ކޮންމެފަދަ ވަގުތެއްގައިވެސް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް އަބަދުވެސް ވިސްނާށެވެ. އަމިއްލަ ނަފްސު ދިފާއު ކުރެވޭވަރަށް މައުލޫމާތާއި ތަމްރީނު ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަބަދުވެސް މިފަދަ ކަންކަމަށް ޖެހޭނީ ހޭލުންތެރިވެ ވިސްނައިގެން އުޅޭށެވެ. އެގޮތުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ކުރެވިދާނެ ވަރަށްގިނަ ކަންކަން ހުންނާނެއެވެ. އެކަނި ދަތުރުފަތުރުކޮށް އުޅުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަމެކެވެ. މިފަދަ ހާދިސާއަކުން ސަލާމަތްވުމަށް ވިސްނުން ގެންގުޅެންޖެހޭ މުހިންމު ބައެއް ކަންކަމަށް ބަލާލާނަމެވެ.
- މަގުމަތިން ހިނގާއިރު ފާރާ ދެމެދު އަތެއްގެ ދުރުމިން ބެހެއްޓުން
ފާރަލައިގެންހުރެ ހަމަލައެއްދޭން މަސައްކަތްކުރާ މީހާގެ ކިބައިން ސަލާމަތްވުމަށް ވަގުތުލިބި ސަލާމަތްވެގެން ދިއުމަށް ވަގުތު ލިބޭނެއެވެ. ހިނގާފަދާއިރު އަބަދުވެސް ތިމާގެ ވަށައިގެންވާ މާހައުލުން ދިމާވެދާނެ ނުރައްކަލަކަށް ތައްޔާރުވެ ވިސްނަންވާނެއެވެ.
- ކާރު ޕާކުކުރާއިރު ކާރުގެ ފަހަތުކޮޅު މަގުގެ ފާރާވީ ފަޅިއަށް ޕާކުކުރުން
މިގޮތަށް ޕާކު ކުރުމުން ކަމެއް ދިމާވެގެން ބިރުގަނެ، ހާސްވެ އަވަހަށް އެތަނެއް ދޫކޮށް ދާން ބަލާއިރު އަވަހަށް ދެވޭނެއެވެ. ނަމަވެސް ކުރީކޮޅު މަގުގެ ފާރަށްވާގޮތަށް ޕާކުކުރުމުން ކާރު ނެރެގެން ދިއުމަށް ގިނައިރު ހޭދަވާނެއެވެ.
- ވެހިކަލް ރަނގަޅު ތަނެއްގައި ޕާކުކުރުން
ޕާކު ކުރުމަށް އެކަށީގެންވާ ތަނަކުން ޖާގައެއް ހޯދުމަކީ ވަރަށް އުދަނގޫ ކަމެކެވެ. ނަމަވެސް ވަގުތު ހޯދައިގެންވިޔަސް ރައްކާތެރި ތަނެއްގައި ޕާކުކުރުމަށް އިސްކަންދޭށެވެ. އެގޮތުން އަލިތަނެއްގައި ޕާކުކުރާށެވެ. ސަބަބަކީ އަނދިރި ތަނެއްގައި ޕާކުކޮށްފައި އޮންނަ ކާރަކަށް ގެއްލުންދޭން ބޭނުންވާ މީހަކު ޖެހިލުންނުވާނެތީއެވެ.
- ކާރަށް އެރުމުގެ ކުރިން ރަނގަޅަށް ޗެކްކުރުން
ކާރަށް އެރުމުގެ ކުރިން ކާރުގެ ބޭރުން ވަށައިގެން ޗެކްކޮށްލަން ވާނެއެވެ. ކާރުގެ އެތެރެވެސް ރަނގަޅަށް ބަލާލަންވާނެއެވެ. ގެއްލުމެއްދޭން އުޅޭ މީހަކު ފިލާ ހުރެދާނެކަމަށް ވިސްނާށެވެ.
- ގެންގުޅެން ފަސޭހަ ޓޯޗު ބައްތިއެއް ގެންގުޅުން
ރަނގަޅަށް އަލިހުންނަ އަތަށް ހެޔޮވަރު ޓޯޗު ބައްތިއެއް ހޯދާށެވެ. ރޭގަނޑު ފައިމަގުގައި އުޅޭއިރު އަލިކުރަން ފޯނުގެ ލައިޓް ބޭނުންކުރުމުގެ ބަދަލުގައި ބައްތި ބޭނުންކުރާށެވެ. ފޭރޭ މީހުން ބައްތިއަށްވުރެން ބޭނުންވާނީ ފޯނެވެ. މީހަކު ހަމަލާދީފިނަމަ ރައްދުދީ ސަލާމަތްވުމަށް ބައްތި ބޭނުން ކުރެވިދާނެއެވެ. ލޮލަށް އަލިކުރުމުން ލޯ ފުސްވުމުގެ ސަބަބުން ފޭރޭމީހާގެ ކިބައިން ސަލާމަތްވުމަށް ފުރުސަތުލިބޭނެއެވެ. ކޮޓަރިއެއްގައި އެކަނި އޮންނައިރު އަތްފޯރާހިސާބުގައި ބައްތި ބޭއްވުމަކީ މުހިންމު ކަމެކެވެ.
- ހޮޓަލަކަށް ޗެކިންވާއިރު ކޮޓަރީގެ ނަންބަރު އެހެންމީހުންނަށް އަޑުއިވޭވަރަށް ނުބުނުމަށް އެދުން
ކޮޓަރީގެ ނަންބަރު އެހެންމީހުންނަށް އަޑުއިވޭވަރަށް ބުނުމުގެ ބަދަލުގައި ގަނޑުކޮޅެއްގައި ލިޔެފައި ދިނުމަށް ރިސެޕްޝަނުގައި އެދޭށެވެ. އެއިރުން އެހެންމީހަކަށް ތިމާ ހުންނަނީ ކޮން ރޫމެއްކަމެއްގައި ކަމެއް ނޭނގޭނެއެވެ. އަދި ފާރަލާމީހަކަށް މައުލޫމާތު ހޯދުމަށް ދަތިވާނެއެވެ.
- ކޮޓަރީގެ 2 ތަޅުދަނޑި ދިނުމަށް ރިސެޕްޝަންގައި ބާރަށް ބުނުން
އެކަނި ދަތުރުކުރާއިރު ހޮޓަލުގެ ރިސެޕްޝަންގައި އެހެންމީހުންނަށް އަޑުއިވޭވަރަށް ބާރަށް ކޮޓަރީގެ 2 ތަޅުދަނޑި ދޭށޭބުނާށެވެ. އަދި ރިސެޕްޝަންގެ މުވައްޒަފު ގާތުގައި އެހެން މީހުންނަށް އަޑުއިވޭވަރަށް 2 ތަޅުދަނޑި ދެމުން އެހެން ބުނުމަށް ބުނާށެވެ. އަޑުއިވޭ މީހުންނަށް ހީވާނީ އެކުގައި އެހެންމީހަކު އުޅޭކަމަށެވެ. އެހެން މީހަކު އުޅޭކަމަށްވާނަމަ ގެއްލުމެއްދޭން ވިސްނާ މީހަކު ޖެހިލުންވާނެއެވެ. އަދި ދޮރު ދަށުގައި ހަރުކުރާ ލަކުޑިކޮޅެއް ނަމަވެސް ގެންގުޅޭށެވެ. އެއީ ދޮރުގެ ތަޅު ހަލާކުކޮށްލައިގެން ވަންނަމީހާއަށް ވަނުން ލަސްކުރެވި ސަލާމަތްވާން ވަގުތުލިބޭނެތީއެވެ.
މިދުވަސްވަރަކީ ޗުއްޓީއަށް ގެއާއި ގެންގުޅޭ ވެހިކަލްތައް ބަހައްޓާފައި ފުރަން ތައްޔާރުވާ ދުވަސްވަރެކެވެ. އިތުބާރުހިފޭ މީހަކާއި ގޭގެ ތަޅުދަނޑި އަދި ވެހިކަލް ހަވާލުކުރުމަށްފަހު ޗުއްޓީއަށް ދިއުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއްކަމަށްވާނެއެވެ.