ސްޓްރޯބެރީ އަކީ މީރު އަދި ބަލާލަންވެސް އެހާމެ ރީތި މޭވާއެކެވެ. ސްޓްރޯބެރީއަކީ ވަކި މޫސުމެއްގައި އަގުހެޔޮކޮށް ގިނައިން ގަންނަން ލިބެން ހުންނަ އެއްޗެއް ކަމުގައިވިޔަސް އެހެން މޫސުންތަކުގައިވެސް މަދުން ލިބެން ހުރެއެވެ. ސްޓްރޯބެރީ ހެދެނީ އާއްމުކޮށް ފިނިތަންތާގައެވެ. ރާއްޖޭގައި ސްޓްރޯބެރީ ލިބެން ހުންނަނީ ބައެއް ރަށްރަށުގައެވެ. އަދި ލިބެން ހުންނަނީ އެހާ ތާޒާކޮށެއްވެސް ނޫނެވެ. މިއީ ކުޑަކުދިންގެ މެދުގައިވެސް ވަރަށް މަޝްހޫރު އެކުދިން އެންމެ ގަޔާވެގެން ކައިއުޅޭ އެއް މޭވާއެވެ. ސްޓްރޯބެރީން ލިބިދޭ ގިނަ ފައިދާތައް އެނގުން މުހިންމެވެ.
ކެލޮރީސް މަދު މޭވާއެއް
މި މޭވާއަކީ ކެލޮރީސް ވަރަށް މަދު ފޮނި މޭވާއެކެވެ. ފޮނި އެއްޗެހި ކާހިތްވާ މީހުންނަށް ސްޓްރޯބެރީއަކީ ވަރަށް ރަނގަޅު މޭވާއެކެވެ. ގިނައިން ކާލަން ބޭނުންނަމަވެސް ޖެހިލުންވާކަށް ނުޖެހެއެވެ. ޑައެޓް ކުރާ މީހުންނަށް މިމޭވާއަކީ ވަރަށް ފައްކާ މޭވާއަކަށް ވާނެއެވެ.
ހިތުގެ ބަލިތަކަށް ހައްލު ހޯދައިދޭ
ހިތުގެ މައްސަލަ ހުންނަ މީހުންނަށް ސްޓްރޯބެރީއަކީ ވަރަށް ރަނގަޅު މޭވާއެކެވެ. މިމޭވާ އާއްމުކޮށް ކާމީހުންނަށް ހިތުގެ މައްސަލަތައް ޖެހޭ މިންވަރު މަދުކަމަށް ލިޔުންތަކުގައި ފާހަގަކޮށްފައިވެއެވެ.
ބްލަޑް ޝުގަރ ލެވެލް ދަށްކޮށްދޭ
ސްޓްރޯބެރީ އަކީ ކުލަގަދަކޮށް ހުންނަ ކާހިތްވާ މޭވާއެއް ކަމުގައި ގިނަ މީހުން ފާހަގަކުރެއެވެ. ހަކުރު ހުންނަ މީހުން ފޮނި އެއްޗެހި ކާހިތްވިޔަސް ނުކެވޭތީ އެކަމާ ދެރަވެގެން އުޅެއެވެ. އެހެންނަމަވެސް އެކަމުގެ ހައްލެއްގެ ގޮތުގައި ސްޓްރޯބެރީ ފުދެއެވެ.
ކެންސަރުބައްޔަށް ހައްލު ހޯދައިދޭ
ސްޓްރޯބެރީއަކީ ކެންސަރަށް މަގުފަހިވާ ސެލް އިތުރަށް 'ގްރޯ' ނުވެ ހިފަހައްޓައިދޭ މޭވާއެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. ވިޓަމިންސީގެ މާއްދާވެސް އެކުލެވޭ މިމޭވާގެ ސަބަބުން ލިބޭ ފައިދާތައް ގިނަގުނަވެފައި ރަނގަޅެވެ. އަދި ސްޓްރޯބެރީ ކެއުމުން ދަތުގައި އާންމުކޮށް ހަރުލާފައި ހުންނަ ނުބައިވަސް ކަނޑުވައިދީ ތާޒާކަން އިހުސާސްވެއެވެ.