September 19, 2024 20:57
Advertisement

-Advertisement-

ޑރ. ރަމްޝާ: ހިދުމަތްތެރި މިސާލެއް، ވަކިވެގެން އެދިޔައީ ޤައުމު ރޮއްވާލާފަ

ކުޅިވަރާއި އިންސާނީ ހިދުމަތުގައި އަގުނުކުރެވޭފަދަ އެތަކެއް އިިހްސާންތެރި ހިދުމަތްތަކެއް ކުރެއްވި ސިއްހީ ހިދުމަތްތެރިޔާ ޑރ. އާމިނަތު ރަމްޝާ 2 މޭ 2024 (އިއްޔެ) މި ފަނާވަނިވި ދުނިޔެ އާއި ވަކިވެވަޑައިގެންނެވީ ޤައުމު ރޮއްވާލާފައެވެ.

ކެންސަރު ބަލީގެ އާލާސްކަމުގައި ދުވަސްތަކެއް ހޭދަކުރެއްވި އެ އޯގާތެރި ޑޮކްޓަރަކީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ހިދުމަތްތެރިއެވެ.
އަގުނުކުރެވޭ ފަދަ ގައުމީ އަދި އިންސާނީ އަދި ދަރުމަވެރި އެތައް ހިދުމަތް ގައުމާއި ރައްޔިތުންނަށް ކޮށްދެއްވީ ނުހަނު ލޯތްބާއެކުއެވެ. 

ޒުވާން އުމުރުފުޅެއްގައި، 42 އަހަރުގައި ނިޔާވިއިރު އޭނާ ފަރުވާ ދެއްވި އެތައްބަޔަކު ﷲގެ ވާގިފުޅާއެކު ބަލިން ސަލާމަތްވެ ސިއްހަތު ސަލާމަތުން މިއަދުވެސް ދުނިޔޭގައި އެބަތިއްބެވެ.

Advertisement

ޒަވާޖީ ހަޔާތެއްގައި އުފާވެރި ދުވަސްތަކެއް ހޭދަކުރެއްވި ޑރ ރަމްޝާގެ ހިދުމަތް އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ޑރ. ރަމްޝާ އަކީ އީއެންޓީ ސްޕެޝަލިސްޓެއްގެ ގޮތުގައެވެ. އަދި މެޑިކަލް އޮފިސަރެއްގެ ގޮތުގައްޔާއި މީގެ ކުރިން ބައެއް ސާޖަރީތަކުގެ އެހެނިހެން ޑޮކްޓަރުންނާއި ނަރުހުންނަށް އެހީތެރިވެދެއްވުމުގައިވެސް އަވަދިނެތި ލޯތްބާއެކު މަސައްކަތް ކުރެއްވި ތައުލީމީ ޑޮކްޓަރެކެވެ.

ޑރ. ރަމްޝާ ނިޔާވި ޚަބަރު ލިބިވަޑައިގެން އެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ބައިވެރިވެވަޑައިގިެންފައެވެ.

ރައީސް ވިދާޅުވީ ހިދުމަތްތެރި އަދި މަޤްބޫލު ޑޮކްޓަރ ރަމްޝާ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއި އެކުގައި ކަމަށެވެ. ޤައުމަށް ގެއްލިގެން އެ ދިޔައީ ކުޅިވަރުގެ މައިދާނުގައި ރީތި ނަމޫނާ ދެއްކެވި މޮޅު އެތްލީޓެއް ކަމަށާއި، އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި ރެޔާއި ދުވާލު މަސައްކަތް ކުރެއްވި ވާގިވެރިއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ބަލި މީހުންނާއި ނުކުޅެދޭ މީހުންނަށް ހިތްވަރު ދެއްވުމުގައި އޯގާވެރި އެހީތެރިއެެއްކަން ފާހަގަ ކުރައްވާ ރައީސް ވަނީ މަރްޙޫމާގެ އާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުމަށް އެދިވަޑައިގެން ދުއާ ދަންނަވާ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ.

ޑރ. ރަމްޝާ ވަނީ، ޕޭޝަންޓުންނާއި އާއިލާ އާއި ރައްޓެހިންނާއި އެތައް ބަޔަކަށް ކެތްތެރިކަމުގައިވެސް ނަމޫނާ ދައްކަވާފައެވެ. ކެންސަރުގެ އާލާސްކަމުގައި ގިނަ ދުވަސްތަކެއް އެ ވޭނުގައި ހޭދަކުރެއްވިއިރުވެސް އެހެން ބަލިމީހުންނަށް ހިތްވަރު ދެއްވާ ފަރުވާ ދެއްވުމުގައި ނަމޫނާ ދެއްކެވިއެވެ.

'ޒީޓައިމްސް'ގެ ފަރާތުން އެދެނީ މާތް ﷲ ޑރ. ރަމްޝާގެ އާއިލާއަށް ކެތްތެރިކަން ދެއްވާ ޑރ ރަމްޝާގެ ފާފަ ފުއްސަވާ ޖަންނަތުގައި ލެއްވުމެވެ.
މަސްޖިދު މަލިކި ސަލްމާން (ސަލްމާން މިސްކިތް) މާލޭގައި މިއަދުގެ ހުކުރު ނަމާދަށްފަހު އޭނާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވެއެވެ. އާއިލާގެ އެދުމަކީ ވީހާވެސް ގިނަ ބަޔަކު މި ކަށުނަމާދުގައި ބައިވެރިވެދެއްވުމެވެ. 

+1
4
+1
1
+1
4
+1
0
+1
1
+1
0
+1
6

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. انا لله وانا إليه راجعون
    اللهم اغفرله وارحمه وعافه واعف عنه

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް