September 20, 2024 03:13
Advertisement

-Advertisement-

ސްޓެލްކޯއިން ސްމާޓް މީޓަރު ހިލޭ ހަރުކޮށްދެނީ!

ސްމާޓް ގްރިޑްގެ މަސައްކަތާއި ގުޅޭގޮތުން ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ ނެޓްވޯކް ސްމާޓް ގްރިޑްއަށް ބަދަލުކޮށް ނިމިފައިވާ ކަމަށެވެ. މިގޮތުން ސްޓެލްކޯގެ އިންޖީނުތައް އޮޕަރޭޓް ކުރަމުންދަނީ އެސްކާޑާ ސިސްޓަމެއް މެދުވެރިކޮށް ކޮމްޕިއުޓަރުން ކަމަށެވެ. ޑިސްޓްރިބިއުޝަން ސިސްޓަމް ސްމާޓް ގްރިޑަށް ބަދަލުކުރުމުން ލިބޭ ފައިދާއަކީ ހުރިހާ ޓްރާންސްފޯމަރުތައް އޮފީހުގައި ތިބެ ކޮންޓްރޯލްކޮށް ލޯޑް ކަލްކިއުލޭޓް ކުރެވުމެވެ.

ސްޓެލްކޯއިން ދެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތެވެ. ސްމާޓް މީޓަރ އިންސްޓޯލް ކުރުމަށް ލަސްވީ ސްމާޓް ގްރިޑް އިމްޕްލިމަންޓްކޮށް ނިމެންދެން މަޑުކުރުމުންނެވެ. ސްޓެލްކޯގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ކަސްޓަމަރުންނަށް ސްމާޓް މީޓަރ ބަދަލުކޮށްދިނުމެވެ.

" ސްމާޓް މީޓަރ އިންސްޓޯލްކޮށްދޭނީ ހިލޭ. މިހާރު ހުރި ބާމީޓަރުތައް ނަގާފަ އަޅުވައިދޭނީ ހިލޭ. މީޓަރު އެއީ ފުދޭވަރަކަށް އަގުބޮޑު އެއްޗެއް. އެހެންނަމަވެސް މި ސިސްޓަމް އިމްޕްލިމެންޓް ކުރެވޭނީ އަޅުގަނޑުމެން އަމިއްލަ ޚަރަދުގައި އެކަން ކޮށްގެން ކަމުގައި ފެންނާތީ އެއްވެސް ކަސްޓަމަރެއްގެ އަތުން ޗާޖެއް ނުނަގައި މަސައްކަތްކޮށްދޭން ނިންމީ". ފަހުމީ ވިދާޅުވިއެވެ.

Advertisement

ތަފާތު ސަބަބުތަކާއި ހުރެ ބައެއްފަހަރަށް ކަރަންޓް ކެނޑޭއިރު، ސްމާޓް ގްރިޑާއެކު ކަރަންޓް އަނބުރާ ދިނުމަށް ހޭދަވާ ވަގުތު ކުޑަކުރެވޭނެ ކަމަށް ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ. ރައްޔިތުންގެ އިތުބާރު ކަރަންޓް ބިލާއިމެދު އުފެއްދުމުގެ ވަރަށް ބޮޑު ދައުރެއް ސްމާޓް މީޓަރުން އަދާކުރާނެއެވެ. ކަރަންޓް ބޭނުންކުރަމުންދާ މިންވަރު ފެންނަން ހުންނާނެއެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް