October 2, 2024 07:32
Advertisement

-Advertisement-

އިބުރަތްތެރި ހާދިސާ: އަވައްޓެރިންގެ އަސްލު ސިފަ!

ސަހަރެއްގެ ކުޑަ އަވަށެއްގައި ދިރިއުޅެމުންދިޔަ މީހަކު އެމީހާގެ އަވައްޓެރިންނަށް ކާންދިނުމުގެ ނިޔަތުގައި އެއްދުވަހަކު މަސްފަލަ ބޮޑު ގެރިއެއް ކަތިލިއެވެ. މި ގެރީގެ މަސްތައް ވަރަށް މީރުކޮށް ފިހެ ނިންމާ ކެއުމަށް ތައްޔާރު ކުރުމަށްފަހު އެމީހާގެ އަންހެން ދަރިފުޅަށް ގޮވާގެނެސްފައި ބުންޏެވެ. ދަރިފުޅާ އަހަރެމެންގެ ރައްޓެހިންނާ އަވައްޓެރިންނަށް ކާން އައުމަށް ދައުވަތުދޭށެވެ. އެހެން ބުނުމުން އެމީހާގެ ދަރިފުޅު މަގުމަށްޗަށް ނިކުމެ، އަހަރެންގެ ބައްޕަގެ ގޭގައި އަލިފާންރޯވެ އަނދަމުންދާކަމަށް ބުނެ ހަޅޭއްލަވަމުން އެހީތެރިކަމަށް އެދެމުންދިޔައެވެ. އިރުކޮޅަކުން ދެތިން މީހުން އެހީތެރިވުމަށް އައެވެ. އެހެން ގިނަމީހުން އެހީތެރިކަމަށް އެދި ގޮވާ އަޑު ނީވޭކަމަށް ހަދައި އެމީހުންގެ މަސައްކަތުގައި އުޅެމުން ދިޔައެވެ. އެހީތެރިވުމުގެ ހެޔޮނިޔަތުގައި އައި ބައެއް މީހުން ފެނިފައި އެކުއްޖާގެ ބައްޕަ ސުވާލު ކުރިއެވެ. ދަރިފުޅާ މިތަނަށް އައިސް މިތިބަ ބައެއް މީހުންނަކީ ނުވެސް ދަންނަ މީހުންނެވެ. އަހަރެމެންގެ ގާތް ރައްޓެހިންނާއި އަވައްޓެރިން ނައީ ކީއްވެހެއްޔެވެ. އެމީހުންނަށް ކެއުމަށް ދައުވަތު ނުދެނީހެއްޔެވެ؟ ދަރިފުޅު ޖަވާބުގައި ބުންޏެވެ. ބައްޕާއެވެ. މިތަނަށް އައިސް އެތިބަ މީހުންނަކީ ކެއުމަށް އައިސްތިބި ބައެއް ނޫނެވެ. ބައްޕަގެ ގޭގައި އަލިފާން ރޯވެފައިވާކަމަށް ހީކޮށް އެހީތެރިވުމަށް އައިސްތިބި ރަނގަޅު މީހުންނެވެ. ތިޔަ ތައްޔާކުރި މީރު ކެއުން ދޭން އެންމެ އެކަށީގެންވާ މީހުންނަކީ މި މަދު މީސްކޮޅެވެ. އެހެނީ އެމީހުންނަކީ އަހަރެމެންނަށް ބޮޑުކަމެއް ދިމާވެއްޖެނަމަ އެހީތެރިވުމަށް އަންނާނެ މީހުންކަމުގައި ޔަގީންވާތީއެވެ.

މެސެޖް: ހިތާމައެއް ކުރިމަތިވާ ވަގުތުތަކުގައި އެހީތެރިނުވެވޭ މީހުންނަކީ ހެޔޮއެދޭ ރައްޓެހިންނެއް ނޫނެވެ. އަދި އެފަދަ މީހުންނަކީ ކޮބައިކަން ދެނެގަނެ އެމީހުންނާމެދު ވިސްނައިގެން އުޅުން އެއީ އެންމެ ފައިދާހުރި ގޮތްކަމުގައި ވާނެއެވެ.

+1
0
+1
2
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް