ކުކުޅު ބިހަކީ ކޮންމެ ދުވަހަކުވެސް އަހަރެމެން އެންމެން ކެއުމުގައި ބޭނުންކުރަމުން އަންނަ އެއްޗެކެވެ. ކެއުމުގައި ބޭނުންކުރަނީ އެތެރޭގައި ހުންނަ ބައިތަކެވެ. ގިނަ ފަހަރަށް ބިހުގެ ތޮށިގަނޑު އުކާލެވޭ ގޮތްވެއެވެ. ނަމަވެސް މިގޮތަށް ގޭގައި ބޭނުންކުރާ ބިސްތަކުގެ ތޮށިތައް ފައިދާހުރި ވަރަށްގިނަ ގޮތްތަކަކަށް ބޭނުން ކުރެވިދާނެއެވެ. އެގޮތުން މި ބަލާލަނީ ކުކުޅު ބިހުގެ ތޮށިގަނޑު ބޭނުންކުރެވިދާނެ ބައެއް ގޮތްތަކަށެވެ.
ބަގީޗާ ނުވަތަ ގޭގައި ހައްދާ ގަސްތަކަށް ގަސްކާނާއެއްގެ ގޮތުގައި ބޭނުންކުރުން
ބިހުގެ ތޮށިތައް ކުނޑިކުރުމަށްފަހު ގަހުގެ ބުޑަށް އަޅާ ފަސްތަކާ އެއްކޮށް ބޭނުންކުރެވިދާނެއެވެ. ސަބަބަކީ ބިހުގެ ތޮށީގައި ގަސްހެދުމަށް ބޭނުންވާ މުހިއްމު މާއްދާއެއް ކަމަށްވާ ކެލްސިއަމްގެ މާއްދާ ހިމެނިފައިވުމެވެ. ބިހުގެ ތޮށި އަތުން ކުނޑި ކުރުމަށްފަހު ގަހުގެ ބުޑަށް އަޅާށެވެ.
ޕެސްޓް ކޮންޓްރޯލް
ފިނިހަކަ ޒާތުގެ ސޫފިތައް ބަގީޗާތެރެއަށް ވަނުން ހުއްޓުވުމަށް ގަހުގެ ވަށައިގެން ބިހުގެ ތޮށީގެ ކުނޑިތައް އެޅުމުން މިފަދަ ސޫފިތަކާ ބުޅަލުގެ އުދަނގުލުން ގަސްތައް ސަލާމަތްކުރެވިދާނެއެވެ. އަދި ފަސްގަނޑުގެ ކޮލިޓީ ރަނގަޅު ކުރުމަށް އެހީތެރިވެދެއެވެ.
އޮށް އިންދައިގެން ގަސްފެޅުވުން
ހިމުން ކޮށްފައި ހުންނަ ބިހުގެ ތޮށި ފަހާއި އެއްކޮށްގެން ތައްޔާރުކޮށްފައި ހުންނަ ފަސްގަނޑު ޕޮޓަކަށް އެޅެމަށްފަހު އޮށް އިންދާށެވެ. މިގޮތަށް އިނދާ އޮށުން ފަޅުވާފައި ހުންނަ ކުދި ގަސްތައް ސީދާ ބިމުގައި އިންދިދާނެއެވެ. ސަބަބަކީ ކުދި ގަސްތަކަށް ބޭނުންވާ އިތުރު ކެލްސިއަމް ލިބި ގަސްތައް ހުންނާނީ އިންދުމަށްޓަކައި ތައްޔާރުވެފައި ކަމަށްވުމެވެ. އަދި ފުނޑުކޮށްފައި ހުންނަ ބިހުގެ ތޮށި ތެރެއަށް ސައިބޯނި ކޮޅެއް އަޅައިގެން ގަސްޕޮޓުތަކާއި ކެއްކުމަށް ބޭނުންކުރާ ތަވާވެސް ކޫރުން ނޭޅޭގޮތަށް ދޮވެވިދާނެއެވެ. އަދި ދޫނި ގެންގުޅޭ ފަރާތްތަކުން ބިހުގެ ތޮށި ހިމުންކުރުމަށްފަހު ދޫންޏަށް ކާންދޭން ބޭނުންކުރާ ކާނާގެ ތެރެއާށް އެއްކުރުމަށްފަހު ދެވިދާނެއެވެ.