުމެން އަމިއްލައަށް ކުރަން ފަށާނަން. އަޅުގަނޑުމެންގެ އިންފާރުގެ އެތެރެ އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލްކަން ލިބިފައިވާ ބައެއްކަމާއި އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ އިގްތިސާދު ނަގާ ކޮޅަށްޖަހާ އަޅުގަނޑުމެންގެ މިއޮތް ބޮޑު ސަރަހައްދުގެ ބޭނުން ފުރިހަމަގޮތުގައި ހިފައިގެން އިގްތިސާދީ ގޮތުންވެސް މިނިވަންކަން ލިބިގެންދާނެ ބައެއްކަން ގަބޫލުކުރަން އެބަޖެހޭ ފަށަން". ރައީސް ޑރ. މުޢިއްޒު މި ރަސްމިއްޔާތުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވީ އެއަރ ކޯރ ގެ ޚިދުމަތާއިއެކު ދިވެހި އަސްކަރިއްޔާ ޚިދުމަތް މުޅިން އެހެން ހަރުފަތަކަށް މައްޗަށް ޖެހިލާފައިވާކަމަށެވެ. އަދި މީގެ ފަހުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ޤައުމުގެ މިނިވަންކަން ދިފާޢުކުރުމަށް މަސައްކަތް ކުރާނީ ސީދާ ރާއްޖޭގެ ދިފާޢީ ބާރުންކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގެން ދިވެހި ސިފައިންގެ އަމިއްލަ ބާރުވެރިކަން ޔަގީންކުރެއްވުމަށް ކުރެވެންހުރި މަސައްކަތެއް ކުރެއްވިއެވެ. މިގޮތުން އެއަރ ކޯ އިފްތިތާހުވުމަކީ ތާރީޚީ ބޮޑު ނިންމުމެކެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް