ޒަމާނަށް އައި ބަދަލާއެކު ގިނަ ބެލެނިވެރިންނަކީ އާމްދަނީ ހޯދުމަށް ބުރަކޮށް މަސައްކަތްކުރާ ބައެކެވެ. ކުދިން ސްކޫލަށް ފޮނުވުމަށްފަހު ކިޔެވުމަށް ބޭނުންވާ އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ބައެއް ބެލެނިވެރިންނަށް އެކަށީގެންވާ ވަގުތު ނުލިބެއެވެ. އެހެންވުމުން އުނގެނުމުގައި ބޭނުންވާ އިތުރު އެހީތެރިކަން ހޯދުމަށް ޓިއުޝަން ކުލާހަށް ދަރިން ފޮނުވަންޖެހެއެވެ. މިގޮތަށް ފޮނުވާއިރު ޓިއުޝަން ކުލާހަކީ އެކަށީގެންވާ ތަޢުލީމެއް ފޯރުކޮށްދެވޭ އަދި ދަރިވަރުންނަށް ރައްކާތެރި މާހައުލެއްތޯ ބެލުން މުހިންމެވެ.
މިޒާ އިންސްޓިޓިއުޓް
މިޒާ އިންސްޓިޓިއުޓް އަކީ ޓިއުޝަން ސެންޓަރެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެންމެ ފުރަތަމަ ހިންގަން ފެށި ތަނެވެ. މިޒާއިން ހޯދަމުން އަންނަ ކާމިޔާބީތަކުގެ ފަހަތުގައި ވަނީ ތަޖުރިބާއާއި ހުނަރުން ފުރިގެންވާ ޓީމެއްގެ ބުރަ މަސައްކަތެވެ. ދިވެހިރާއްޖޭގެ އިތުރުން އިންޑިއާ އަދި ސްރީލަންކާގެ ތަޖުރިބާކާރު ޓީޗަރުންގެ ޓީމެއް މިޒާގައި ދަނީ ކިޔަވައިދެމުންނެވެ.
"ހިޔާގެ 2 ވަނަ އަށް ހުންނަ އޮރެންޖް ޓަވަރުގެ ގްރައުންޑް ފްލޯގައި 2022 ވަނަ އަހަރުން ފެށިގެން ހިންގަމުންދާ މިޒާ އިންސްޓިޓިއުޓްގެ އެންމެ ބޮޑު ތަފާތަކީ ކިޔަވައިދޭ ގިނަ މުދައްރިސުންނަކީ މި ތަނުގެ ދާއިމީ މުވައްޒަފުންނަށް ވުމެވެ. މިޒާއަށް ޚާއްސަވެގެން ތިބޭ މުދައްރިސުން ގިނަވީމަ ކުދިންނަށް ދޭންޖެހޭ ސަމާލުކަން ބޮޑަށް ދެވޭނެ. ޓެސްޓް ކައިރިވުމުން ބޮޑަށް އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް އިތުރު ގަޑި ނަގައިދީގެން އެހީތެރިކަން ދަނީ ފޯރުކޮށްދެމުން". މިޒާ އިން މައުލޫމާތު ދިނެވެ.
ގްރޭޑް 1 އިން 12 އަށް ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް ޓިއުޝަން ދެއެވެ. އޯލެވެލް އަދި އޭލެވެލްގެ އިތުރުން އިމްތިހާންތަކަށް ދަރިވަރުން ތައްޔާރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން ދަނީ ކުލާސްތައް ނަގައިދެމުންނެވެ.
ޚާއްސަ ކުލާސްތަކެއް:
ގްރޭޑު 5 އިން 8 އަކަށް ކިޔަވާ ދަރިވަރުންނަށް ޚާއްސަ ހިސާބު ކުލާސްތަކެއް ދަނީ ނަގައިދެމުންނެވެ. އަދި ގްރޭޑް 9 އިން 12 އަށް ކިޔަވާ ދަރިވަރުންނަށް ޚާއްސަކޮށްގެން އިތުރުގަޑި ދަނީ ހުކުރު ދުވަހު ނަގައިދެމުންނެވެ.
" އިތުރު ގަޑިތައް ނަގައިދެނީ ކުދިންނަށް ބޭނުންވާވަރަށް އުނގަންނައިދީ ރަނގަޅު ނަތީޖާ ހޯދައިދިނުމަށް. ޓެސްޓް ކައިރިވުމުން އިތުރަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުން. ގްރޭޑް 1 އިން 6 އަށް ކިޔަވާ ދަރިވަރުންނަށް ޚާއްސަކޮށްގެން ކުލާސްތައް ކުރިއަށްގެންދަނީ ހެނދުނާއި ހަވީރު. ސައިންސް ކިޓްތައް ދަނީ ބޭނުންކުރަމުން އިތުރަށް ޓޮޕިކް އުނގަންނައިދިނުމަށް". މިޒާއިން މައުލޫމާތު ދިނެވެ.
މިޒާއަކީ ރާއްޖޭގައި ހިންގާ އެހެނިހެން ޓިއުޝަން ސެންޓަރތަކާއި އަޅާބަލާއިރު ވަރަށް ޑިމާންޑް ބޮޑު ތަނެކެވެ. ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކްލާސްރޫމުތަކުގައި ހުންނަނީ ސީސީޓީވީ ކެމެރާ ހަރުކޮށްފައެވެ. ކޮންމެ ކުލާހެއްގައި ކިޔަވައިދެނީ ފަހަރަކު މަދު އަދަދެއްގެ ދަރިވަރުންނަށެވެ. ސްމާޓް ޓީވީ އާއި އޭސީ ކޮށްފަ ހުންނަ މިޒާ ޓިއުޝަން ކުލާހުން ބޭނުންވަނީ ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށެވެ.
މިޒާ އިންސްޓިޓިއުޓްގެ އަމާޒަކީ ކޮންމެ ގޮތަކަށް ޓެސްޓުގައި ސުވާލުއަޔަސް ދަރިވަރުންނަށް ފަސޭހައިން ޖަވާބު ދެވޭ މިންވަރަށް ފިލާވަޅު ބުނެދިނުމެވެ.
" އަޅުގަނޑުމެން ބޭނުމަކީ ޝައުގުވެރިވާގޮތަށް ކޮންސެޕްޓް އެންމެ ފުރިހަމައަށް ދަރިވަރުންނަށް ކިޔައިދިނުން. އެއިރުން ދަރިވަރުންނަށް ރަނގަޅު ނަތީޖާ ހޯދޭނެ". މިޒާ އިން ފާހަގަކުރިއެވެ.
އެކަށީގެންވާ އަގެއްގައި ޒަމާނީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދޭ މިޒާ އިންސްޓިޓިއުޓާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7333535 ނުވަތަ 7770953 މި ނަންބަރުތަކަށެވެ.
ފޭސްބުކް ޕޭޖް: Miza Institute