October 5, 2024 14:27
Advertisement

-Advertisement-

މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުމަށް ފިޔަވަޅު ނައަޅައިފިނަމަ އެތައް މިލިއަން މީހުންނަށް ނުރައްކާވެދާނެ- ރައީސް

"ދަ ގާޑިއަން" ނޫހުގައި ޝާއިޢުކުރި އާޓިކަލްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އޭގެ ނުރައްކާ ރާއްޖެއަށް ކުރިމަތިވެފައިވާ ކަމަށާއި، ޚާއްސަކޮށް ކަނޑުގެ ލޮނުގަނޑު އުފުލުމަކީ އެންމެ ބޮޑު އެއް ނުރައްކާ ކަމަށެވެ. ރާއްޖޭގެ ހާލަތުގެ ނާޒުކުކަމާއި އެކު އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަން ފުރަތަމަ ބައިނަލްއަގްވާމީ ދުނިޔެއަށް ހާމަކޮށްދީފައި ވަނީ 1989 ވަނަ އަހަރު ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އޭގެ 35 އަހަރު ފަހުން ދުނިޔޭގެ އެހެންގައުމުތަކުން ހަގީގަތުގައިވެސް މިއަޑުތައް އައްސަވާތޯ ރައީސް ވަނީ ސުވާލު އުފައްދަވާފައެވެ.

ރާއްޖެ ފަދަ 'ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް)' ގައި ހިމެނޭ ގައުމަކުން ދުނިޔެ ހޫނުވުމުގެ ސަބަބުން އެ ބުރަ އުފުލަމުންދަނީ ބައިނަލްއަގްވާމީ ދުނިޔޭގެ ވަރަށް ކުޑަ އެހީތެރިކަމަކާއެކުގައި ކަމަށް ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުކުރަނީ އެންމެ 0.003 އިންސައްތަ ގޭސް ނަމަވެސް މޫސުމީ މައްސަލަތައް އެންމެ ފުރަތަމަ ތަހައްމަލުކުރި އެއްގައުމު ކަމަށެވެ. އަދި ދުނިޔޭގެ މުއްސަނދި ގައުމުތަކުން މިކަމުގައި އުފުލަންޖެހޭ ޒިންމާ ބޮޑުކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް ސިޑްސް އަށް ލިބެނީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ގައުމުތަކަށް ލިބޭ މާލީ އެހީގެ އެންމެ 14 އިންސައްތަ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. މައްސަލައަކީ މިވަގުތު އޮތް 'ގްލޯބަލް ފައިނޭންޝަލް އާކިޓެކްޗަރ' ދުވަސްވެ ބޭނުމަށް ނުފެތުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ޖަޒީރާތައް ފެތުރިފައިވަނީ 35،000 އަކަމީޓަރަށް ކަމަށާއި 99 އިންސައްތަ އަކީ ފެން އަދި 1 އިންސައްތަ އަކީ ބިން ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގެންގުޅޭ އުސޫލުތައް ބަދަލުކުރަން ޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ. އެހީ ލިބޭނެ ގޮތްތަކާއި އިންޓްރެސްޓް ރޭޓްތައް ކަނޑައަޅާގޮތާއި ކްލައިމެޓް ރެސިލިއެންސީ ފަންޑިންއަށް ހައްގުވާ ޕްރޮޖެކްޓްތަކަކީ ކޮބާތޯ އަލުން ވަޒަން ނުކޮށްފިނަމަ ސިޑްސްގެ ގައުމުތަކުގެ އެތައް މިލިއަން ބައެއްގެ ގެދޮރު ގެއްލިދާނެ ކަމުގެ ބިރު އޮތްކަމަށް ރައީސް ވިދާޅުވިއެވެ. މީގެތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ސާފުކޮށް ފެންނަ ބިންތަކުގައި ދިރިއުޅެމުންދާ 65 މިލިއަން މީހުން ތިބި ކަމަށް ފާހަގަކުރެއްވިއެވެ.

Advertisement

ފެންނަމުން ދަނީ ރާއްޖޭގެ އެވްރެޖް ފިނިހޫނުމިން މައްޗަށްދާއިރު ކުރިޔަށްވުރެ ތޫފާންތައް ގިނަވާ މަންޒަރުކަމަށް ފާހަގަކުރެއްވިއެވެ. ފަހަކަށް އައިސް ރާއްޖޭގެ ހޫނުމިން އިހުސާސް ކުރެވޭ މިންވަރު 46 ޑިގްރީ ސެލްސިއަސްއަށް އުފުލިގެން ގޮސްފައިވާކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމެއްގެ ގޮތުގައި ރޭންކް ކޮށްފައިވާތީ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް ދޫކުރާ މާލީ އެހީގެ ދޮރު ބަންދުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ވެރިރަށް މާލެއަކީ ނިއުޔޯކުގެ ސެންޓްރަލް ޕާކުގެ ގާތްގަނޑަކަށް ދެގުނަ ބޮޑު ސިޓީއެއް ކަމަށާއި، އެހެންނަމަވެސް މިއީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ވެރިކަންކުރާ ސިޓީކަމަށް ވިދާޅުވިއެވެ. ރާއްޖެއިންވެސް ދަނީ ގޮތްތަކެއް ހޯދަމުން ކަމަށާއި އޭގެ އެއް މިސާލަކީ ކަނޑުގެ ދެ މީޓަރަށްވުރެ އުސްކޮށް ހަދާފައިވާ ހުޅުމާލެ ކަން ފާހަގަކުރައްވާ ވިދާޅުވީ މި ސަރުކާރުން ފައްޓަވާފައިވާ ރަސްމާލެ މަޝްރޫޢަކީ އިންޑިއާ ކަނޑުގައި ތަރައްގީކުރާ ކަނޑުގެ 3 މީޓަރަށްވުރެ އުސްކޮށް ހަދާ ފުރަތަމަ އިކޯ ސިޓީކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒަކީ އ.ދ.އިން އިންތިޒާމުކުރާ ސިޑްސް ކޮންފަރެންސްގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މި ކޮންފަރެންސްގައި ހިމެނޭ ފަސް އިންޓަރެކްޓިވް ޑައިލޯގުގެ ކޯޗެއަރއެވެ. ސިޑްސް 4 ގެ މި އަހަރުގެ ޝިއާރަކީ "ޗާރޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" އެވެ. މި ޝިއާރާ އެއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު އަދި ކުދި ޤައުމުތަކަށް ފާގަތިކަން ހާސިލްކުރުމަށް މަގުކޮށައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމަވާފައެވެ.

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް