September 27, 2024 07:27
Advertisement

-Advertisement-

ފޮޓޯ: އެމްއޭސީއެލް އިން ކުރިއަށްގެންދިޔަ ބޭސިކް ފަޔަރ ފައިޓަރ ކޯސް ނިންމުން

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށް ގެންދިޔަ ބޭސިކް ފަޔަރ ފައިޓަރ ކޯހުގެ 29 ވަނަ ބެޗް ނިމިއްޖެއެވެ. 43 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޯހުގައި 12 މީހަކު ވަނީ ބައިވެރިވެފައެވެ. މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ފާސްކޮށްފައިވާ ބޭސިކް ފަޔަރ ފައިޓަރ ކޯހަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އަދި އެއަރޕޯޓް ވަށައިގެންވާ ސަރަހައްދުގެ އިތުރުން މަތިންދާބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ކުއްލި ހާލަތްތަކަށް ރައްދުދިނުމަށް ފަޔަރ ފައިޓަރުން ތަމްރީނު ކުރި ކޯހެކެވެ. މިއީ އޭވިއޭޝަން ސޭފްޓީއަށް މުހިންމު ކޯހެކެވެ. ކުއްލި ހާލަތްތަކާއި ކުރިމަތިލާން ފަޔަރ ފައިޓަރުންނަށް މިކޯހުން ވަނީ ހުނަރު ދަސްވެފައެވެ. މިއީ އެމްއޭސީއެލް އިން-ހައުސް ޓްރެއިނަރސް ބޭނުންކޮށްގެން މި ކޯސް ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރެވެ. އެމްއޭސީއެލް އިން މައުލޫމާތު ދެއްވި ގޮތުގައި އެކުންފުނީގެ އިންހައުސް ޓްރެއިނަރސްގެ ޤާބިލްކަން ވަނީ އިތުރުވެފައެވެ. އަދި ޓެކްނިކަލް ދާއިރާތަކުގައި މީހުން ބިނާކުރުމަށް އެކުންފުނިން އަހަމިއްޔަތު ދޭމިންވަރު ވަނީ ހާމަވެފައެވެ.

+1
0
+1
1
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް